ވެކްސިން ޖެހުމަށް މަރުކަޒުތައް ދޮށުގައި އާންމުން ކިއު ހަދަމުން އަންްނަ މަައްސަލަ ބޮޑުވެއްޖެއެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެެ ދުވަހަކުވެސް ވެކްސިން ޖަހައިދެނީ ރޭގަނޑު 9:00 އިން ފެށިގެންނެވެ. އެކަމަކު ގިނަ ބަޔަކު އަންނަނީ ވެކްސިން ޖަހާ މަރުކަޒުތައް ހުންނަ ސަރަހައްދުތަކުގައި ހެނދުނުން ފަށައިގެން ކިއު ހަދަމުންނެވެ.

ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނެފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނުން ފަށައިގެން ގިނަ ބަޔަކު އަންނަނީ ކިއު ހަދަމުން ކަމަށާއި، ރޯދަ ވީއްލަން ވެސް ކިއު ދޫކޮށްް ނުލާ ކަމަށެވެ. މިހާރު ޓްވިޓާގައި އަންނަނީ ކިއުގައި ރޯދަ ވީއްލާ މަންޒަރު ފެންނަަ ވީޑިއޯތައްވެސް އާންމުވަމުންނެވެ.

މި މައްސަލަ އާއި ގުޅިހެން ގިނަ ބަޔަކު އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

ވެކްސިން ކިއުތައް ކުރުކޮށް އާންމުންނަށް ލުއިގޮތަކަށް މިކަން ކުރިއަށް ގެންދެވޭނީ ވެކްސިން ޖަހާ ވަގުތުތައް އިތުރުކޮށްގެން ކަމަށް ގިނަ މީހުން ބުންޏެވެ.

ވެކްސިން ކިއުތައް ދިގުވާން ފަށާފައި ވަނީ ވެކްސިންް ހުސްވާކަމަށް ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަަންްނަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށްް މުޅި ރާއްޖެއިން ފައްސިވާ އަދަދު އަންނަނީ 500 އަށްވުރެ އިތުރުވަމުންނެވެ. އިއްޔެ އެކަނިވެސް މި ބަލި ޖެެހުނު މީހުންގެ އަދަދު 600 އާ ކައިރިކުރެއެވެ.