ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކާއި ހަވާލުކުރުމުގައި އިސް ދައުރެއް އަދާކުރި ހެލްތު މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ތިއްބެވި އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި ނިޝާމާ މުޙައްމަދު މިއަދު މަގާމުން ދުރުކޮށްފިއެވެ.

ނިޝާމާ އަކީ ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާއި ހަވާލުކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން ނިންމިއިރު އެކޮމެޓީގެ ޗެއާއެވެ.

ޝިޔާމާ އަކީ ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރު ގަންނަން އެއްބަސްވުމުގައި ސޮއި ކުރެއްވި ބޭފުޅާއެވެ.

ގާނޫނާއި ހިލާފަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސަށް ފައިސާ ދިން މައްސަލަ އާއި ފައިސާ ދިނުމުން ވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ޝިޔާމާ އާއި ނިޝާމާ މިދިޔަ އަހަރު ސަސްޕެންޑް ވެސް ކުރިއެވެ. އެދެބޭކަނބަލުންނަށް ވަނީ ސަސްޕެންޝަންގައި ތިއްބެވި އިރުވެސް ހަތްމަސް ދުވަސް ވަންދެން މުސާރަ ދީފައެވެ.

ޝިޔާމާ އާއި ނިޝާމާ މަސައްކަތުގެ މަސްއޫލިއްޔަތުން ދުރުކުރި ނަމަވެސް އެބޭފުޅުންނަށް މުސާރަ ދޭތީ ސުވާލު ކުރުމުން މިދިޔަ މަހު ސަރުކާރުން ވިދާޅުވެފައި ވަނީ އެބޭފުޅުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެވޭނީ ވެންޓިލޭޓަރު މައްސަލައިގައި ކުރަމުން އަންނަ ތަހްގީގު ނިމުމުން ކަމަށެވެ.

މިއަދު ދެބޭފުޅުން މަގާމުން ދުރުކުރީ ކޮންއިދާރާއަކުން ކުރަމުން އައި ތަހްގީގެއް ނިމިގެން ކަމެއް އަދި ސާފެއް ނުވެއެވެ. މިމައްސަލައިގައި އޭސީސީ އިން ކުރިއަށް ގެންދިޔަ ތަހްގީގު ނިންމާ ބައެއް ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް މައްސަލަ ފޮނުވިތާ މިހާރު ހަތަރު ވަރަކަށް މަސް ވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކަށް ދައުވާ ކޮށްފައެއް ނުވެއެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާއިއެކު ވެފައި އޮތް އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވާކަން މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޮރަލް

    ފައިސާ ނުލިބެ އެވެ.

    16
    • ގެެރި

      ބޮޑެތި ވަގުން.. ރައީސް ޔާމީން މައްޗަށް ދައުވާ ކުރެވެންޏާ މި އެންމެންގެ މައްޗަށް ދައުވާ ކުރެވެންޖެހޭ

    • ދީދީ

      ފަންސުރު ހަމަ ނުވެގެން ޕީޖީ ދޫކޮށް ލާނެ ތިކުދިން

    • ދީދީ

      ނިޝާމާ ރީތި ދޯ؟ ވަގެއް ކަމަކު

  2. ހަސަން

    ކޮބާ ފިނޭންސް މިނިސްޓްރީގެ ރޯލު. އެޕުސީ ޒިންމާ ނަގަންޖެހޭނެކަން އެގެނީ.

    22
  3. ހުސޭނުބޭ

    މާ އަވަސް ތިކަން ކުރިލެއް! އަދި ޖެހޭނެ އިތުރު 10 މަޤާމު އެމީހުންނަށް ދޭން

    22
  4. ސްޕީޑް

    ނޫނޭވާ އަދި ތަންކޮޅެއް އަވަސް ތިކަންކުރަން. ފިސާރި ކަނބަލުންތަކެއް، ކޮބައިތޯ ކުރީގެ މިނިސްޓަރު އާމީން؟

    22
  5. މުއްލާ

    7 މަހުގެ ވަގު މުސާރަ .

    24
  6. ނނނ

    މި ނިޝާމާ ކޮންތާކުން ގެންނަ ފައިސާ ގަ ތޯ ލަންކާ ގައި ހުންނަ ދިވެއްސަކާ ގުޅިގެން ބިޒްނަސް ހިންގާލަނީ

    18
  7. Anonymous

    ލޮލް ! ތިލާރިގަޑުކޭބަޔަކު ދެން އެގިދާނެ

    16
    1
  8. ބަޅ

    މމ މައްކޫ އޮޑިޓަރޭ ވަގުހިފާ މީހާ އޭ ކިޔާ މީހާގެ އާއިލާގައި މިއުޅެނީ ހުސް ވަގުން.

    18
  9. ސަމްކުޅިބޭ

    ޒަހާވެސް މިނިސްޓަރުކަމުން ވަކިކޮށްފިޔޯ. އެކަމަކު އެވަރުގެ މުސާރަލިބޭ އެހެން މަގާމެއްދީފާ. މިކުދިންނަށްވެސް މިހެންބާ؟ވެނުމަސް ވެނަށްކާންދިނުން.

    19
  10. މުގޫ

    ތިޔަ ދެކަނބަލުންނަކީ ތިޔަމައްސަލައިގެ މުގޫކަމަކައްނުވާނެ
    ރަނގަޅައްވިއްޔާ ތިޔަދެކަނބަލުން ވަކިކުރީ މައްސަލަ އޮތް
    ހިސާބުން މުގޫ ފަޅާއަރާފާނެތީ ކަންނޭންގެ ކޮންމެއަކަސް ބަލިތާކުން ކަނޑައިގެންދާނީ އެއީ ދުނިޔޭގެހަމަ

    20
    1
  11. އަބްސީ

    ދެން ވަކިކުރޭ ކުނިކަހާ މަސައްކަތު މީހުން، މިނިސްޓަރު ހުންނާނީ ގޭގަ އެއްވެސް ފިޔަވަޅެއް ނޭޅޭނެ، ވަގު ސަރުކާރު

    25
    2
  12. ޢަހުމަދު1

    ވީގޮތް ވަރަށް ސާފު. މިވަގުތު ހޮސްޕިޓަލް އެދަނީ ފުރެމުން. ސަރުކާރަށް އަދިވެސް ހަރުދަނާ ފިޔަވަޅެއް ނޭޅޭ ބަލި ހިފަހައްޓަން. އެއްކަލަ އެނދުތައް ފުރިގެން ވެންޓިލޭޓަރުތައް ހުސްވީމައި މީހުންގެ ރުޅި އަމާޒުވާނީ ސަރުކާރަށް. އެވަގުތު ބުނާނެ އެއްކަލަ ވެންޓިލޭޓަރުތައް ކޮބާހޭ. ރަނގަޅައް ވެއްޖެޔާ ތި ސްޓޭޓް މިނިސްޓަރުންގެ ކުށެއް އޮތް ހެނެއްވެސް ހީނުވޭ. އެކަނބަލުން އޭގައި ހާލަތުގެ ސަބަބުން ރަނގަޅު ނިޔަތުގައި ސޮއި ކުރީތީވެ އެކަބަލުންގެ ބޮލައް އަކަން ޖަހާލީ. އިބޫމެންގެ ޒީރޯ ޓޮލަރަންސް ސަރުކާރުން މިކަން ކުރީބައިގައި ފިޔަވަޅު އެޅިނަމަ ކޮންމެވެސް އެހެން ދިމާލަކުން ނަމަވެސް ވެންޓިލޭޓަރު މިހާރު ލިބުނީސް. ސަރުކާރުން ތިހާ ފަސޭއިން މިކަމުން ބޯދަމައި ނުގަނެވޭނެ. ޒިންމާ ނަގަންޖެހޭނެ. މިހާރު އެއުޅެނޭ އެއްލައްކަ 2 ވަނަ ޑޮސްވެކެސިން ވެސް ނުހޯދިގެން. ސިންގަޕޫރު ކުންފުނި ކައިރީ ބުނަންވީނު 7 ލައްކައިން މިވަގުތު 1 ލައްކަ ދޭށޭ.

    10
  13. ޙހހހ

    ތި ދެވަގުން މިހާރަށް މިހާރަށް ހައްޔަރުކޮށް ތަހްޤީޤް ހިންގަންޖެހޭ ، ތީ މަޤާމުންދުރުކުރުމުން ނިމޭވަރު ހިޔާނާތެއްނޫން

    11
  14. ޏަމް

    ވެންޓިލޭޓަރުގެ މަށްސަލަ މިސަރުކާރު ނިމުނީމާ ވަރުގަދައަށް ބަލާ ތަހުގީގުކޮށް މަށްސަލައިގާ ސާމިލުވާފަރާތްތަށް ހަށްޔަރުކޮށް ރަށްޔަތުންގެކުރިމަތީ ދައުވާކުރެވޭނެ .

    4
    1
  15. ތަރިކަ

    އެވީ ހުދުކާފޫރަށް...ކާނެވަރަކަށް ކައިގެން ބަޗަންވީ އެ ހޯދޭނެގޮތެއްނެތް

  16. އެދުރުބޭ

    ވަކިކޮށްފަ ރައީސް އޮފީހުން އެއަށްވުރެ މުސާރަބޮޑު ވަޒިފާއެއް ދިނީމަ އޯކޭވާނެ!

  17. އެޖެންޑާ ކޮފީ

    ދެން ކީއްވެ މިއޮއް ހުރިހާދުވަހު މުލްމުސާރަ ދީފައި ބެހެއްޓީ ހަމަ މެމްބަރު ޔައުގޫބް ގެ ތިމާގެ ކޮއްކޮޔަކަށް ވާތީތޯ؟ އެ ހެންވީމާ ސަސްބެންޑްގައި ހރި މުއްދަތުގައި އެ ނެގި މުސާރަ އަނބުރާ ދައުލަތަށް ނަގަންޖެހޭނެ! އެއީ ބޮޑެތިވަގުން

  18. ޙަހަހަހަހަހހަހަހ

    ޢުންސުރު ހަމަވޭތޯ ބަލާބަލަ

  19. ކިޔުންތެރިއެއް

    މަސައްކަތުގެ މަސްއޫލިއްޔަތުން ދުރުގަ އެއް އަހަރެއްވަރު ބަހައްޓާގެން އެމީހުންނަށް ދިނީ ސޯލިހުގެ ރުފިޔާއިންތަ މުސާރަ؟ ރައްޔިތުންގެ ރުފިޔާއަށް ހަރާންކޯރުވާ ވަގުންގެ ސަރުކާރު އިސްތިއުފާދީ.