މިދިޔަ މަސް ތެރޭގައި މަހަށް ފުރުމަށްފަހު ރޭގެ ވަގުތެއްގައި ލ. ފޮނަދޫ އައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މީހާއަކީ ބަލީގެ އަލާމާތްތައް ހުރުމުން ސުންކު ނަގައިގެން ކޮވިޑަށް ފައްސިވި މީހެކެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެރަށުން ނެގި ސާވަލެންސް ސުންކެއް މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އަދި ފައްސިވެފައި ފޮނަދޫގައި ދިރިއުޅެމުންދާ ދިވެއްސެއް ކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެ މީހާއަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މަހަށް ފުރުމަށްފަހު ރޭގެ ވަގުތެއްގައި ފޮނަދޫ އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރުމުން ސުންކު ނެގުމަށްފަހު މިވަގުތު ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    ތި ވާނީ. އިންޑިޔާ އާ ދިމާލަށް މަހައް ދިޔާމާ ވައެ ތެރެއިން ވައިރެސް އައިސް ޖެހުނީކަމައް.

  2. 🤭

    މަސް ޕޮސިޓިވް ވީ ކަންނޭނގެ

  3. ނާޅި

    މިކޮވިޑް ކިޔާ އެއްޗެއް އައިފަހުން ޗިކަން ގުނިޔާ އާއި ޑެންގީ ހުން ވީތަނެއްވެސް ނޭގޭ މުޅިންވެސް ކޮވިޑް ފެންނަނީ މީދެން ހަމަ އަޖާއިބު ކަމެއް ! މިކިޔާ ކޮވިޑް ހޯދަންވެސް އެހާ މޮޅުބަޔެއް މި ހޯދަނީވެސް !

  4. ނަސީރު

    ތިޔަ މީހަކު ދިޔައީ ކަނޑު މަހައްތޯ ނޫނީ ކަންނެލި މަސްވެރިކައްތޯ ބަލަން ޖެހިއްޖެ. ސަބަބަކީ މި ހަބަރުގެ ސުރުހީގައި އޮތްގޮތުން ކޮން މެވެސް އެއްބާވަތެއްގެ މަހުގައި ކޮވިޑް ހުރިކަ މައް ސައްކައްވުރެ ޔަގީން ވެއަޖެ .