ކަރަންޓީނުގައި ނެތް މީހަކު ފ.ނިލަންދޫން ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިންްއަށް ލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލް މެންބަރު އަބްްދުއްލަތީފް މުހައްމަދުު ވިދާޅުުވީ މިދިޔަ ހޯމަ ދުވަހު ނެެގި ސުންކެއް ވަނީ ކޮވިޑް-19 އަށް ވަނީ ފައްސިވެފައި ކަމަށެވެ. އެއީ އެއްވެސް ތަނަކަށް ފަހުގެ ތާރީހެއްގައި ދަތުރުކޮށްފައި ނުވާ މީހެއް ކަންް ފާހަގަކޮށް އޭނާ ވިދާޅުވީ އެރަށް މޮނިޓަރިންނަށް ލާފައި ވަނީ އިއްޔެ ކަމަށެވެ.

އަބްދުއްްލަތީފް ވިދާޅުވީ ފައްސިވެފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މިހާރު އަންނަނީ އޭނާ އާއި ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތްް ކުރަަމުން ކަމަށެވެ.

އެ ރަށް މޮނީޓަރިންއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ނިލަންދޫ ވަނީ މީގެ މަހެއްހާ ދުވަސް ކުރިންވެސް މޮނިޓަރިންއަށް ލާފައެވެ. އެފަހަރު މޮނިޓަރިންނަށް ލާފައި ވަނީ ކަރަންޓީނުގައި ހުރި މީހަކު ފައްސިވިއިރު، ކަރަންޓީނުގައި ނެތް މީހަކާ ކޮންޓެެކްޓު ވެފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު