ކ. ހުރާ އިން ކޮވިޑް-19 އަށް ފައްސިވި އެންމެން ރަނގަޅުވެއްޖެއެވެ.

މިދިޔަ މާޗް މަހުގައި ހުރާއިން މީހަކު ކޮވިޑަށް ފައްސިވުމުން އެރަށް މޮނީޓަރިން ހާލަތަށް ގެނައުމަށްފަހު މިހާރުވަނީ އެރަށް އާންމު ހާލަތަށް ގެނެސްފައެވެ.

ހުރާއިން ޖުމްލަ ޖުމްލަ 1122 ސާމްޕަލް ނަގާފައިވާ އިރު އޭގެ ތެރެއިން 175 މީހަކު ކޮވިޑަށް ފައްސިވި ކަމަށް އެރަށުގެ ހެލްތް ސެންޓަރުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ގިނަ ރަށްތައް މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެެވެ.