މިއަދު ވެސް ރާއްޖެ އިން އިތުރު 601 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 440 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 141 މީހަކު ކޮވިޑަށް ފައްސިވިއެވެ. ރިސޯޓްތަކުން 19 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 11 މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު 6508 އަށް މީހަކު މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެބަތިއްބެވެ. މިހާރު ހޮސްޕިޓަލްގައި 181 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 126 މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4552 މީހުންނެވެ. އެހެންކަމުން މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %13 މީހުންނެވެ. ފާއިތުވި ދެެދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ޓެސްޓް ކުރި މީހުންގެ ނިސްބަތައް ބަލާއިރު %13 ގައި ހިފެހެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަރީ

  ބަރި ބަރިއައް މީހުން ޕޮޒިޓިވު ވަންޏާ ބަރިބަރިއައް މީހުން ބަލިން ރަގަޅުވާ ދުވަސްވެސް އަންނާނެތާ. ވައްތަރީ ކޮވިޝީލްޑް 2 ގެ ކަމަކާ

 2. ރެފްރީ

  ސަރުކާރުންދިންޚާއްސަހުއްދައިގެދަށުން
  މުޅިރާއްޖެއަށް ބަލިފަތުރާދީފީ މު !! ސަރުކާރުގެ މަގުސަދު ހާސިލުކުރެވިއްޖެ!!
  އަލިފު ހާ

  10
  1
 3. ނާސިރު11

  އަދިވެސް އިންޑިޔާ މީހުން އަރުވާ.....ނާޤާބިލް ސަރުކާރު. ލާރިކެއުން ނޫންކަމެއް ކުރާކަށް ނޭނގޭ

  12
  1
 4. އެކުވެރި ސުވަދީބް

  މާތްﷲ އާ ވަކީލު.. އަހަރެންގެ ބަލި މަންމަ އާއި 5 އަހަރުގެ އަންހެން ދަރިފުޅާއި މެދު ވިސްނޭ.. ބަނޑަށް 8 މަސްވެ، ވިހަން ކައިރިވެފައިވާ އަހަރެންގެ އަނބިމީހާއާއި މެދު ވިސްނަން މަޖުބޫރުވޭ.. ކޮންމެހެން ދާން ޖެހިއްޖެ ތަނަކަށް ނޫނީ އަހަރެން ނުދަން.. އަތް ދޮވެ، ފައި ދޮވެ ދެންވެސް މިކަމުން ރައްކާތެރިވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކޮއްގެން މިހުންނަނީ.. ހިތާމަ ކުރަނީ ވަޒީފާގެ މާޙައުލުގައި އެކީގައި އުޅޭ އެހެން މީހުން މި ބައްޔާ މެދު ފަރުވާތެރި ނުވާކަން.. ޕޮޒިޓިވް ވިޔަސް ވެރިންގެ ލެވެލްގައި އެކަން ސިއްރު ކުރާކަން..

  15
 5. ޒައިކް

  އެކަމުވެސް ދަޢުލަތުގެ އެންމެ މަތީވެރިޔާގެ ނިންމުމަށް ގިނަ އޮފީސްތަކާ ސަރުކާރުގެ ކުންފުނިތަކުން ބޮލެއް ނުލަނބާ މުވައްޒަފުން އެއްތާކަށް ނެރެ ގައިދުރުކަމެއް ނެތި ތޮއްޖައްސައިގެން މަސައްކަތްކުރުވަނީ..

  4
  3
  • ނާރު

   މިހާރުވެސް އެގޮތް އޮފީސްތަކަށް އެންމެން ނެރެނީ ވެކްސިން ޖަހާފަ ހުރީމަޔޯ

 6. އިސްތިއުފާ

  ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ދޭންވީއޭ ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  12
  1
 7. ލީނާ

  ވަގުތު ނޫހުން ނިކަން ހަބަރެއްް ހަދައިދީބަލަ ދަޢުލަތުގެ އެންމެ މަތީވެރިޔާގެ އެންގުމަށް ތަބާނުވެ އޮފީސް ހުޅުވައި މުވައްޒަފުން ނެރެ މަސައްކަތް ކުރުވަމުންގެންދާ ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުގެ ވާހަކަ.. އެމީހުން ސަރުކާރުގެ އެންގުންތަކަށް ބޯ ނުލަނބާއިރު ފިޔަވަޅެއް ނާޅާ އެކަމަކު އަހަރެމެން ކަމެއް ނުކޮށްފިއްޔާ ބޮޑެތި ޖޫރިމަނާ.. އާރުޑީސީ ކަހަލަ 500 މުވައްޒަފުން އުޅޭތަންތަނުން އެންމެން ނެރެ އޮފީސްތެރެއަށް ބޮނޑިކޮށް އޮފީސް ހުޅުވައިގެން މަސައްކަތް ކުރުވަނީ.. މިކަހަލަ ކިތަންމެ އޮފީހެއް އެބަހުރި

  • ކިސަޑު

   މީ ވަރަށް ރަގަޅު ކަމެއް ސްޓެލްއަކީވެސް އޭގެ ބޮޑުތަނެއް އެންމެން ނުކުނަށް އަންގާފައޮތީ އެއްގަޑިއަކަށް ސާވިސް ކައުންޓަރު ބަންދު އެކަމަކު ހުރިހާ މުވައްޒަފުން ނުކުނަށްޖެހޭ ރީޑިންގ ނަަގާ ބިއްހަދަން އެންމެން އެއްގަޑީގަ ނުކުންނަށްޖެހޭ ގޭގައި ތިބެގެން ނުކުރެވެނީބާ މީ އިންޖީނު ކަންތަކެއްނޫން އެއްވެސް ބިރެއްނެތް ފައިސާ ހޯދުމުގައި އަވަދި ނެތި ވެރިޔާ ގެ އެންގުަށް ބޯ ނުލަބާ

 8. މުޙްސިނު

  ފިޔަވަޅުތަކަށް ތަބާވާނި ކިހިނެއް ސަރުކާރު އޮފީސްތަކުން ވެސް ރައީސްގެ އެންގުމަށް ތަބާނުވޭ ފުރަތަމަ.. ޕަޕެޓު ޖޯކު ވެރިއެއް ކަމަށް އިބޫ އެމީހުން ދެކެނީ.. ބައިވަރު އޮފީސްތަށް މާދަމާ ހުޅުވާ ހުރިހާ ސުޓާފުން ނެރެގެން.. ދެން ކިހިނެއް އާންމުން ސަރުކާރުގެ އެންގުންތަކަށް ބޯލަނބާނި

  6
  1
 9. ސުލައިމާން

  ކޮންގުރާ އެޗްޕީޢޭ ދިވެހި ސަރުކާރު.މިދުވަސްކޮޅު ހާދަ ރެކޯޑެއް މިހަދަނީ؟މި ކުޑަދުވަސްކޮޅު ޔާމީން ސަރުކާރުންވެސް ނަހަދާހާ ރެކޯޑް ހަދައިފި.

  8
  1
 10. ކާފަ

  ވައްކަންފަށެއް ކޮއްލާނެ ދެން.. އަންނި ކަލޭގެ ބޭނުންވި މަންޒަރު މީހަރު މި ފެންނަނީ. މަޖިލަިހުގަ އުޅޭ ސައިންޓިސްޓުން ބުނީ ކޮވިޑަކީ އާދައގެ ރޯގާއެކޭ...

 11. Anonymous

  ސަރުކާރުވެސް ރައްޔިތުންނާ ހަވާލުކޮށްލބަލަ. ސޯލިހުގެ ހަމަ އެކަނި ޒިންމާ އަކީ މިލިޔަން މިލިޔަނުން ބަދަލު ދިނުނުން އެކަނި ކަމުގައި އޮތީމަ އެވީ.!! ވައުދުވީ ެައްޔިތުންގެ ފައިސާ އެކުވެރިންނާތިމާގެ މީހުނަށް ބަަންށޯ އެހެންވެ އެވައުދު ފުއްދަންޖެހޭނެއޯ.

 12. ޝާނީ

  ނާގާބިލު ސަރުކާރު އިންޑިއާ އާއި އިނދެގެން މި ރާއްޖެއަށް ފެތުރި ބައްޔެއްމީ

 13. އަހްމަދު

  މިކަން މިހިސާބައް ގެންދިއުުގެ ޒިންމާ ދެއުޅިއެއްނުވާ ސިޔާސީ މީހުން ނަގަންޖެހޭ! ހެލްތް މިނިސްޓަރު ފެއިލްވެއްޖެ! އެޗްޕީއޭ ފެއިލްވެއްޖެ! އެވެސް އެންމެ ސިޔާސީމީހެއްގެ ސަބަބުން! ސިޔާސީމީހަކަށް ނުވަތަ މާނުފޫޒު ގަދަވެގެން އުޅޭ މީހަކަށް ނުބަލާ މިކަމުން އަރައިގަތުމަށް ހަރުކަށި ފިޔަވަޅު އަޅާ ދެއްވުމަށް އެދި ރައީސަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވަށް!
  އަޅުގަނޑުމެންގެ އިގްތިސާދު ކަމަށްވާ ޓޫރިޒަމް ނަގަހައްޓާދީ!!!