ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ނުރައްކާ ބޮޑު ވަމުން އަންނަ އިރު، މީގެ ކުރިން ދިވެހި ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ ސީރިއަސްކަން އަނެއްކާ ވެސް ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މި ގޮތަށް ވިދާޅުވެފައި މިވަނީ، މުޅި ރާއްޖޭގައި ބަލިމަޑުކަން ފެތުރެމުން އަންނަ އިރު، މިދިޔަ ތިން ދުވަހުގެ ތެރޭގައި 1،500 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައި ވަނިކޮށެވެ. އިއްޔެ އެކަނި ވެސް 600 މީހުން ބައްޔަށް ފައްސިވެފައިވެއެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ކުރިން ބަލި ކޮންޓްރޯލް ކުރެވިފައި ވަނީ ރައްޔިތުން އެ ކަމަށް ސަމާލު ކަން ދީގެން، ބަލައިގެން އުޅުމުން ކަމަށެވެ. އެހެންވިޔަސް ފަހަކަށް އައިސް ކަންކަން ދޫކޮށްލެވި ކަން ފަސޭހަ ކުރެވިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ހޮސްޕިޓަލް އެނދުތައް ފުރުން މިއީ ރަތް ސިގްނަލްއެއް، އަނެއްކާ ވެސް ކުރިންހެން ސީރިއަސް ވާން ޖެހިއްޖެ،" އެމްޑީޕީގެ އެ މެންބަރު ކުރެއްވި ޓްވީޓްގައިވެއެވެ.
Kurin ves bali control vefa othee rayyithun ekamah samaalukan dheegen varah balaigen ulhumun. Miadhu mivanee ekankan dhookollevifa kanfaseyha kurevifa. Hospital bed thah furen feshikan mee raiy signal eh. Anekkaa ves kurin hen serious vaan jehijje!https://t.co/bV9MKPPu7k
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) May 5, 2021
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ހާލަތު ވަރަށް ބޮޑަށް ބޮއްސުން ލައިގެން ދިޔައިރު، ޚާއްސަ ހުއްދައިގެ ދަށުން ދައުލަތުގެ ބައެއް ރަސްމިއްޔާތުތަކަށް މުއައްސަސާތަކާއި ވުޒާރާތަކުގެ ގިނަ ބަޔަކަށް ދެވޭ ގޮތަށް ހަމަޖެއްސުމުން އަތޮޅުތެރެއަށް ބަލި ފެތުރިގެން ދިޔައެވެ. އަދި ކަރަންޓީނު ވުމެއް ނެތި، ޓެސްޓް ކުރުމެއް ނެތި އިންތިޚާބުގައި ވޯޓް ލެވޭ ގޮތަށް ކަނޑައެޅުމުން، އިންތިޚާބުގައި ކުރި ދަތުރުތަކުން ވެސް ބައެއް ރަށްރަށަށް ބަލި ފެތުރިގެން ދިޔައެވެ.
ރައްޔިތުން ސީރިއަސްކޮށްފަ ކަލޭމެން ރާއްޖޭގެ އެތަންމިތަނަށް ނާޗަރަންގީ ދަތުރު، ކަލޭމެން ތިއުޅޭ ގޮތަށް އުޅެގެން ބައްޔެއް ކޮންޓްރޯލް ނުކުރެވޭނެ
ކަމަނާއަށް އަދިވެސް ގޯސްވަނީ ރައްޔިތު މީހާތޯ؟ ރައީސް ސާލިޙް އާއި ރައްޔިތުން ވެރިކަން ހަވާލުކުރެއްވީމަ ނަޝީދުގެ މޯހިރުން ނުނެއްޓެވި ސަރުކާރު ފެއިލްވާ ހިސާބަށް މިޔައީ އަދިވެސް ސީރިއަސް ވާންވީ ރައްޔިތު މީހާ؟
އަހަރުމެން ޗިލްކޮށް އުޅޭތީ ރޮޒޭނާ ޖޭ ނުވެބަދޯ 🙄
ކަލޭ ތިވާހަކަ ދައްކަން މާރީތި މީހެއް ނޫން. ރައްޔިތުން ބަލައިގެން އުޅެ ކޮންޓްރޯލް ވީމަ ކަލޭމެން މަޖިލީހުން ޚައްޞަ ހުއްދަ ހޯދައިގެން ގޮސް ރަށްރަށަށް މި ވައިރަސް ބަހާފަ، ކޮންޓްރޯލުން ނެއްޓީމަ އަނެއްކާ ރައްޔިތުން ބޮލަށް ކަނޑާނެ ކަމެއްނެތް. ލަދުހަޔާތެއްވެސް ނުހުރެއޭ ރައްޔިތުންގެ ޖީބުން ކަައިފަ، ނިދައިފަ، ވީ.ވީ.އައި.ޕީގަ ކޮވިޑް ބަހާފަ އައިސް.
އާ ކަލޭމެން ގޭގައި އޮތަސް ރުފިޔާ ލިބޭނެވިއްޔާ އެންވީމާ ހަމަ ރައްޔިތުންނަށް ދަތިކުރޭ
ބަލަގަ މަރުބީތާ ކޮބާ ތިޔަ ގަމާރުންގެ ޒިމްމާތައް ކުރާނެ ނުލުރާނެ ކަމެއްނޭނގި ކޮމްމެކަމެއް ސަލާމަތްނުވާހިސާބައްދިޔައީމާ ރައްޔިތުންނޭ ފަރުދީ ޒިމްމާއޭ ކިޔާފަ އެބަފެލޭ ފުރަތަމަ ސަރުކާރުގެ ޒިމްމާ ދެން ރައްޔިތުންގެ ޒިމްމާ ކަލޭގެ މާމެން ބުނާތީ އަޑުނާހަންދޯ ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުޑަ ސޯބުތައް އެނބުރޭނީ
ރޮޒޭނާމެން އެބަޖެހޭ ބަސްއަހާން ދަސް ކުރާން، މިހާރު މިހާލަތައްދިޔައީ ވޯޓް ހޯދަން ރަށްރަށަށް ދުވުނީމާ ، ވޯޓްލާން ގާތްވިގާތްވިހެން ގްރޫޕް ހަދާގެން ސަރުކާރުން ބޮޑުފޮތޯނަގަން މީހުންތައް ގޮވާގެން ދުވުނީ މިހާރު ރައްޔިތުން ބޮލަށްމި ކަން ކަޑާނެ ކަމެއްނެތް ފިލާތިބެ ކުރާޓްވީޓަކުން މިހާރު ނުސިހޭނެ
މާ މަޝްހޫރުވާންވެގެން މޮޅުވާހަކަ ނުދައްކާ މަޑުން ހުރެވޭތޯބަލާވަލަ. ތީކީ ރައްޔިތަކަށް ހެޔޮއެދިގެން އުޅޭ އެއްނޫން. އަމިއްލައެދުމާއި ބޮޑާކަންދައްކަން އުޅޭގޮތެއް. މުޅި ޤައުމު ފިތުނަފަސާދައިގެ ތެރެއަށްވައްޓާލީ ކަލޭ.
ކުރިންހެން ސީރިއަސްވާންވީ ރައްޔިތުންނެއްނޫން. ކަލޭމެންކަހަލަ މޮޔައިން ކުރާކަންތައްތަކެއްގެ ސަބަބުން ގޯހުންގޯހައް ދިޔާމަ ތިއަޅުވަނީ ރައްޔިތުންގެ ބޯލުގަ. ދުނިޔޭގެ އެހެންގައުތަކުން އަމްލުކުރިގޮތައް އިންޑިޔާއައް ދަތުރުކުރާ ފުލައިޓްތައް މަނާނުކުރެވިގެން ތިއުޅެނީ ކޮންޑީލެއްދަށުންކަން ތަންކޮޅެއް ސީރިއަސްވެލާފަ ބުނެދީބަލަ؟
މީނަ ކައިރީ ބުނޭ މާ ބޮޑަށް ޖޭ ނުވާށޭ، ދެން ކޮންމެވެސް އެހެން ކަމަކާ އުޅޭށޭ
އަދިވެސް ރައްޔިތުންދޯ ސީރިއަސްވާންވީ..؟ ވާނެހައެއްޗެއްވީމަދޯ...؟ ސަރުކާރުން ބޭނުންހާ ކުޅިވަރެއް ކުޅެފައި އުޅޭނެގޮތަކަށް އުޅެފައި ރައްޔިތު މީހާގެ ބޮލުގައި ބަދުނާމް އަޅުވަންދޯ ތިޔަ އުޅުއްވަނީ... ހެޔޮވާނީ ކިހިނެއް.. ޤައުމު ޤައުމަކަށް ނެތް... އަދިވެސް ރައްޔިތު މީހާ ކއްވެރިކޮށް ބަޔާންތައް ނެރޭ .. ބިރު ގަންނުވާ.....
ސަރުކާރާ މަޖުލިސްމެންބަރުން ނުވާސީރިޔަސްއެއް ރައްޔިތުންވިޔަކަސް ކުރާނެ ފައިދާއެއްނޯންނާނެ
ބަލަ ރޮޒޭ ކަލޭމެންލަދުހަޔާތެއްނުގަނޭތަ؟ ކައުންސިލްވޯޓާހެ މޮޔަވެގެންގޮސް މިހާރު ރައްޔަތުންގެބޮލުގާއަލުވަން ތިޔަގެންދަނީ މިކަމުގާ ރައީސް ސޯލިހާ ކެނެރިގެނަޝީދު މައިމޫނާއާ މެންބަރުން އިދިކޮޅު ތިބީ ތަޅުލާފައި ިގައުމުހަލާކުމިވަނީ ސިއާސީ މީހުންނާހެދި އަދިވެސް އިންޑިޔާ ލައްޑޫ އެތެރެވުމެންހުއްޓުމެންނެތް؟ ހަމަޑޮލަރުބޭނުމި މާތް ކަލާކޯ މިގައުމު މިވެރިންގެ ކިބައި ސަލާމަތްކުރައްވާތޯ ރައްޔަތުް ދުއާކުރަމާހިގާ ވަރައްއަސަރާއެކު އދޭސްމިކުރަނީ މިގައުމުހަލާކު ވިޔަނުދީ؟؟
ރޮޒޭމެންތީ ރައްޔިތުންގެ މަންދޫބުން ތިމީހުން ނުވާ ސީރިއަސްއެއް ރައްޔިތުން ވާނެބާ؟
ގަމާރު މީހުންނަށް ވާނީ ތިޔަހެން އިންޑިޔާގެ ކަރަންޓީން މަރުކަޒަކަށް މިޤަވްމު ހަދާފަ ރައްޔިތުންގެ ކައްވަޅުތައް ކޮންނަށް ޖެހުނީމަ ރައްޔިތުންގެ ޒިންމާ ހަދާންކޮށްދޭން ލަދެއް ނުގަނޭތަ؟
އަދިވެސް ރައްޔިތު މީހާބާ ސީރިއަސް ވާންވީ. ތިޔަމަޖިލީހުގަ އިންނަމަމޮޅު ސީރިއަސް ކުރުވަބަލަ.
ޕާޓީގެ އެތެރޭގެ އިންތިޚާބު ނިމުނީތޯ ނުވަތަ ހޮވަން ބޭނުންވާ ވަކި ބަޔަކު ހޮވަން ވަކި ބަޔަކު ބަންދުކުރަނީތޯ
އޭރުވެސް އަދި ދެން ފަހުން ވެސް ރައްޔިތުން ސީރިއަސް ވެދާނެ، ތި މީހުންނަށް ސީރިޔަސްވާން ނޭގޭނީ، ކުރިޔަށް އޮތީ އެމް.ޑީ.ޕީގެ ކޮންގުރެސް ބަލަން މިތިބީ ކަލޭމެންގެ ގަންނަގަޑު، ތި ބައިގަނޑު ތީ ކޮވިޑް ވައިރަސް ދުނިޔޭން ފެނުނުތަނާހެން ބައެއް ޓީ ވީ ތަކުންނާއި، އިދިކޮޅުން އެވާހަކަ ދެއްކީމާ އެކަމާ ޖޯކުޖަހާ، އެ އީ ފިތުނައުފައްދަން ދައްކާ ވާހަކައެކޭ ކިޔާހެދި ބައިގަނޑު ދޯ
ކޮންމެފަހަރަކުވެސް ގޯސްކޮށް ކަމެ އްދިމާވާ އިރަށް ރަ އްޔިތުން މޮޑެގެންކާންވީދޯ
ޜައްޔިތުން ތިބެނީ އަބަދުވެސް ސީރިއަސް ވެގެން ކަލޭމެން ތިކުޅޭ ނާޗަރަންގީ ނިމެންދެން ބަލަބަލާ ، ބަލަގަ ރައްޔިތުން ގުބޯހައްދަން ނުޅެބަލް ކަލޭމެން ތިކުރާކަމެއް ކޮއްބަލަ .