00:54

ކ. އަތޮޅު މާފުށިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

23:29

މެއި މަސް ނިމެންދެން ރާއްޖޭގެ އަދަދުތައް މައްޗަށް ދިއުން ގާތް - އެޗްއީއޯސީ

22:54

މަބްރޫކް: ފުރަންޓްލައިން އެލަވަންސް ލިބުމުގައި ލަސްތަކެއް އެބަހުރި. ނަމަވެސް ޓައިމް ލޮގް ކޮށްފައި ހުރި ހުރިހާ ބޭފުޅުންނަށް އެލަވަންސް ލިބިފައިވާ ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާ. ނަމަވެސް ރަށްތަކުގެ ހޮސްޕިޓަލްތަކުން އަދިވެސް ޑޭޓާތައް ނުލިބި އެބަހުރި.

22:50

ޑރ.އަފްޒަލް: އިންޑިއާ ވޭރިއަންޓް އުޅޭތޯ ޗެކް ކުރަން ސާމްޕަލްތައް ފޮނުވާފައި ވާނީ. އަދި ނަތީޖާއެއް ނުލިބޭ.

22:48

މަބްރޫކް: ހުޅުމާލޭ ފެސިލިޓީގައި 248 އެނދު ތައްޔާރުކުރިން. އޭގެތެރެއިން 171 އެނދުގައި މީހުން އެޑްމިޓް ކޮށްފައި ވަނީ. ފަރުކޮޅުފުށީގައި 111 އެނދު ހުންނާނެ. ވެލިދޫ ފެސިލީ ވެސް އޮޕަރޭޝަނަށް މިގެންނަނީ.

22:46

މަބްރޫކް: މިހާރު ވެސް ރައީސް އާއި ޓެގް ޓީމާއި އިސްބޭފުޅުންގެ ބައްދަލުވުމެއް ކުރިއަށް އެބަދޭ. އެބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން. ބޯޑަރު ބަންދު ކުރުން އެއީ ވިސްނަން ޖެހޭ ކަމެއް.

22:36

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ ފުރިއްޖެ

22:31

މަބްރޫކް: އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ. ޑީއެޗް 11 ވަނީ ފުރިފައި. މިހާރު ހުޅުމާލޭ ފެސިލިޓީގައި އައިސީޔޫގައި 12 އެނދު އޮޕަރޭޝަނަށް ގެނެވިއްޖެ. މާދަމާ އަދި އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނެވޭނެ. މިހާރު އެތަނުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެކަކަށް. އިތުރު 50 އެނދުގެ ހޮސްޕިޓަލަށް އިތުރު ކުރުމުގެ ކަންކަން ކުރިއަށް އެބަދޭ. ފަރުކޮޅުގެ އައިސޮލޭޝަން ފެސިލިޓީ ވަނީ ފުރިފައި. މާދަމާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެ. ރާއްޖެ އިން ބޭރުން ވެސް މެޑިކަލް ސްޓާފުން އެއްއަހަރަށް ހަޔާ ކުރަން ލިބޭތޯ ބަލަމުން އެބަގެންދަން.

22:29

މަބްރޫކް: ސާމްޕަލް ނެގުމަށް އިތުރު ތަނެއް. އަދި އިތުރު ފްލޫ ކްލިނިކެއް ހުޅުވަންށާއި މާލެ އަންނަ ބޯޓު ފަހަރުގެ ކަންކަން އިތުރަށް ބެލުމަށް މިހާރު ވަނީ ނިންމާފައި.

22:23

މިއަދު 400 އަށްވުރެ ގިނަ ޒުވާނުން ކޮވިޑަށް ފައްސިވި

22:16

އަނެއްކާވެސް ރާއްޖެ އިން ރެކޯޑެއް: މިއަދު 734 މީހުން ކޮވިޑަށް ފައްސިވި.

19:26

ލ. ފޮނަދޫއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

18:51

ހއ.ދިއްދޫ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 17ށް އަރައިފި

18:37

މާންދޫ އިހާއާއި ގުޅުންހުރި އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

18:36

ސައުދީ އަރަބިއްޔާއިން އެހެން ގައުމުތަކަށް މި އަހަރުވެސް ހައްޖު ކެންސަލް ކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފި

17:44

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ނުރައްކާ މިންވަރަކަށް އިތުރުވަމުންދާތީ، ފައްސިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދަން ބޭނުންވެގެން އިއުލާނުކޮށްފި

16:36

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅޭ ގޮތުން ނައިބް ރައީސް ފައިސަލް ނަސީމް ކަމާއިބެހޭ އިދާރާތަކާއި އެކު މިއަދު ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފި

16:26

ހއ. ދިއްދޫން މިއަދު ކޮވިޑް-19 އަށް ފައްސިވި އަދަދު 14 އަށް އަރައިފ

15:48

ލ. އަތޮޅު އިސްދޫން ކަރަންޓީންގައި ތިބި 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:23

ކ. ކާށިދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެެ އަދަދު ފަހަކަށް އަރައިފި

15:09

ލ. ފޮނަދޫ ރަސްމަގު ދޯނިން މަހަށް ދާ އިތުރު މީހެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

15:00

ހއ. ދިއްދޫން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 33 އަށް އަރައިފި.

12:01

ހިތަދޫ އިހަލުން އިތުރު މީހަކު ފައްސިވެ ޖުމްލަ 10 އަކަށް އަރައިފި.

10:35

ކަރަަންޓީނުގައި ނެތް މީހަކު ފައްސިވެ ފ.ނިލަންދޫ މޮނިޓަރިންއަށް

10:26

ފީއަލިން އިތުރު 31 މީހަކު ފައްސިވެ، ޖުމްލަ 43 އަށް އަރައިފި

09:41

އަނެއްކާ ވެސް ކުރިންހެން ރައްޔިތުން ސީރިއަސް ވާން ޖެހޭ: ރޮޒައިނާ

09:38

ޑޮކްޓަރުން ލަފާ ދެނީ ތަންކޮޅެއް ބޮޑަށް ބަންދުކުރަން: ޑރ.ނަޒްލާ

05:27

މިހާރު ކޮވިޑް-19 އެންެމެ ހަލުވިކަމާއެކު ފެތުރެމުންދާ ކ. މާފުށިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މި ބައްޔަސް ފައްސިވި މީހުންގެ ޖުމްލަ އަދަދު 349 އަށް އަރައިފި

02:03

02:02


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ހަހާސް ފަހަނައަޅައި ހިނގައްޖެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެއެވެ. ހުޅުމާލޭގައި ހުރި ކޮވިޑް ފެސިލިޓީ ވެސް އަންނަނީ ފުރެމުންނެވެ. މިހާރު ވެސް އެތަން ނުފުރި އޮތީ ހައިރިސްކް ގިނަ މީހުން އެޑްމިޓްނުކޮށް ގެއަށް ދޫކޮށްލާފައި ވާތީއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރީ 240 އެނދު ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުންދާ ގޮތައް ބަލާއިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ހުޅުމާލޭ ފެސިލިޓީ ފުރިގެން ހިނގައިދާނެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް މާދަމާ އިން ފެށިގެން ބަންދު ވާނެއެވެ. ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ދެން މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނެތެވެ. މެންދަމު މަގުމަތީ އެންމެ މީހުން މަދުވާ ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރުމާއި ޕާކްތައް ބަންދުކުރުން ފަދަ އާދައިގެ ބައެއް ފިޔަވަޅުތައް އެޅުމަށް ފަހު މިހާރު ހުރިހާ ކަމެއް ހަވާލުކޮށްފައި ވަނީ "ފަރުދީ ޒިންމާ އާއިއެވެ."

މިއަދު ވެސް ރާއްޖެ އިން ވަނީ 601 މީހުން ކޮވިޑަށް ފައްސިވެފައެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު 6508 އަށް މީހަކު މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެބަތިއްބެވެ. މިހާރު ހޮސްޕިޓަލްގައި 181 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސުލައިމާން

  މީގެ ޒިންމާ އެޗްޕީއޭ އިންނަގަން ޖެހޭ.އެޗްޕީއޭ އިން އެދޭ ޚާއްސަ ހުއްދަޔަކުން މިކަން ގޯސް މިވަނީ.ގދ.ތިނަދޫ އެއޮތީ މޮނިޓަރިން ހާލަތުގައި.އެރަށުން އަރާ ފޭބުން މަނާ ކޮށްފަ އޮތީ.ގދ.ކާޑެއްދޫ މުވައްޒަފުން ތިބީ ކާޑެއްދޫގަ ތިަނަދޫއަށް ދަތުރެއްނުކުރޭ.އެކަމަކު އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން އެޗްޕީއޭގެ ހުއްދައިގެ ދަށުންކަމަށް ބުނެ ތިނަދޫ ކާޑެއްދޫއަށް ޑިއުޓީއެބައަރާ.މީ ކިހިނެއްވެފަ އޮތް ކަމެއްތޯ؟

 2. އަޙްމަދު

  ވޯޓުންބަލިވީމ މަ ކޮވިޑުން ރައްޔިތުން ބަލިކޮއްލަނީ
  ވަރަށްސުންޕާބަޔެއް

 3. ފަތިސް އަލި

  ހުރިހާކަމެއް "ފަރުދީ ޒިންމާ އާއި ހަވާލު"

  އެހެންވީމާ ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެން  އެއްބައިވަންތަވެ ވަގުތުފާއިތުނުވަނީސް މިހުރިހާ ނުލަފާ ވެރިންތައް ބަދަލު ކުރަމާ ހިނގާށެވެ

  29
  3
  • ޙައްގުބަސް

   މިހާރު ފަރުދީ ޒިންމާއެއް މިނާގާބިލް ސަރުކާރު ބަދަލުކުރުން!! އެއީ ފަރުދީޒިންމަގެތެރޭ ހިމެނޭ އެންމެ މުހިންމު ޒިންމާއަކީ!! މިނާގާބިލް ސަރުކާރުގެ މައިއިދާރާތެރޭ އޮތް ރައްޔިތުންގެ ބަދަލުދޭ ކޮމެޓީން ފައިސާ މިލިއަނުން ބަހަމުންމިދާ ދިއިންވެސް ހުއްޓުވަންޖެހޭ ފަރުދީޒިންމާގެތެރެއިން!! މިއީ ނާގާބިލް ދޯހަޅި އަދި ބަސްގަބޫލުނުކުރާ ޖާހިލު ސަރުކާރެއް!!

   14
 4. ބުއްޅަ

  މިކަ މުންވެސް މި އެނގެނީ ސަރުކާރު ހިންގަންތިބީ ނާގާބިލް ބައެއްކަން.

  10
 5. ބީރުބޯވަޒީރު

  ޒިންމާ ނުއުފުލެންޏާ ވުޒާރާދޫކޮށަް ފިލަންދާންވީނު ބުއްޅަބޭ ވެސް ވެރިކަންކޮށްފަ ނުވެގެން ފިލީ ..

  11
  • ވަގުތުންވަގުތައް

   ޔާމީނުގެ ދައުރުގައި ފެންކުންފުނި ބަޔަކު ގަސްދުގައި ރޯކޮށްލީމަ ކަންކަން ކުރެއްވިގޮތަކީ ހިކުމަތު އަމަލީން ކަންކަން ރާއްވަވާ ހިންގަވާ ވެރިން ކަންކަން ކުރައްވާގޮތްކަން އެގިގެން ދިޔައެވެ. ރައްޔިތުން މާޔޫސްވިކަ ނުދެއްވިއެވެ. ދިގުކިޔޫތަކުގައި ތެބެންޖެހުނަސް ރައްޔިތުންނަށް ދިޔައީ މިނަރަލްވޯޓަރ ފެން މާލެއެކިދިމަދިމާލުން ހެލީ ފޯރުކޮށްދެމުންނެވެ. އެއްމޫނެއް 20 ފަހަރުފެނުނަސް އެއީ މައްސަލައެއްކަމުގައި ދެކި ފިޔަވަޅެއްނާޅުއްވާ ކަޑައެޅިފައިވާ އަދަދަށް ފެންފުޅިތައް ދޫކުރަން ލޮބުވެތި ޒައީމުވަނީ އަމުރުކުރައްވާފައެވެ. ކަމާއިފަރާތްތަކުން ދިޔައީ އެއަމުރު ތަންފީޒްކުރަމުންނެވެ. ފެންކުންފުނިން ދާއިމަށް ފެންދޫކުރަން ފެށީފަހުންވެސް އެތައްދުވަހެއް ވަންދެން ގޭގޭގެ މީހުންބޯން ބޭނުންކުރީ މިދެންނެވި ޒައީމުގެ ހަދިޔާ މިނިރަލްވޯޓަރެވެ. މިކަމުން އެގިގެން ދިޔައީ އެގުމާ ނޭގުމުގެ ތަފާތެވެ. ޖޭވެގެން ހިތްތަކުގެ ޒައީމު އަށް ޖެއްސެނުން ކުރާނީނޫނެވެ.ވަރަށް ސަލާމް

 6. Anonymous

  މިޤައުމުގައި ރައްޔިތުން ރައްކާތެރި ކުރާނެ ވެރިއަކު އެބަހުރިބާ . ކުރީފަހަރު ފެންބޮޑުކޮށްލައިފައި ގޭގައި ތިބޭށޭ ބުނި.
  އޭރު މިވަރުގެ ޢަދަދު ނުވެސްނެތް. މިހާރު ބޮޑުވަޒީރު ނަމަވެސް އާދޭސް ދަންނަވަން ވެއްޖެނު.

  11
  • ކޮވިޑް

   ތިކަމުގެ ހައްލަކީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނާ ވެރިކަން ހަވާލު ކުރުން، އިންޝާ ﷲ، ﷲގެ ވާގިފުޅާއެކު މިކަމަށް ހައްލު ހޯދަ ދެއްވާނެ، މި ނާޤާބިލް ސަރުކާރުން މި ޤައުމުގެ ރައްޔަތުން ނިކަމެތިކޮށް ދުވަސް ދުއްވާލާއިފި ހުވާ.

   12
   • ވަގުތުންވަގުތައް

    ސާބަހޭ ދަރިއާ. ހައްލަކީ ތިވިދާޅުވީ. ގޮތްބަލާލަން އަލްޓިމޭޓެއް ދީފަ ޔާމީނާއި ވެރިކަން ހަވާލުކޮށްބަލަ. އެމުއްދަތުގައި ހައްލުނުވެއްޖެނަމަ އަބުރާ ކަލޭމެނާއި ވެރިކަން ހަވާލުކުރާނީ ޔާމީނު ވެރިކަންކުރި މުއްދަަތު ބޯނަސް ޕޮއިންޓެއްގެ ގޮތުގައި ޕްލަސް ކޮށްފައެވެ. މިބައި މީހުން މިކުރަނީ ވެރިކަންތައް. މިއަށް ކިޔަނީ ބައްކައްކާ. މުޅިދައުލަތް ޕަޟީހަތްވެއްޖެ. ރައްޔިތުން މާޔޫސްވެއްޖެ. އެތައް ބައެއްގެ ނިކަމެތިވެ ފަގީރުންނަށް ވެއްޖެ. އަދިވެސް ލަދެއްހުރިނަމަ ނުވިއޭކިޔާފަ އިސްތިއުފާދީފަ ފިލަންވީނުން.

 7. ރީތި މޫސަ

  ހުރިހާކަމެއް ކުޅޭކުޅޭގޮތައްކޮށްފަ ގޯސްވީމަ ރައްޔިތުންގެ ބޮލަށް މިވޭތުވެ ދިޔަތަނުގަ އަދިމިޔަދާއި ހަމައަށްވެސް މަގުތަކުގެ މަތީ މާސްކުނާޅާ އުޅޭމީހުނާ މަގުތަކުގަ ސިގަރޭޓް ބޯމިހުނާ ކުޅުޖަހާ މީހުން ހުއްޓުމެއްނެތި މިނިވަންކަމާއި އުޅެވޭގޮތަށް ދޫވެފައޮތުމަކީ ކޮންބަޔެއްގެ ޒިންމައެއްތޯ؟ އެނގޭކަމަކީ ކަމެއްހުއްުވަން ބޭނުންވެއްޖެ ނަމަ އިރުކޮޅެއްގެ ކަންކަންއެބަހުއްޓުވާކަން ހަމައެގޮތައް މިކަންކަންވެސް އެގޮތައް ނުހުއްޓުވޭންވީ ކީއްވެތޯ؟

 8. ތާއޫނު ؟

  ބޮޑު ބައްޔެއް ފެތުރިއްޖިއްޔާ އޮންނަނީ ރަށް އެއްކޮށް ބަންދުކުރަން.

 9. ރައްޔިތުން

  ސަރުކާރުން ގެޒިންމާ އަކީ ކޮބާ.؟؟؟ . ވަގުން ގަ އުމު ކާ ހުސްކޮފަ. ޒިންމާ ނަގަން ޖެހުނީ މަ ބޯ ދަމަ އި ގަތް ތަން މީގެން ފެން ނަނީ. ް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ