ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ޑީއެޗް-11 އައިސީޔޫގައި މިވަގުތު ނުވަ މީހަކަށް ފަރުވާ ދެމުންދާއިރު ހަމީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ޑީއެޗް-11 ގެ އައިސީޔޫގައި ހުންނަނީ ނުވަ އެނދު ކަމަށް އެޗްއީއޯސީ އިން ކުރިން ވަނީ ވިދާޅުވެފައެވެ.
"މިއަދު އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް މިހިރަ މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް. ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައި ވޭ. އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް." މަބްރޫކް ވިދާޅުވި އެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު 6508 އަށް މީހަކު މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެބަތިއްބެވެ. މިހާރު ހޮސްޕިޓަލްގައި 181 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ނަމަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެހެން ގައުމުތަކުގައި ވެސް އަންނަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންނެވެ.
ތިޔަ އައި.ސީ.ޔޫ ފުރުނީ ޔާމީނު ތިތަން އަޅާދިނީމަ... ތަކަމާއި އިތުރު ދައުވާއެއް ކޮށް ޖަލަށްލާ
ސަރުކާރުވެސް ރައްޔިތުންނާ ހަވާލުކޮށްލަބަލަ. ސޯލިހުގެ ހަމަ އެކަނި ޒިންމާ އަކީ މިލިޔަން މިލިޔަނުން ބަދަލު ދިނުނުން އެކަނި ކަމުގައި އޮތީމަ އެވީ.!! ވައުދުވީ ެައްޔިތުންގެ ފައިސާ އެކުވެރިންނާތިމާގެ މީހުނަށް ބަަންށޯ އެހެންވެ އެވައުދު ފުއްދަންޖެހޭނެއޯ.
އެހެންވީމާ ދެން އިތުރަށް ބަލި ނުޖެހޭށޭ ޕޮޒިޓިވް ނުވާށޭ ބުނާކަން. އެއްމެ ނުރައްކާތެރި ޙާލަތަށް ތައްޔާރޭ ބުނީމެއްނު؟
ހުސް ވާހަކަ ނުދައްކާ އޮކްސިޖަން ސްޓޮކް އިތުރުކޮށް ގިނަކޮށް ވެންޓިލޭޓަރ ބޮޑު އަގުގަވެސް ހޮދާ އިތުރު ނުކޮށްފިނަމަ ހާލަތު ވަރަށް ގޯސްވުން ކައިރީ
ދެރަކަމެއް☹️ އަންނި ބުރޯ މުޅި ގައުމު ހޭއަރުވާލައިފި
ތިބުނީތެދެއް.. ތިއެއްޗަކާހުރެ ބޮޑު ބލ އެއް .. އަލިފު ހާ
ކޮބާ ވެންޓިލޭޓަރ ވަގުންތައް ! ތިޔަ ހޮސްޕިޓަލުން ނަސީމު ބޭރުކޮށްލާކަށް ނުވޭތަ؟ އިންޑިޔަނުންގެ ދަށުވެފައި ހުރި ވަގެއް! ހުސް ވަގުން ލާރި ލިބޭ މަޤާމްތަކަށް ލާގެން ޤައުމު ބަނޑަށް ޖެހުނީނުންތޯ؟ މިއަދު ކީކޭ މި ވަހު ސަރުކާރު ބުނާނީ؟ އެއްފުޅަން މަތިން ފުންމާލި ބަކަރި އަނެއްފުޅަން މަތިންވެސް ފުންމާލާނެ! ކެރަފާ އާއިލާ އަށް އެނގޭނީ ލާދީނިއްޔަތާ ވައްކަމާ ރާ ބޯން. ނުވާނެ މިޤައުމަަކަށް ރަނގަޅެއް! ﷲ އޭގައި ބަރަކާތް ކަނޑުވާފަ އޮތް އެއްޗެއް. ސަރުކާރު އިސްތިއުފާ ދީފައި ބަރުލަމާނީ ގޮވާގެން ހިންދޫ އަވަށަކަށް ކެނޭރީ ގޭ ގޭންގާ ސިއްކަގޭންގާ ކެރަފާ ބައިގަނޑު މި ޤައުމުން ބޭރުކޮށްލަންވީ ރަައްޔިތުން ނުުކުމެ!
ނަސީބެންނު ތި ފަންސަވީސް ބުރީގެ ހޮސްޕިޓަލެއްވެސް އެޅުނުކަން
މިކަމުގެ ހިތާމައަކީ، ކޮވިޑް ބަލި އެންމެ ފުރަތަމަވެސް އާދައިގެ ރޯގާއެއް ކަމަށް ބަލައި، މަޖުލިސްގެ މެމްބަރުން ގަދައަޑުން ޖަލްސާ ތަކުގައި ވާހަކަދެއްކި ކަމުގެ މޮޔަކަން! ޜައްޔިތުންނަށް ވެސް މުޅިން އޮޅުވާލީ! ކޮވިޑް ސިޔާސީ ހަތިޔާރަކަށް، މަންފާ ހޯދުމުގެ ވަސީލަތަކަށް ހެދުން!
ކުރިން އިންޑިޔާއާއި ގުޅިގެން ޝަހީދުކޮށްލީ 19 ދިވެހިން. މިފަހަރު މިބައިގަނޑު މުޅި ދިވެހި ދަރިފަސްކޮޅު މަރުގެ ތުންފަތްމައްޗަށް ކޮށްޕާތިލީ ހަމަ އިންޑިޔާ ހިއްރުއްސަން.
ކެރަފާ ބާގީ އާއިލާގެ އެންމެން އަދި އިބްރާހީމް މުހައްމަދު ސޯލިހު އިސްތިއުފާދަެން އެންމެ ރަނގަޅު ވަގުތަކީ ވެރިކަމުގެ ހުވާކުރި ދުވަސް، ދެން އެންމެ ރަނގަޅު ވަގުތަކީ މިހާރު.
ކޮބާހޭ ފްލޯޓިންގ ހޮސްޕިޓަލް؟ އޭތި ގެނެސް އައިޖީއެމްއެޗާއި ދިމާލުން ބޭރުގަ ބަނދަރުކޮށްފަ ބާއްވަންވީނު؟ ގައުމެއްވާ ބަނޑުއަޅާލައިފި. ނަސީބެކޭ ޔާމީނު ތި ހޮސްޕިޓާ ހެދިކަންވެސް. އޭނަ ކުރި ކަންކަމުން މި ނާގާބިލު ސަރުކާރު ކިރިޔާވެސް ވިންދު ޖަހާވަރު މިވަނީ!
ކަލޭމެންނަށް ނުވަންޏާ އިސްތިއުފާދީފަ ދުރަށް ޖެހިލަންވީ ނޫންތޯ؟ ޖަަސްޓް ބިކޯސް ޔޫ ފިޓް ސަމްވެއަރ ޑަޒަންޓް މީން ޔޫ ބިލޯންގ ދެއަރ!
ކޮރަޕްޝަން ހޮހޮޅަވެސް ފުރުނީ ދެއްތޯ
ދަރުމަވަންތަ އަކީ ޔަަމީން ދިން އަނިޔާ އެކޭ ބުނެވެނީ ނިހެންވެ
ދެންފެންނާނީ އެތަން ރަހުނުކުރި މީހުން އައިސް އެތަނުން އަހަރެމެން ބޭރުކުރާތަން މިސަރުކާރުން އެޅި ހޮސްޕިޓަލެއް އެހެންތަނެއްނެތް އެހެންމީހުން ހެދީމަ މިމީހުން ނައް އެންގެނީ ތަންތަން މޯގޭޖްކޮއް ލާރިނަގަން ގައުމުދަރުވަން
ކޮބާތަ އެއްކަލަ ގެންނަންބުނި ފުލޯޓިން ހޮސްޕިޓަލް....؟؟؟މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެ......ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި އަދި ހީލަތް ތެރި ފަތިސްތަކާ ދުވަސް ތައް ވަކިކުރަން އެނގޭވަރުގެ ބުއްދިދެއްވާށީ. އާމީން
ތަން ފުރޭނެ ކަލޭމެން ތިތަނުގަ އެންމެ 6 ވެންޓިލޭޓަރު ބަހައްޓާއިގެން އުޅެންޏާ. ބަލަގަ މިދިޔަ އަހަރުއްސުރެ ވެންޓިލޭޓަރު އޯޑަރު ކުރިވާހަކަ އަޑުއެހިން. އެޔައްވީ ކިހިނެތްތޯ މިދިޔަ 12 މަސްތެރޭ މޮނިޓަރކޮއް ކެޕޭސިޓީ އިތުރުކުރަން
އެދެވޭ މަސައްކަތެއްކުރި މީހަކު ސަރުކާރުގަ ނެތްކަން ޚަބަރުން ދޭހަވީ.
ފެސިލިޓީ އިތުރުކުލރަން ފުރުސަތު ލިބުން.. މިކަން ގޯސްކޮއްލީ ސިޔާސީ މީހުން
ސަރުކާ ނިދާފަ
ދެރަނުވޭ ބަންދުކުރި ސްކޫލްތަކާއި ކޮލެޖްތައް އެބަތިބި. ބޮޑުވަޒީރު ހުރީ ހިނދުކޮޅުގަދޯ؟،
ޔާމީނުގެ މަސައްކަތުގެ ފޮނިމިލިބުނީ އެއްޗެތިގޮވި ރީދޫސަރުކާރަށެވެ.
1. އެއާޕޯޓް ބޮޑުވުމުން ވަންނަ ގިނަފައިސާ
2. 35 ރެސޯޓު ހުޅުވުމުން ވަންނަ ފައިސާ
3. އެމް.އެމް.އޭގައި 900 މިލިއަންޑޮލަރު ރައްކާކޮށްދެވި ޔާމީނު އެފައިސާ މިވެރިން ނެގީ
4. ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުން ލިބުނުމަންފާ
5. ހުޅުމާލެ ފޭސް 2 ހިއްކުމުން ލިބުނުފައިދާ
6. މަހާޖައްރާފާ ކޮންނަބޯޓުން ލިބުނުފައިދާ
7. އެއާރޕޯޓާއި ބަދަރުތަކުން ލިބުނުފައިދާ
8. ބްރިޖްގެ ސަބަބުން ސަރުކާރަށް ފެރީގެ ޚަރަދުކުޑަވެ ބަޖެޓަށް ލުއިވުން އަދިވެސް ބައިވަރު
ނަސީބެއްނު ރައީސްޔާމީން 25 ބުރީގެ ހޮސްޕިޓަލެއް ރަށްޔަތުންނަށްޓަކާ އަޅައިދިންކަން ރައީސްޔާމީނަށް ޝުކުރުހަށްގު ދެންމިހާރު މިގައުމުގަމިހިރަ ވެރިމީހަށް އެނގޭކަމަކީ ހަމައެކަނި ޅަދޮޅުކުދިންނަށް ވަޒީރުޖަންދިނުން އެކަނި ބޮލުރޮދި ކެނޑިފަހުންނަވެރިއެއް މިނޫނީ ދުވަހަކުވެސް ނުދެކެން.
ބަލަ ކަލޭމެން ތިބީ މިހާލަތައް ތައްޔާރުވެގެންނޯ ބުނާތި އެހިން ! ބަޖެޓް ފޫދުއްވާލަން އުޅޭ ބައެއް އިތުރު އެއްވެސް ކަމެއް ކަލޭ މެންނަކަށް ނޭގޭ ކުރާކަށް
އެންމެ ނުވަ އެނދު ބަހައްޓައި ގެން އެހީ ލާރިގަނޑު ބަނޑު އަޅާލައިގެން، ތިމްންންމެން ތައްޔާރޭ ކިޔާނެ އަދިވސް
ކޮބާ ތަ މަބޫބެ މެން ގެންނަން ރެޑީކުރި ފްލޯޓިން ހޮސްޕިޓަލްތައް؟ އަދި ވެސް ބަލާ ނުވާވަރުން ރައްޔަތުން ގެ ކުރިމަތީ ގައި ހެއްދެވިހާ ދޮގުހެދޭ ތޯ ؟ ފްލޯޓިން ހޮސްޕިޓަލްތަ ފްލޯޓް ކުރީ މާގިރީގީ ހޮޓަލްގަ ދެއްތޯ؟ މަބްރޫކު ޖަވާބުދެއްވާ؟
11 އެނދު އިންނަތަނެއް ފުރެން ނަގާނެތަ ގިނައިރުތަކެއް