އއ.މަތިވެރިން މިއަދު ވެސް އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 241 އަށް އަރައިފިއެވެ.

މަތިވެރިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އަންނައިރު މިހާރު ވެސް އެރަށުން ސުންކު ނަގައި، ނަމަވެސް ނަތީޖާ ނުލިބޭ 31 ސުންކެއް އެބައޮތެވެ.

މަތިވެރިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ބަލިން ރަނގަޅުވެފައި ވާތީ އެރަށުގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 140 މީހުންނެވެ. އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 101 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މަތިވެރިން ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނައީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. އަދިވެސް އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަމީހާ

    މަތިވެރީ ރައްޔިތުންގެ ތެރެއިން ކޮވިޑް ނުޖެހި ބާކީ ތިބި އެންމެންނަށް މައިމޫނާގެ ހާއްސަ ހުއްދައެއް އަވަހަށް ހޯދާ. އޭރުން މަތިވެރި ކޮވިޑް ފުރީވީ.