ރާއްޖެގައި ވެކްސިން ހުންްނަ އަދަދު ސާފުކޮށް ނުުދީ ފަސްކުރެވުމަކީ ހެދުނު ގޯހެއް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ ތިން ބާވަތެއްގެ ވެކްސިނެވެ. އެއީ ސިނޮފާމް ވެކްސިނާ، ފައިޒާ ވެކްސިން އަދި ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އޭގެ ތެރެއިން އަދި ވެެކްސިން ދެވިފައި ނުވާ މީހުން ގިނައެވެ.

ރައީސުލްޖުމްހޫރިއްްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކޮވިޝީލްޑް ވެކްސިނުގެެ ބާކީ ހުރީ 1،700 ޑޯޒް ކަމަށެވެެ. ވެކްސިން ދިނުން މެދުކަނޑާލި ނަމަވެެސް ކޮންމެހެން ވެކްސިން ދޭން ޖެހޭ މީހުންނަށް މި ވެކްސިން ދޭނެއެވެ.

ސިނޮފާމް 137،000 ޑޯޒް ވެކްސިން އެބަހުއްޓެވެ. މި ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒްވެސް ޖަހަައިދޭނެއެވެ.

ދިގު މުއްދަތަށް ބޭސްފަރުވާކުރަން ޖެހިފައިވާ މީހުންނާ އެކި ސަބަބުތަކާއި ގުޅިގެން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ދެމުން އަންްނަ ފައިޒާ ވެކްސިނުުގެ 4،600 ޑޯޒް ބާކީ އެބަހުރި ކަމަށެވެ.

މި އަދަދުތައް ކުރީންސުރެ ހާމަނުުކުރެވި އޮތުމުން މީޑިއާ އިން ވެސް އަދި އާންމު ރައްޔިތުންގެ ފަރާތުންވެސް ވަނީ ނުރުހުން ފާޅުކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަން ބަަލައިގަންނަ ކަމަށާއި، މީޑިއާތަކާއި، އާންމު ރައްޔިތުން އަދި ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނަމަ މި މި އަދަދުތައް ހާމަކުރެވިފައި އޮންނަން ވާނެ ކަމަށާއި، އެ އިތުބާރު އޮންނަން ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކުރިއަށް އޮތްް ތަނުގައި ސްޓޮކް ހުރި މިންވަރު ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި އަދަދުތައް ކުރީންސުރެ ހާމަ ނުކުރެވި ހުރުމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މީޑިއާވެސް އަދި އާންމު ރައްޔިތުންގެ ތެރެއިންވެސް ވޭ. އަޅުގަނޑު ދަންނަވަން ބޭނުން އެކަން އަޅުގަނޑުމެން ބަލައިގަންނަން. ތިބޭފުޅުންނާއި އާންމު ރައްޔިތުންނާއި ސަރުކާރުން ގުޅިގެން މި މަސައްކަތް ކުރާކަމުގައިވާނަމަ އެ އިތުބާރު އޮންނަންވާނެ. މި އަދަދުތައް ތިބޭފުޅުންނަށް ހާމަކޮށް ފެންނަން ހުންނަންވާނެ. އަދި އިދާރަކުރެއްވިއްޔާ ކުރިއަށް ހުރި ދުވަސްތަކުގައި ސްޓޮކްތަކަށް އަންނަ ބަދަލުތައް ސާފުކޮށް ކިޔައިދޭނަން،" މަބުރޫކް ވިދާޅުވި އެވެ.

ވެކްސިންގެ އަދަދުތައް ހާމަނުކުރުމުގެ އިތުރުން ވެކްސިން ޖެހުމަށް އުފުލަން ޖެހޭ ތަކުލީފްތައް ބޮޑުކަމުން ވެސް އާއްމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޅ

    މަށަށް ފެންނަނީ ޔާމީނުއާ ޤައުމު ހަވާލު ކޮށްފަ އެމް.ޑީ.ޕީ ގެ ވެރިން ފުރަ ފުރައިގެން ޔޫރަޕަށް ދާން.

    49
    2
  2. ޖަމީލާ

    މަބްރޫކް! ވެކްސިން ހުރިވަރު ހާމަ ނުކުރުމެއް ނޫން ގޯހަކީ. ހުރިވަރު ދެބަޔަކަށް ބަހާލައިގެން ފުރަތަމަ ޑޯޒް ދިން މީހުންނަށް ދެވަނަ ޑޯޒް ކަށަވަރުކުރުން ކުރަންޖެހޭ ކަމަކީ. ކަލޭމެންގެ ޕްލޭނިންގގައި އުޅޭ މައްސަލަ އަސްލު މައްސަލައަކީ. ޓެކްނިކަލް މީހުން ނިންމާ ކަންކަން ބޮއްސުންލަނީ ރައިސް އޮފީހުން.

    39
    1
  3. ދިވެހިލޭ

    މަދު ބަޔަކު ބޭނުން ވެގެން ވޯތުލުމަށް ހުރިހާކަމެއް ދޫކޮށްލީމަ ވީގޮތް މީ މިހާރު ކޮވިޑުން މިފެންނަނީ ވޯޓުގެ ނަތީޖާ ދެން ޖެހޭނީ ދާއިމީ ނަތީޖާ ލިބެންދެން ތިބެން!

    24
  4. ރެފްރީ

    ނޫނޭ ނޫނޭ ސަރު ކާރުންނަހަދާނެ ގޯހެއް ! ގޯސްހަދާނީ ރައްޔިތުން ! ތިތިބީ ރައްޔިތިންގެބޮލަށް ކަނޑާލައިގެން !

    28
  5. އިންތި

    އަމިއްލަ އެދުން ބޮޑުވީމާ ވާނީ ތިހެން. 200 ލިބުނީމަ 100 މީހުންނަށް ޖަހާފަ ދެވަނަޑޯސް ވެސް އެސަތޭކައަށް ޖެހީމާ އެކަން އެވީ. އެހެން ގައުމުތަކުންވެސް ހިލޭ ވެކުސިންދިން. އިންޑިޔާގެ ތައްޕާހުން ދުރުވާން ނޭގެންޏާވާނި ތިހެން. އަދިވެސް އިންޑިޔާއިން ފަތުރުވެރިން ގެނައުން ހުއްޓައެނުލާ.
    ރަސޫލާﷺ ގެ އިރުސާދުގައި ހިފިނަމަ ٱللَّٰه‎ ވާގިފުޅާއެކު މިކަމުން ސަލާމަތްވިސް.

    26
  6. މަބޭ އަލީ

    މިސަރުކާރު އައިފަހުން ތިނޫންވަރެއްވޭތަ މިވީހާތަކައް ހަދާފަހުރީމުޅިންގޯސް

    25
  7. ޞިރާޠު

    ހޯރައިއްބެ ދޫކޮށްލުމަކީ ހެދުނު ގޯހެއް! ޢަލީވަޙީދު ފުރުވައިލުމަކީ ހެދުނު ގޯހެއް! ސަފާރީ ރޭޕްގެ އަންހެންމީހާ ފުރުވައިލުމަކީ ހެދުނުގޯހެއް! ވެކްސިންގެ ޢަދަދު ހާމަނުކުރުމަކީ ހެދުނު ގޯހެއް! ވެންޓލޭޓަރުމައްސަލާގައި ޕީޖީ ދަޢުވާނުކުރުމަކީ ހެދުނު ގޯހެއް! ދައުލަތުގެ މާލިއްޔާ ވަކިބަޔަކަށް ބަހާލުމަކީ ހެދނު ގޯހެއް! މިނޫންކަމެއް އެބައޮތްތަ؟

    34
    • މުއްލާ

      އަދި ބައިވަރު އެބައޮތް. ދީނައް ފުރައްސާރަކުރި މީހުންނާ ފިޔަވަޅެއް ނޭޅުމާއި، ރަސޫލާއަށް ޖޯކުޖެހި މީހުންނަށް ހިމާޔަތް ދެވުމާއި، ވަޢުދު ނުފުއްދުމާއި، ރައްޔިތުން ލޮކްޑައުން ކޮށްފަ ބޮޑެތީން ޕާޓީބޭއްވުމާއި، ސަރުކަރުގެ މިނިސްޓަރުން މުވައްޒަފުންނަށް ޖިންސީ ގޯނާކުރުމާއި މިހެންގޮސް .. އަދިވެސް.. އަދިވެސް ގޯސްތައް ވަނީ ސޭލް އަޅުވާފަ..

      9
      1
  8. ރީތި މޫސަ

    ހުރިހާކަމެއްވެސް ކުރަނީ ތިހެން ބަލަނީ އޮޅުވާލެވޭތޯ

    21
  9. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ހުރިހާ ކަމެއް ވެސް އިބޫ ގެ ސަރުކާރުން ކުރަނީ ގޯހަށް. އެތައް މިލިއަނަކުން މިމީހުން ގެ ބައިވެރިންނަށް ބަދަލު ދީފާ ބުނީ ޢަދަދުތަކެއް ނޭންގެއޭ. ވެކްސިން ގަތް އަގު ވެސް ބުނެއެއް ނުދޭ. 300 އިންޑިއާ ރުފިޔާ އަށް ޑޯޒް އެއް ލިބޭ. މިއަށް ވުރެ ބޮޑު ޙަރަދެއް ކުރިތޯ އިދިކޮޅު ޕާޓީ އިން ބެލުމަށް ގޮވާލަން. މިހާރު އިބޫ އަށް އިތުބާރެއް ނެތް. ވެންޓިލޭޓަރުން ވައްކަން ކުރީމާ!

    24
    • މުބީނު މާރނީ

      ބަދަލު ދިނީ ކިތައް މިލިއަނަކުންތޯ ބަލާ، އިދިކޮޅު ޕާޓީ ގެ މަރުކަޒުގެ ބޭރުގައި (ބިލްބޯޑެއްގެ ސިފައިގައި) ބަހައްޓަން ފެނޭ.

      16
      1
    • އިދިކޮޅު

      އިދިކޮޅު ޕީޕީއެމް އަށް މެޖޯރިޓީ ދީބަލަ، ޕާރޓީ މެމްބަރުންގެ އަދަދު އިތުރުކޮށްދީބަލަ އޭރުންދޯ ސަރުކާރު ޒިންމާދާރުކުރުވޭނީ

      7
      1
  10. ރާކަނި

    މަބްރޫކޫ. ކޮންކަމެއްތޯ މިހާތަނަށް ރާނގަނޅަށް ކުރެވިފައޮތީ މިސަރުކާރަށް. އޮޅުވާލައިގެން އައި ބަޔަކަށް ވާނީތިޔަ ވަރު.

    22
  11. ޢިބްރާހިމް

    ތިޔަވީ ދެން. އެންމެން ދެން ބާރަށް އަތް ޖަހާ. އާމިނިސްޓްރީ އެއް ހަދާ ދެން ވެކްސިން މިނިސްޓްރީ ކިޔާފަ. އެތަނަށް ވެސް ލާ ބުރާން ޗޯއެއް

  12. ބަރުގޮނު

    ހެޔޮވެރިކަމެއް ކޮށްދެނީއޭ ... ދެފުށް ފެންނަގޮތަށްނޫނީ މިސަރުކާރުން އެއްކަމެއްވެސް ނުކުރާނެޔޭ ކިޔާ ރަޢިއްޔަތުންނަށް ތިއްތި ދައްކަން އުޅެނިކޮށް ތިއޮއް މުންޑު ވެއްޓުނީ. ވެކްސިން ގެ ސުޓޮކް ބެލެހެއްޓުމާ ވެކްސިން ޖެހުމުގެ އިންތިޒާމްވެސް ފޭލްވެ ކޮވިޑް ބޮޑުރާޅަކަށް ވީމާ ކުކުޅަކު ހުރީ އެއް ފައި ކަމަށް ބެލެވުމަކީ ހެދުނު ގޯހެކޭ ބުނީމާ މިއަދު އުފަންވާ ތުއްތު ކުއްޖާވެސް އެކަމާ ހޭނެ.

  13. ފާހިދު

    ކީއްވެ އެހެން ހެދީ ! މިހާރު ފުރަތަމަ ޑޯޒު ޖެހި އެއްބަޔަކު ދުވަސް ހަމަވެ އަލުން ފުރަތަމަ ޑޯޒު ފުރިހަމަ ކުރާން ޖެހޭނީ. މީ ކިހާ ބޮޑު ކަމެއްތަ ދެން ! ފަހުން ވާނެ ގޮތަކާ މެދު ނުވިސްނަންޏާ އިސްތިއުފާ ދެއްވައިފައި ގެއަށް ގޮސް ތިބޭ

  14. އަނގަ

    މަބްރޫކު އަނގައަކުން ނާރާނެ.

  15. ކިއުންތެރިޔެއް

    އަހަރެން ގަޔައް ވެކްސިން ފުރަތަމަ ޑޯޒް ( ކޮވިޝީލްޑް ) ޖެހިތާ ދުވަސް ހަމަވެ ދާއިރުވެސް ދެވަނަ ޑޯޒް ނުޖެހޭ (އެޕްރިލް 28 ) އަށް ދުވަސް ހަމަވެ ނިމިގެން ދިޔައީ.