ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ދާދި ފަހުން ހަމަޖެއްސެވި އަހުމަދު ޝަކީލްއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޫޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، މީހެއްގެ ބަންދާއި މެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ގާޒީ ޝަކީލް އަމަލު ކުރި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއްވެސް އެކުލަވާލާފައިވާ ކަަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ގާޒީ ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސަވާފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލާ ބައެއް ފަނޑިޔާރުންނާއި މެދު ފިޔަވަޅުވެސް އަޅާފައެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކިވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަބޭ2020

    ޝަކީލްޤާޒީވެސް ބަސްނާހާކުއްޖަކަށްވީތާ ކަންފަތުގަހިފަންޖެހޭނީ އޭރުންބަސްއަހައިގެންއުޅެވޭނީ ދެން ތިއްބެވިބޭފުޅުން ވިސްނާ ކުރިއަށްއޮތީ ވައިގަދަވައިއެނބުރޭނެ ދުވަސްތަކެއް ވާވެލާވެލިހަމަކުރަށްވާ! އަބަދަކުހިޔާބޮޑެތިގަސްދަށަކު ނުނިދޭނެކަންދަނެއު!

  2. ބާރަނަ

    މިގައުމުގަ މިހިރަ ބުއްޅަބޭގެ ސުލޫކީ މަށްސަލައެއް ނުބެލޭތަ އެކަލޭގެދުލުންބޭނުންއެއްޗެެްބުނެ ބޭނުންގޮތަކަށް މަޖިލީހުގެ މީހުންގެގައިގާތަޅަން ކޮމާންޑުކުރިއަސް ވަރިމަދޯ .

  3. ނާޅި

    ޖޭއެސްސީ އަކީ އިސްތިއުނާފް ކޯޓެއްތޯ ޤާޒީގެ ނިންމުން ރަގަޅު ނުރަގަޅު ކަމަށް ކަންޑައަޅާ ނިންމަން ؟

  4. ލލ

    ޖޭއެސްސީ އަކީ ޗާޓުން ބޭރުން ދަތުރުކުރާ އޮޑިޔެއްބާ !

  5. އަޙުމަދު

    ޖޭ އެއް ސީ އަކީ އަޑީ ދައުލަތުގެ މައި އޮފީސް