ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ އޮފީސްތައް ބަންދުކޮށްފައި ވިޔަސް، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެ ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް އަންގައިފައެވެ.

ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވިދާނެ ކަމުގައި ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އަދި، މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހިމް ސޯލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމާފައިމިވަނީ ރާއްޖޭގައި ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށިކުރުމަށް ނިންމި ނިންމުމާއި އެކުއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް ރޭގަނޑު 12 އިން ފަތިހު 4:00 ވެހިކަލް ދުއްވުން މަނާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ބަންދުކޮށްފިއޭ ޚިދުމަތް ދޭނީ ހުޅުވައިގެނޭ މިކިޔަނީ ބިހޭ ބިހޭތަ؟

  2. ދިވެހިސޮރު

    ތީ ނަމެއްގަ ކުރަކަމެއް. އަހަރުމެންނަކަށޤ ބަންދެއްނޫން. ކޮވިޑް ލާރިކޮޅެއްވެސް ނުދޭ.ބަންދުލިބޭމީހުން ގޭގަ ނިދަނި

  3. ދަންބެރު

    ކެނަޑާއިން ދިން ހިލޭއެހީ ކަށްވާލާނެގޮތެއްހޯދަން 10 ދުވަހަށް އޮފީސްތަށް ކަރަންޓީނު މަކަރުވެސްއެބަދަނޭދޯ.