ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެ ކަން ކުރާނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ތާއީދު ވެސް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ރޭ ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ފެށުނީއްސުރެން ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރަކީ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން މި ވަނީ އަނެއްކާ ވެސް އެ މަސައްކަތް ފަށްޓަވައިފައެވެ.

"ސީއެންއެމް" ގެ ޓީވީ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން ރައީސް ނަޝީދުގެ އެންމެ އަރިސް އެކަކު ކަމުގައިވާ މެންބަރު ޙަލީމް ވިދާޅުވީ ކޯލިޝަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައަކަށް ވާތީވެ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ތަންފީޒު ކުރުމުގައި ކޮންމެ ސަރުކާރެއްގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ރިޔާސީ ނިޒާމެއްގައި ކޯލިޝަން ގާނޫނެއް ވެސް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ.

އެކަމުގެ އޮތް އެންމެ ރަނގަޅު ޙައްލެއްގެ ގޮތުގައި އޮތީ ބަރުލަމާނީ ނިޒާމު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެ ކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ކޯލިޝަނާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޙަލީމް މިހެން ވިދާޅުވީ މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް ޔާމީން ވާހަކަ ދެއްކެވި ކަން ފާހަގަކުރައްވަމުންނެވެ.

ޙަލީމް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ މި ދެކޭ ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ އެމްޑީޕީއިން ވަކާލާތު ކުރި ނިޒާމެކެވެ. އެހެންވިޔަސް އެ ނިޒާމު ގެނެވުނީ އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ފަދަ އިސް ލީޑަރުންގެ ތާއީދު ލިބިވަޑައިގެން ކަމަށެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމު ގެނައުމަށް ވެސް އެހެން ލީޑަރުންގެ ތާއީދު ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕީޕީއެމްއާއި ރައީސް ޔާމީންގެ ވިސްނުން ވެސް ހުންނާނީ ބަރުލަމާނީ ނިޒާމަށް. ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމެއް ގެނެވުނީ ވެސް ރައީސް މައުމޫންގެ ތާއީދު ލިބިގެން. ރައީސް ޔާމީންގެ ތާއީދު ލިބިގެން. ވަރަށް ބައިވަރު މީހުންގެ މަސައްކަތުން އެ ކަން ވެސް ކުރެވުނީ. މި ކަން ވެސް ކުރެވޭނެ." ޙަލީމް ވިދާޅުވިއެވެ.

ޙަލީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބަރުލަމާނީ ނިޒާމަށް މީގެ ކުރިން ލިބުނު ތާއީދަށް ވުރެ ބޮޑު ތާއީދެއް ދެން ނަގާ ވޯޓެއްގައި ލިބިގެން ދާނެ ކަމަށެވެ. ރައްޔިތުން މިއަދު ގިނަ ކަންކަން ނިންމަނީ ވިސްނުންތަކަށް ފަހު ކަމަށާއި ވަކި ފަރުދަކު އަންގާ ގޮތެއްގެ މަތިން ރައްޔިތުން ވޯޓް ނުދޭ ކަމަށެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވެސް ފެނިގެން ދިޔައީ އެމްޑީޕީއިން ގެނައި ޕާޓީ ނިޒާމަށް ރައްޔިތުން ވޯޓް ދިން މަންޒަރު ކަމަށް ޙަލީމް ވިދާޅުވިއެވެ. މި ގޮތުން ދާދި ހަމަހަމަކޮށް އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް ގޮނޑި ލިބިފައިވާއިރު ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މި ދެ ޕާޓީއަށް ކަން ޙަލީމް ފާހަގަކުރެއްވިއެވެ. އަދި ޕާޓީ ނިޒާމެއް ރަނގަޅަށް ތަންފީޒު ވާނީ ވެސް ބަރުލަމާނީ ނިޒާމެއްގައި ކަމަށް ޙަލީމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމްޑީޕީގައި ނިޒާމުގެ ކަންކަމާ މެދު ޚިޔާލުތައް ވަނީ ދެކަފިވެފައެވެ. ބައެއް މެންބަރުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ކުރައްވާއިރު، ބައެއް މެންބަރުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރައްޔިތުން

    ބަރުލަމާނީ ނިޒާމަށް މަރުހަބާ !

    5
    98
    • ފީބިލަތް

      ދޮން ބިލަތެއް ފީ ބިލަތެއް ކިޔާނެކަމެއް ނެތް. ކަލޭމެން ބޭނުންހާ ކަމެއް ނުކުރެވޭނެ

      12
  2. ރަސްގެފާނު

    މިނަށްވުރެން އަނގަބޮޑު ކުރަންޏާ އެއްޗެއްބޯންދެވިދާނެ !! އަލިފު ހާ

    85
    1
  3. ގލޅ

    ބަރުލަމާނީ ވާހަ ކަ ފެސުމުގެ ކުރިން ރ ޔާމީން މިނިވަން
    ކުރަން ޖެހެއެވެ އަދި އެމަނި ކުފާނުގެ މަޝްވަރާގެ މަތިން،
    ނިޒާމުގެ މައްސަލަ ކޮޅެއްގައި ޖައްސަން ފަސޭހަވާނެއެވެ

    71
    7
  4. Anonymous

    ނަޝީދު ބުނީ ދެން ހިނގަންވާނީ ދެއަތްވެސް ޖަްްސައިގެން ޖަނާވާރެއް ހެނޭ. ދޮންބިލެތްބުނީ، އާދެ މަސާހިބާއޭ! ލައްކަ ފައިސާ ދިނޭ. ފަގީރަކަކަށް ހުއްޓަ ވަރމިލިއަން ކިޔާ މިލިއަން ޑޮލަރުގެ ކުންފުންޏެއްހެދި. ދޯންޏެއްނެތި ފެރީ ސަރވިސް ދޭން އެގްރީމެންޓް ހަދާ ޚިދްމަތްނުދީ ބަދަލުގެ ގޮތުގައި ދައުލަތް އެކީދިން. ވަކަރުގޭގަ ވޮށިފިލާ އަޅައިގެން ވެސް އަލިފެއް ބާއެއް ނޭނގި ހުއްޓަ ގާނޫނު ހަދާމަޖިލިހުނ 82 ހާސް ރުފިޔާގެ މަހު މުސާރަ ލިބޭނެހެން ވޯޓު އޮޅުވާލައި މެންބަރަކަށް ހަމަޖައްސައިދިން. ދެން މީހާ ކައްވަޅުގަ އޮއެފަވެސް ނަޝީދުގެ ބަރުލަމާނީއަށް އާބަސް ގޮވަން ތެދުވާނެނޫންތަ.

    57
  5. މާމިގިލީ މީހާ

    ކަލޭ ޔާ ކަލޭގެ އަންހެނުން ވޯޓް ދީގެން، ބަރުލަމާނީ ނިޒާމް ތިޔަ ގެޔައް ގެންނާނީ. މިގައުމަކަށް ބަރުލަމާނީ ނިޒާމް ގެންނާކަށް ރައްޔިތުންނެއް ނުދޭނެ ވޯޓެއް. މަވެސް ނުދޭނަން. މިސަރުކާރު ހޮވުމައް ވޯޓް ދިނުމަކީ، ރާއްޖެތެރޭ މީހުންނައް ހެދުނު އެންްމެ ބޮޑު ގޯސް. އޭގެ ހަދިޔާއެއްގެ ގޮތުން ސަރުކާރުން ރާއްޖެތެރެއަށް ކޮރޯނާ ބަލި ފޮނުވާލީ. މިހާރު ސަލާމަތް ނުވެފަ، ރާއްޖެތެރޭ މީހުން، މިތިބީ.

    58
  6. ވެރިން

    ތީގެ މާނަޔަ ކީ ތިމައްނަމެން ރައީސް ޔާމީން މިނިވަން ކުރާނަމޭ ކިޔާއިގެން ޕީޕީއެމް އާ ޑީލް ހަދާނެ ވާހަކަތޯ، ރައީސް ޔާމީން އެމްޑީޕީ އާ އެއް ކޮށް އެއްވެސް ޑީލެއް ނަހަދާނެ އަދި ޕީޕީއެމް ދުވަހަކުވެސް ބަރުލަމާނީ ނިޒާމަށް ތާއިދެއްވެސް ނުކުރާނެ

    57
    1
  7. ޙަބޭ

    އިންޝާ ﷲ ތިކަމެއް ނުވާނެ. މަކަރުވެރި ހީލަތައިގެން މި ދައުލަތް ހިންގަން އިތުރަށް އުޅޭނެކަމެއްނެތް. އިނަފް އިޒް އިނަފް

    51
    1
  8. ބުރާންތިސް

    އަޅުގަނޑުމެންގެ ލޯބިވާ ކުޅާދާނަ ލީޑަރ ރައީސް ޔާމީންގެ ނަން ނުގެނެސް ތިއިންޓަރވިއުވެސް ނިންމާނުލެވުނު ދޯ.
    ހަގީގަތަކީ ޔާމީންނަކީ ޖަލުގައިވެސް ކެތްކޮށްލެވޭނެ ހިތްވަރުގަދަ ބޭފުޅޭއް.
    ނުހައްުގުން ކުރި ހުކުމެއްގައި އެމަނިކުފާނު ޑީލެއް ނަހައްދަވާނެ.
    ރައްޔިތުންތިބީ އެމަނކުފާނުގެ ތަރައްގީދެކެ ހިތްހަމަ ޖެހިފައި.

    46
  9. މައިނާ

    ކަލޭހީކުރީ ރައްޔިތުން މިތިބީ ނިދާފަކަމަށްދޯ؟ އެއްގޮތަކަށްވެސް ކަލެޔާ އާބިދާގެ މުޙައްމަދާ ގެންނަންތިޔައުޅޭ ނިޒާމެއް މިދިވެހި ފަސްކަޑަކަށް ދެނެއް ނުވިކޭނެ. މީ ވަރަށް ވާހަކަ.... މުޅިގައުމުގަ ބޮޑުހުޅުޖަހައިގެން ބޮޑު ބޯޅަ ތަޅާފަ ކުރީގަ ރޭޑިޔޯ އަޑުއަހައިގެން ދޮންބިލެތައް ދާއީދެއް އޮތަކަސް މިހާރު ތިޔަކަމެއް މިރާއްޖެއަކު ނެތް. ކަލޭ އެއްގޮތަކަށްވެސް ހީނުކުރާތި ޕީޕީއެމް ޕީއެންސީގެ ތާއިދު ލިބޭނެ ކަމަކަށް... ހަމަހިލާ ތިކަމެއްނުވާނެ. ކަލޭމެން ހޯދާ މައުމޫނުގެ ތާއީދު... ތިޔަކޮޅުން ވައިޖެހެއްޏާ ފަހަރެއްގަ އޭނާޔާ ނާދިރާގެ ތާއީދު ލިބިދާނެ ތޯއްޗެ.. .....

    38
  10. ވިސްނާލުމަށް އެދެމޭ

    ހޯހޯހޯ ކަލޭމެން ބޮޑުވަޒީރަށް ވެރިކަންދޭން ޕޕމ އިން ބަރުލަމާނީ ގެންނަން މޑޕ ޕޕމ އާ އެ އްބަ އި ކުރުވާނެކަމެނެތް...ޕޕމގެ ލީޑާރޝިޕުން މިފަދަ ޅަ އެ އްޗެ ނާޅާނެކަމަށް ހީކުރަން..ރަ އްޔިތުންގެ އިހުސާސްތަ އް އެގިތިބެ ރަ އްޔިތުންގެ ނިންމުންތަކާ ދެކޮޅު ކަމެ އް ނުކުރުމަށް އެދެން...ޕޕމގެ ނިންމުން ސާފުކޮށް އި އުލާނު ކޮ އްފަވަނިކޮށް އިތުރު ގޯހެ އްނުހަދާތި..ރޔާމީނަކީ ރަ އްޔިތުންނާ ގަ އުމު ގުރުބާންކޮ އްފަ އަމި އްލަ މިނިވަކަން ހޯދާނެ ބޭފުޅެނޫން.. އެ އަށްވުރެ ގަޓްހުރި ގަޓް ރަ އީސެ އް އެ އީ.،

    38
  11. ހުސޭނުބޭ

    ކޮންމެވެސް މީހަކު މީނަގެ ބޮލަށް ބޭސްކޮށްދީބަލަ!

    40
    1
  12. Happy 123

    ބަރުލަމާނީ މާ ބެސްޓް.. ރިޔަަސީ ނިޒާމް ފެއިލްވެއްޖެ!!

    4
    52
  13. އާދަމުގެދަރި

    ތިޔަހެން ވެއްޖިއްޔާ ތިޔަ ޕާޓީން ރައްޔިތުންނަށް ވީ ބޮޑު ވައުދު އުވި، ޔާމީން ހުންނާނީ މިނިވަންކަމާއެކު ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި.

    36
  14. Happy 345

    ޢިބޫ ފެކްޝަނުން އެއްބާރު ނުލިބުނަސް މިކަންކުރެވޭނެ!! ބަރުލަމާނީ މާރަގަޅޭ!! 👌👍

    4
    45
  15. ކާފަ

    ގުއި އަނގަ ނުތަޅާބަަލަ.. ކިތައްމެ ބޭނުންވިޔަސް ބުއްޅަަބޭއަކަަށް ދެން ވެރިކަމެއް ނުލިބޭނެ.

    47
    1
  16. ހަސަދު

    މެންބަރު އަހުމަދޫ ގޯލް ނުޖެހިގެން މިއުޅެނީ ނިޒާމާ ހެދި އެއް ނޫނޭ. ގިނަމީހުން ވަގުންނަށްވެ، ޒިންމާދާރު ކަންކުދަވެގެނޭ.

    32
  17. ޖޯން

    ކަލާމެންގެ އެކަނި ތަރިކަ މުދާ ކަމައް ހަދައިގެން ނޫޅޭ މިހިރަ ބިލަތާ މިއީ އަހަރެމެންގެ ވެސް ގައުމު ވަރައްސަލާމް.

    25
    1
  18. އިބްރާހީމް

    ރައީސް ޔާމިން ބަރުލަމާނީ އޭ ހިތަށް އަރުވާލިޔަސް ރައްޔިތުން ކުރާ ތާއީދު އަބުރާލާނެ. ހޭޖެހޭ މީހަކު މިޤަވްމު ބަރުލަމާނީ ކުރާކަށް އާބިދާގެ މުޙައްމަދާއި ބައިޢަތެއް ނުހިފާނެ.

    28
    1
  19. އަބްދޫ

    ތިޔަކަމެއްނުވާނެ.

    20
    1
  20. ފީބިލެއް

    ބަލަމިކަލޭގެ ޤާނޫނުހަދާ މަޖްލިހުގެ މެންބަރުކަން ކުރާއިރު
    މިކަލޭގެޔައް އެނގޭބާ ޤާނޫނުގަ ލިޔެފައޮތްއެއްޗެއް ގާނޫނުގެ ކޮންތަނެއްގަބާ ލިޔެފައޮތީ ވެރިކަން ކުރަންޖެހޭނީ ކޯލިޝަން ސަރުކާރަކުންނޭ ކޯލިޝަން ހަދަނީ ތިމަންނަމެން ވެރިކަމައް
    އަންނަންވެގެން ބޭނުންވާވަރައް ތާއީދު ނުލިބޭތީ އެވެސް ގާނޫނާ ޚިލާފައް ވެރިކަން ކުރަންވެގެން

    13
  21. ޢަލިބެ

    މި މީހުން ބަރުލަމާނީއޭ ކިޔައިގެން މި އުޅެނީ ރިޔާސީނިޒާމެއްއޮވެގެން ރައީސް ނަޝީދަށް ރައީސްކަމުގެ މަޤާމަށް ރައްޔިތުން ވޯޓުލައިގެން ނާދެވޭނެކަން އެނގޭތީ. ތިބުނާ ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންނަކީ މިރާއްޖޭގެ ހުރިހާކަމެއް ވަކިގޮތަކަށް ބައްޓަންކުރަން ތިބޭބައެއްނޫން. މުސާރަ ލިބެންވާވަރުވެސް އަމިއްލައަށް ކަނޑައަޅައިގެން މަހަކު 82000 ރުފިޔާ ރައްޔިތުންގެ ފައިސާއިން ނަގައިގެން އުޅުނަސް ހިތުހުރިހައިކަމެއް ކުރެވޭނެއޭ ހީނުކުރާތި.

  22. ނައްސި ބައްޓި ކެއްސި

    ކަލޭގެ ފުލަށް ބަރުލައިގެން އުޅެބަލަ.

  23. ފޫހި

    ކަލޭމެން ކަހަލަ ޖާހިލުންނަށް މިނިސްޓަރުކަން ލިބޭނެދޯ އޭރުން. ޔާ ﷲ މިނުބައި ބައިގަނޑުގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި.

  24. އަބޫ

    ރަށްޔަތުން ކުރިންވެސް ނިމާފަވަނީ ބަރުލަމާނީ ނިޒާމް ބޭނުންނޫކަމަމް މިރާޖޭގައި އިރާދައްކުރެވީޔާ އަބަދުވެސް އޮންނާނީ ރިޔާސީ ނިޒާމް

  25. ސުމާ

    ކަލޭ ބޮޑުވަޒީރަކަށް އަންނަންޏާ މިތިބީ ބަރުލަމާނީ ގެންނަން ހިތާ ރުހުމުން ވޯޓް ދޭން.މިކަހަލަ މީހުން މަޖިލިހަށް ވައްދައިގެން ގައުމު މިއޮތް ފުޑެނީ. ކީއްކުރާނީ ދޯ.