ފ.އަތޮޅު ފީއަލިން އިތުރު 31 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ 43 އަށް އަރައިފިއެވެ.

ފީއަލުން ކަރަންޓީންގައި ނެތް ހަތަރު މީހަކު ކޮވިޑަށް ފައްސިވީ މިމަހުގެ 02 ވަނަ ދުވަހު އެވެ. ކަރަންޓީންގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.

ފީއަލީގައި ކޮވިޑް ފެތުރެން ދިމާވީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް މީގެ ހަފްތާއެއް ކުރިން އެރަށުން ވަނީ ކަރަންޓީންގައި ތިބި އަށް މީހަކު ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު އަތޮޅުތެރެއިން ފައްސިވާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެ އިން ކޮވިޑް ފެނުނުތާ އަހަރެއްހާ ދުވަސް ފަހުން އަތޮޅުތެރޭގެ ހާލަތު މިހައި ވަރަށް ގޯސްވާން މެދުވެރިވި އެއް ސަބަބަކީ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބަށް އެޗްޕީއޭ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަޒާ

  ފީއަލީގައި ކޮވިޑް ފެތުރެން ދިމާވި މައިގަޑު ސަބަބަކީ އިންތިހާބައް ދޫކޮށްލި ދޫކޮށްލުމާއި ކެންޕެއިން ތެރޭގައި ފީއަލީގައި ހުޅުވި ކުޑަކުދިންގެ ޕާކު ހުޅުވުމަށް އެދުވަހު ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެތާއި ފެނަކަގެ އެމް.ޑީ މާލެއިން ފީއަށްޔައް އައިސް އެ ރަސްމިއްޔާތުގައި ބައިވެރިވުމެވެ.

  6
  1
  • ސިނާނު

   އެހެން ވެއްޖީޔާމުން ކިއްވެގެން ދޮންބިލެތާ އެހުރިހާ އެންމެން ނެގެޓިވްވީ. ތި ތާކުންތާކުން ނުޖެހޭ ވާހަކަ ނުދައްކާ ހުރެބަލަ. އަސްލު ސަބަބަކީ ރާނިޔާ ކިޔާ މީހެއްގެ މައްސަލަ، ކަރަންޓީންގަ ހުރެފަ ނުކުތީ ކިހިނެށް ވެގެން.

   4
   3
 2. ސިނާނު

  އެހެން ވެއްޖީޔާމުން ކިއްވެގެން ދޮންބިލެތާ އެހުރިހާ އެންމެން ނެގެޓިވްވީ. ތި ތާކުންތާކުން ނުޖެހޭ ވާހަކަ ނުދައްކާ ހުރެބަލަ. އަސްލު ސަބަބަކީ ރާނިޔާ ކިޔާ މީހެއްގެ މައްސަލަ، ކަރަންޓީންގަ ހުރެފަ ނުކުތީ ކިހިނެށް ވެގެން.

  2
  3
 3. އަބުޅޯ

  ރާއްޖެ ތެރޭގައި ކޮވިޑް ފެތުރެނީ ކޮވިޑް ޖެހޭ މީހާ އާއިލާއިން ވަކިކޮށްނުލާ ގޭ އެންމެންނާއެކު ގޭގައި އުޅެން އޭނާ ބަހައްޓާފައި ހުންނާތީ. ދެން ފަހަރަކު މީހަކު އެ ގެއަކުން ޕޮސިޓިވް ވޭ. ކޮންމެ މީހަކަށް 14 ދުވަސް ޖަހަމުން ގޮސް މަސް ދެމަސް ވާއިރުވެސް ގޭ އެންމެން ބަންދުގަ ތިބެން ޖެހެނީ. އޭގެ ބަދަލުގައި، ސްކޫލް ކަހަލަ ތަނެއްގައި އެނދު އަތުރައި ތައްޔާރުކޮށް ޕޮސިޓިވް ވާމީހުން އޯޕަން އެއާގައި މާސްކް އަޅައިގެން ރައްކާތެރިކަމާއެކު އެތާ ބައިތިއްބައިގެން ޕާރުސަލްގައި ގެއިން ކާންގެނެސް ގޭއެންމެން ބަންދު ނުކޮށް މިކަން ކުރިއަށް ގެންދެވިދާނެ. ތިމާގެ ސަބަބުން ގޭ އެންމެންނަށް ކޮވިޑް ޖެހުމަށް ވުރެން 14 ދުވަސް ހަމަވެ ބަލިން ސަލާމަތް ވަންދެން އެތާ ކެއްކޮށްލުން މާ ރަނގަޅުވާނެ. ކޮލެރާއާއި ޝިގެއްލާގައި ގިނަ ރަށްރަށުގަ ކަންތައް ކުރީ މި ގޮތަށް. ކަންކަން ރާވާ ހިންގަން ނުކުޅެދޭ މީހުން ތިބީމަ މިނޫން ގޮތެއް ނުވާނެ.

 4. އަބުޅޯ

  ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. ދަންނައެވެ. އޮބި ނޯވެ ފުޅާވެ ބޮޑުވެ ފެތުރެމުން މިދަނީ އިލެކްޝަން ކްލަސްޓާ އެވެ.