ޝެވްނިންގް މޯލްޑިވްސް ސްކޮލަރޝިޕްސް ޕްރޮގްރާމްގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފޮރިން ކޮމަންވެލްތް ޑިވެލޮޕްމަންޓް އޮފީސް (އެފްސީޑީއޯ) އާއި އެކު ސޮއިކޮށްފި އެެވެ.

ޝެވްނިންގް މޯލްޑިވްސް ސްކޮލަރޝިޕްސް ޕްރޮގްރާމްގެ އެއްބަސްވުގައި އެ މިނިސްޓްރީ އާއި އެފްސީޑީއޯ އަދި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާއި އެކު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިބްރާހިމް ޙަސަނެވެ. ހައި ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، ހައި ކޮމިޝަނަރ ކެރޮން ރޮސްލަރ އެވެ.

މިނިސްޓަރ އަދި ކެރޮން ރޮސްލަން ވަނީ މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ޕްރޮގްރާމްއާއި ބެހޭ ގޮތުން މަޝްވަރަކުރައްވާފައެވެ.

ޝެވްނިންގް މޯލްޑިވްސް ސްކޮލަރޝިޕް އަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ ސަރުކާރުން އެކީގައި ފަންޑުކޮށް ހިންގުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ޕްރޮގްރާމްއެކެވެ.

މި ސްކޮލަޝިޕްގެ ދަށުން ހަޔާ އެޑިއުކޭޝަނުން އެކުލަވާލައިފައިވާ "ޓްރެއިނިންގެ ނީޑް އެނައިލިސިސް" ގައި ކަނޑައެޅިފައިވާ ދާއިރާތަކުން އެއް އަހަރުދުވަހުގެ މާސްޓަރސް ޑިގްރީއަކަށް އިނގިރޭސިވިލާތުގެ އެކްރެޑިޓަޑް ޔުނިވަރސިޓީއެއްގައި ކިޔެވުމަށް ދެ ދަރިވަރަކަށް ކޮންމެ އަހަރަކުވެސް ފުރުސަތު ލިބިގެންދާނެއެވެ.