ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުން ލަފާ ދެނީ މިހާރަށްވުރެ ފިޔަވަޅުތައް ވަރުގަދަކޮށް ބޮޑަށް "ބަންދުކުރަން" ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިހެން ވިދާޅުވީ ރޭ "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ މިހެން ވިދާޅުވިއިރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ހޯމަ ދުވަހު ވެސް ޑޮކްޓަރުން ވަނީ މާލެ ފުރަބަންދު ކުރަން ސަރުކާރަށް ލަފާ ދީފައެވެ. ނަމަވެސް އެލަފާ ސަރުކާރުން ގަބޫލެއް ނުކުރިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް މިހާރު ވެސް ސިއްހީ ގިނަ ޚިދުމަތްތެރިންތަކެއް ފައްސިވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ކޮވިޑް ބަލި މީހުންގެ އިތުރުން އެހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަހު ވެސް ނަރުހުން 12 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަން ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ސިއްހީ ހާލަތާއި ގުޅޭ ގޮތުން ވިސްނެވުމަށްފަހު ފިޔަވަޅުތައް އަޅަން ލަފާދެއްވާއިރު ޑޮކްޓަރުންގެ ލަފައަކީ އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް މީހުން އެއްވެ އުޅުން ކޮންޓްރޯލް ކުރުން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި ޑޮކްޓަރުންގެ ލަފައަށް ކަންކަން ނުނިންމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ލަފައާއެކު ވެސް ވާ ގޮތަކީ އެކި ލެވަލްގައި މަޝްވަރާކޮށްފައި ރޯދަމަސްވީމަ އެއަންނަ އާއްމުންނަށް ތަކުލީފުވުމާއި އެއީ އެކިލެވަލްގައި ނަގާ ޑިސިޝަންތައް އެހުންނަނީ. އެހެންވީމަ އޭގައި ހެލްތް މީހުން ވިސްނާ ގޮތާއި ތަފާތުވާނެ. އަޅުގަނޑުމެން ހުށަހަޅާ ފިޔަވަޅު މާދަން ވެސް ބަދަލުވެދާނެ. ހުށަހަޅާނީ ވީހާ ވެސް ހެލްތްއަށް ބަލާފައި. ތަންކޮޅެއް ބޮޑަށް ބަންދުކުރަން. ނޫނިއްޔާ މީހުން އެއްވާ ގަޑިތަކުގައި އެއެއްވުން ދުރުކުރަން. އެހެންވީމަ އެގޮތަށް އެއްކޮށް ނުނިމިދާނެ. އެއީ އެކި ލެވަލްގައި އެކި މީހުން ބަލާ ގޮތް ނޫނީ އިގްތިސާދީ އިޖްތިމާއީ މިކަންތަކަށް ބަލާފަ އޭތި ތަފާތުވެދާނެ. ފައިނަލްކޮށް އަންނަ އެތި. އިތުރަށް ސަކަރާތް ވަންޏާ ކޮންމެ ގޮތެއް ވިޔަސް އެ ސްޓެޕް ނަގަންޖެހޭނޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ބަލި މީހަކަށް ފަރުވާ ނުދެވިގެންދާތަން ދެކެން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނީ ހެލްތް ކެއަރ އަށް ކޮންޕްރަމައިޒް ނުވާ ނޫނިއްޔާ އަބަދުވެސް ބޭނުންނުވާނެ ދެން ދެކޭކަށް ބަލި މީހާއަށް ޚިދުމަތް ނުދެވި ދާތަނެއް. އެއީ ކޮވިޑް ބަލި މީހެއް ނޫނީ އެހެން ބަލި މީހެއް ނަމަވެސް. އެންމެން ޕޮޒިޓިވްވާއިރު ހެލްތް ކެއަރގެ ވެސް ވަރަށް މީހުން ޕޮޒިޓިވްވެގެން ނޫނީ ކަރަންޓީންގައި އެބަތިބޭ. އެހެންވީމަ ހޮސްޕިޓަލަށް ވެސް ދަތިތަކެއް އާދޭ ޚިދުމަތް ދިނުމުގައި. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ނަންބަރުތައް ދަށްކުރަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ 52 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެންނޫން ނަމަ ހާލަތު މިހާރު މާ ގޯސްވާނެ ކަމަށް ޑރ.ނަޒްލާ ވަނީ ލަފާކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު އިއްޔެ ވަނީ 6000 އަށްވުރެ އިތުރުވެފައެވެ. މިހާރު ކޮވިޑް ފެސިލިޓީ ވެސް ފުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތިންކު

  ޑޮކްޓަރުނަށް ވުރެ ބޮޑަށް ޕަބްލިކު ހެލްތު މައްސަލަތަކުގައި ބަސް ބުނަން ރަގަޅުވާނީ ޕަބްލިކު ހެލްތް ދާއިރާގެ އެކްސްޕަރޓުން. ޑޮކްޓަރުނަށް އެނގޭނީ ފަރުވާ ކުރަން. އެންމެ ކުޑަމިނުން ގޭގައި ތިބެގެން އަމިއްލަ އަށް ފަރުވާ ކުރާނެ ޕްރޮޓޮކޯލެއް ވެސް ދިވެހި ޑޮކްޓަރުންނަށް އިއުލާނެއް ނުކުރެވޭ. އިންޑިޔާގައި އެބުނަނީ ކޮވިޑް ޖެހުނީމާ އަވަހަށް އައިވަރމެކްޓިން ބޭނުން ކުރުމަށާއި ޑޮކްސިސައިކްލިން 100މގ ދެއިރު 5 ދުވަސް ވަންދެން ބޭނުންކޮށް ވިޓަމިން-ޑީ، ސީ އަދި ޒިންކު ނަގަން. މީގެ އިތުރުން 6 މިނެޓް ހިނގާއިރު ވަރު ބަލިވެ ނޭވާ ކުރުވާނަމަ އަވަހަށް ހޮސްޕިޓަލް އަކަށް ގޮސް އޮސިޖަން ސެޗުރޭޝަން ލެވެލް ޓެސްޓްކޮށް 94 އަށްވުރެ ދަށް ނަމަ އޮކްސިޖަން ލިބިގަތުމަށް. މިރާއްޖޭގެ ޑޮކްޓަރުން މި ކިޔަނީ އަބަދު ލޮކްޑައުންނޭ. ފެޓަލިޓީ ރޭޓް ރާއްޖޭގައި މިވަގުތު ހުރީ 0.24% ގައި މާނައަކީ މިބަލިޖެހިގެން ރެކޯޑް ކުރެވޭ މީހުންގެ ތެރޭން 99.76% މީހުން ރަގަޅުވެއޭ. އެއީ އުމުރުން ދުވަސްވީ މީހުން ވެސް ހިމަނައިގެން އަންނަ ޕަސަންޓެއް. ފުރަތަ ލޮކްޑައުން ގައި ކަންވީގޮތުން މިއަދު ދިވެހި ގިނަ ރައްޔިތުން ތި ޑޮކްޓަރުންނަކަށް އިތުބާރެއް ނުކުރޭ. އަމިއްލަ ތަޖްރިބާ އަކީ ވެސް ދިވެހި ޑޮކްޓަރުންނަކީ ވަރަށް ފަރުވާތެރިކަން ކުޑަ ބައެއް ކަން.

  8
  2
  • ހުސެންއަލީ

   ހެހެހެ. ފުރަތަމައަށްވެސް ބުނެލަން އޮތީ ވާހަކަ ދައްކާފައި އެޔޮތީ އިންފެކްޝަންސް އެކްސްޕާޓެކޭ އަދި ބުނަން ޑޮކްޓަރީ ކޯހަކީ ހަމައެކަނި ފަރުވާ ކިޔަވައިދޭ ކޯހެއް ނޫން. ބަލި ޖެހޭ ގޮތާއި، ބަލިން ރައްކާތެރިވާނޭ ގޮތާއި، ފަރުވާއާއި، ބޭސް މަސައްކަތް ކުރާގޮތާއި، ފަރުވާދޭގޮތާއި މިހުރިހާއެއްޗެއް ކިޔަވައިގެން ކޯހުން ފާސްވަނީ. ދެން ތިޔަ ދެއްކި ވާހަކައަކީ ނުރައްކާތެރި ވާހަކައެއް. ކޮވިޑު ޖެހޭއިރަށް އަމިއްލައަށް ޑޮކްސިސައިކްލިން 100މގ ފަދަ އެންޓިބަޔަޓިކެއް އަމިއްލައަށް ބޭނުންކުރަން ފެށުމަކީ އެންޓިބަޔަޓިކް ރެސިސްޓެންސް އަށް މަގުފަހިވާ ނުރައްކާތެރިކަމެއް. އަދި އެއީ އިންޑިޔާގެ ޑޮކްޓަރަކު މިހާތަނަށް އެއްވެސް ތާކު ބުނެފައި އޮތް ވާހަކައެއް ނޫން. އަނެއްކޮޅުން ޑޮކްސިސައިކްލިން 100މގ އަކީ ކުރީގެ ބޭހެއް މިހާރު ރާއްޖެއިން އާންމުކޮށް ނުވެސް ލިބޭނެ. ދެން ބުނަން ފެޓަލިޓީ ރޭޓު ދަށުގައި ހުރީ ބަލިޖެހޭ މިންވަރު މިހާތަނަށް ކޮންޓްރޯލުވެފައި އޮތުމުން މަދު ކޭސްތައް ރާއްޖޭގައި ހުރީމައި އަދި ހޮސްޕިޓަލް އައިސީޔޫގައި އެނދު ހުރީމައި. ވަކިވަރަކަށްވުރެ ބަލިގިނަވީމައި ހޮސްޕިޓަލުގެ އެނދުފުރި، ބޭސް ހުސްވެ، އޮކްސިޖަން ޑިމާންޑް ބޮޑުވެ ފެޓަލިޓި ރޭޓު ދާނީ ބޮމެއްހެން ގޮވައިގެން. އިންޑިޔާއަށް ވީ އެހެން. ތިޔަ ކަހަލަ ރޯނު އެދުރުންގެ ސަބަބުން މިގައުމުގައި މިބަލި މިފެތުރެނީ. ސޯ މަޑުމަޑުން ހުރޭ އިނގޭ

 2. ގަމާރުން

  ކަންކުރަންނޭގޭ ގަމާރުންނަކައް ނޫނީ މަކަރުންފުރިފަ ތިބި ރައްޔިތުންގެ ފައިސާއާއި މިގައުމުގެ ހަޒާނާއައް ފެންބޮވާގެންފަތިބި ބައެއްގެސަބަބުން މިހާގޯސްމިވީ. ފަތުރުވެރިންނޭކިޔާފަ އިންޑިޔާއިން މިޑްލްއީސްޓައް ދާ ކަރަންޓީނު ލޭބަރުން މުޅިގައުމައް ކަރަންޓީނަކާނުލާ ދޫކޮއްލާފަ ތިބުނަނީ ރައްޔިތުންގޭގަ ތިބޭށޭ. ބަލަ ދުނިޔޭ ގައުމުތަކުން ކަންކުރީމިގޮތައްތަ؟ ގައުމުގެ ރައްޔިތުން އެތިބީ މަސައްކަތުގަ. ގައުމައް އަންނަމީހުން ތިބުނީ ކަރަންޓީނުގަ. ގަމާރުންނޭ ބުނީމަ ބުނާމީހާގޯސްވަނީ

 3. އައިޝާ

  ކޮންމެ ގަވްމެއްގެ ރައްޔިތުންވެސް ހީކުރަނީ ކޯރވިޑް ގައި އެގަވްމަކަށް އެހާވަރު ނުވާނެކަމަށް ކަންނޭގެ.. އެހެން ފަރުވާ ކުޑަކޮށްލައިގެން އުޅެމުން ދަނިކޮށް އެހާލު ޖެހުނީމަ ކުރާނެ ހަމަ އެއްވެސް ކަމެއް ނޯވޭ.. ﷲގެ ހެޔޮ ރަޙްމަތް ފުޅުން އަހަރެމެން މިވަރަށް ވެސް މި ތިބެނީ.. އެކަމަކު މިވަރުވެގެން ދާއިރުވެސް ފަތިސް ނަމާދުގަ ޤުނޫތު ކިއުންވެސް ނުފަށާ އަދިވެސް .. ކީކޭތަ ހީވަނީ މިވެރިންތަކަށް..

  7
  1
 4. 2020 މީޑިއާ

  2020 ވަނަ އަހަރު އެޗް.ޕީ.އޭ މީހުންގެ ބަސް އަހައިގެން ރައްޔިތުން ތިބީ ފުރަބަންދުގައި އަތްދޮވެ އިތްދޮވެ. ނަމަވެސް ރައްޔިތުން ގެތަކުގައި ބަންދުގައި ބަހައްޓަކައި ގައުމުގެ އިސްމީހުން ތިބީ ނާޗަރަންގީ ކުޅުމުގައި.
  އަނެއްކާ ވޯޓަށް މުޅިގައުމު ހުޅުވާލީ. އެއަރ ޕޯޓް ހުޅުވާލީ. ރައީސް މީހާ އަކީ ފައްކާ ބުރާންޗެއް. ރޯން އެކަނި އޭނާއަށް އިގެނީ.

  14
  1
 5. ސަރީފް

  ޑޮކްޓަރުންނޭ!! ބަލަ ތިޔައީ މިހާރު ކޮވިޑް ބިޒްނަސް ފަށައިގެން އުޅޭބައެއް.. ކާކު ބުނެގެން މިތަނަށް ހައިރިސްކް ގައުމުތަކަށް ހުއްދަދިނީ.. ޑޮކްޓަރުންނޯ.

  • އާލިމް

   ޑޮކްޓަރުން ތަ ހުއްދަ ދިނީ؟