ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރު އޮފީސްތައް މާދަމާ އިން ފެށިގެން ދިހަ ދުވަހުގެ މުއްދަތައް ބަންދުކުރި ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޝަރުއީދާއިރާ އިން ޚިދުމަތް ދިނުމުގައި ކޯޓުތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާއްމުކޮށްފިއެވެ.

މިރޭ ޖުޑީޝާލް އެޑްމިނިސްޓްރޭޝަނުން އާއްމުކުރި އުސޫލު ބުނާ ގޮތުން ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މޮނިޓަރިންގގެ ހާލަތަށް ލާފައިވާ ތަންތަނާއި މާލޭގައި، ވީހައިވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނޭ ގޮތަށް މަސައްކަތްތައް ރާވާލައި އިންތިޒާމްކުރަންވާނެ ކަމަށެވެ. އޮފީހުގެ މުވައްޒަފުންގެ 1/3 (ތިންބައިކުޅަ އެއްބައި) މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނޭ އިންތިޒާމް ހަމަޖެއްސެން ނެތް ހާލަތުގައި ދަންފަޅި އުސޫލުން މުވައްޒަފުން ނެރޭ ގޮތަށް ވެސް އިންތިޒާމްކުރެވިދާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ގޭގައި ތިބެގެން މަސައްކަތްކުރި ކަމުގައި ވިޔަސް ރަސްމީ މަސައްކަތުގަޑީގައި މަސައްކަތުގައި އުޅޭކަން ޔަގީންކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި އޮންނަންވާނެ ކަމަށާއި އަދި އެ ދުވަހެއްގެ މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑި އާއި އެ ދުވަހެއްގައި ކުރި މަސައްކަތް އެނގޭނޭ ގޮތަށް ރެކޯޑް ބަލަހައްޓަންވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. މިހެން އޮތް ކަމުގައި ވިޔަސް، ގޭގައި ތިބެގެން މަސައްކަތްކުރާއިރު އެ މުވައްޒަފަކަށް ވަގުތު ދެވެން އޮތް ގޮތަކަށް ރިއާޔަތްކޮށް މަސައްކަތު ގަޑިއަށް ބަދަލުގެނެވިދާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

އޮފީހަށް ނިކުމެގެން މެނުވީ ނުވަތަ ވަކި ތަނަކަށް ހާޒިރުވެގެން ނޫނީ ކުރެވެން ނެތް މަސައްކަތްތަކަށް ނެރެންޖެހޭ މުވައްޒަފުން، އެ މަސައްކަތަކަށް ބޭނުންވާ މިންވަރަކަށް ނެރެންވާނެކަމަށާއި މިގޮތުން، ފޮޅާ ސާފުކުރުމަށާއި، ސެކިޔުރިޓީ ބެލެހެއްޓުމަށާއި، އެއްތަނުން އަނެއް ތަނަށް ތަކެތި ގެންދިއުމަށާއި މިފަދަ އެހެން މަސައްކަތްތަކަށް މުވައްޒަފުން ނެރުނު ކަމުގައި ވިޔަސް، ނެރެންވާނީ ތޮއްޖެހުން ކުޑަވާނޭހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

"ކޮވިޑް-19 ގެ ސަބަބުން ކަރަންޓީންވާންޖެހޭ މުވައްޒަފުންގެ ތެރެއިން ގެއިން މަސައްކަތްކުރެވެން ހުރި މުވައްޒަފުން އެ ގޮތުގެ މަތިން މަސައްކަތްކުރެވޭނޭ ގޮތް ހަދައިދޭންވާނެވެ. އެ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސައްކަތަކީ އެ މަސައްކަތުގެ ބާވަތުން ގޭގައި ހުރެގެން ކުރެވޭނެ ކަމެއް ކަމަށް ނުވާ ނަމަ، އެ މުވައްޒަފަކާ ގުޅޭ އެހެން މަސައްކަތެއް އޭނާއަށް ހަވާލުކުރެވިދާނެވެ. އެހެންވެސް ހަމަޖެއްސެން ނެތްނަމަ، ކަރަންޓީންގެ މުއްދަތަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަންވާނެވެ." އުސޫލުގައި ބުނެފައި ވެއެވެ.

އުސޫލުގައި ބުނެފައި ވަނީ އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދަން ވާނެ ކަމަށާއި ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، އެހެނިހެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މައުލޫމާތު ސާފުކުރުމާއި އެފަދަ އެހެން ކަންކަމަށް ކޯޓުތަކަށް އާއްމުން ހާޒިރުވާންނުޖެހި އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އެފަދައިން ދެވެން ނެތް ހިދުމަތްތައް، ރައްކާތެރި އެހެން ފިޔަވަޅުތަކާ އެކު ދެވޭނޭ އިންތިޒާމް ހަމަޖައްސަވަންވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އަދި ސުޕްރީމް ކޯޓުގެ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު"ގެ ޕްރެކްޓިސް ޑައިރެކްޝަންއާއި އެއްގޮތަށް ޝަރީއަތުގެ މަޖިލީސްތަކާއި އެނޫންވެސް ޝަރުއީ ކަންކަމާއި ކައިވެނީގެ މަޖިލީސްތައް ހިންގުމަށް އުސޫލުގައި ވަނީ އަންގާފައެވެ.

މީގެ ކުރިން ވެސް ސަރުކާރު އޮފީސްތައް ބަންދު ކުރުމުން ކޯޓުތައް ބަންދުނުކޮށް ހިދުމަތް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އިމްރާން

  އެއަރ ޕޯޓްގައި މަސައްކަތް ކުރާ މީހުންނަށް ލުޔެއް ނެތްތަ

 2. އާދަމުގެދަރި

  ޚުދުމުޚުތާރު ނުބައި ނުލަފާ ދޮގުވެރި ޑިކްޓޭޓަރު ކަލޭގެ ބާރުދަށުގައި ހުރި ތަނެއް ވިއްޔާ އެތަނަކުން ކޮވިޑް ފަތުރައި ރައްޔިތުން ބިރުވެރިކަމެއްގެ ވައްޓާލަންވާނެ. އެކަލޭގެއަށް ހަމަ ނިދި ލިބޭނީ އެކަހަލަ ނުބައި ނުލަފާ ކަމެއް ކޮށްގެން ވިއްޔާ.

 3. ހުސޭނުބެ23232

  ދެން ފެށޭނީ ކޯޓު ކުލަސްޓަރ. ފަހުން ބުނާނެ މުވައްޒަފުންގެ މައްސަލައޭ. އަހަރެމެންގެ ކަމެއް ނޫނޭ. ހޭއަރާބަލަ. ދުނިޔޭގެ އެހެންކަމަކަށްވުރެ ފުރާނަ މާ މުހިންމޭ

 4. ގާދިރު

  މީ ސަރުކާރު ތަން ތަނެއް ނޫންތަ

 5. bro

  Habaruge heading kamaku nudhey... Greater Male' ey buney

 6. ސސ

  ހުރިހާ ކަމެއް ބޮއްސުންލީމާ ހުރިހާ މީހުންވެސް އައުގުރާނަ ގޮވަނީ !

 7. މެކް

  ކޯޓްތައްދެކެ ކޮވިޑް ބިރުގަންނާގެ