ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އެއް މަހަށް އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.
އެހެންވެ، މާޗް 12، 2020 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ނަސީމްގެ ގަރާރުގައިވެއެވެ.
އެ ގަރާރުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ކަން ހާމަކޮށްފައެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ނަސީމްގެ ގަރާރުގައި ވަނީ އަންގަވައިފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުންދާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.
އިއްޔެ އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 31،330 އަށް އަރައިފައެވެ. މި ބަލީގައި 74 މީހުން ވަނީ ނިޔާވެފައެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް 6،033 އަށް އަރާފައިވާ އިރު، އެޑްމިޓްކޮށްގެން 173 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ތި ކެރަފާ ކާފަރޭ އައއި ފަހުން މިކަން ގޯސްވީ. ބޮލު ރޮދި.
އާނ..ތި އިން ތަނެ އްގަ އިދެ މީހަކު ލަ އްވާ ލި އުމެ އް ނެރެ ކަލޭގެ ފޮޓޮ އެ އް ޖެހުން ނޫންކަމެ އް ކަލެއަށް ކުރާކަށް ނޭގޭނެ.
02 ދޯސް ނުޖަހާއިރު ބުނީ ޖެހީމާ ލުއިދޭނަމޭ! ޖެހީމާ މިބުނީ ނެތޭ ދެވޭކަށް! މިހާރު ޖެހި މީހެކޭ ނުޖަހާ މީހެކޭ ނެތެންނު ތަފާތެއް ނުޖަހާ މީހަޔަށް ވެސް ހުރިގޮތް ޖެހި މީހަކަަށް ވެސް މިހުރީ! އަނބިން ކައިރީ ރޭކުރަން ނުދެވިފައި 2 އަހަރު ވަނީ ޗެއްޓީއެއް ނުދޭ ކޮވިޑްއާހެދި ހިފަހައްޓާފައި އިހަކައްދުވަހަކު އެ ޗުއްޓީ ދޭންފެށީ 2 ދޯޒް 2 ހަފްތާކޮއްފައި މި އުޅެނީ ރަށަށް ދާންކަމަށް ޒަރޫރީ ކަމަށް ވެސް އަނބިފިރިކަމުގެ ގުޅުން ނުބެލި އެޗްޕީއޭއިން އެކަމަށް ވެސް ރަށަކަށް ނުދެވުނު.
ބީތާ ބަޔަކާއި މިވެރިކަން ހަވާލުކުރި ބީތާތަކަށް މިހާރު އޮންނާނީ ރަނގަޅަށް ފަތިސްވެފަ