މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ އިސްލާހު ކުރަންވީ ސަރުކާރުގެ ހާރިޖީ، ދާހިލީ، އަދި އިގްތިސާދީ ސިޔާސަތުތައް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި، ވަކިން ހާއްސަކޮށް މާލޭގައި ކޮވިޑްގެ ހާލަތު މި ވަނީ ރައްޔިތުންގެ "ފަރުދީ ޒިންމާ" އަދާކުރުމަކުން އެކަނި ހައްލުވާ މިންވަރަށް ވުރެ ގޯސްވެފައި ކަމަށެވެ. އަދި އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ސިޔާސަތުތައް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ކަން މިހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، ފަރުދީ ޒިންމާ އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން،" މުއިއްޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ކޮވިޑަށް ހާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ހާލަތު ވަރަށް ބޮޑަށް ބޮއްސުން ލައިގެން ދިޔައިރު، ޚާއްސަ ހުއްދައިގެ ދަށުން ދައުލަތުގެ ބައެއް ރަސްމިއްޔާތުތަކަށް މުއައްސަސާތަކާއި ވުޒާރާތަކުގެ ގިނަ ބަޔަކަށް ދެވޭ ގޮތަށް ހަމަޖެއްސުމުން އަތޮޅުތެރެއަށް ބަލި ފެތުރިގެން ދިޔައެވެ. އަދި ކަރަންޓީނު ވުމެއް ނެތި، ޓެސްޓް ކުރުމެއް ނެތި އިންތިޚާބުގައި ވޯޓް ލެވޭ ގޮތަށް ކަނޑައެޅުމުން، އިންތިޚާބުގައި ކުރި ދަތުރުތަކުން ވެސް ބައެއް ރަށްރަށަށް ބަލި ފެތުރިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕީޕީ ވޭރިއެންޓް

    ކޮބާ ޕާޓީކުދިން ލައްވަ މުޒާހިރާ އެއް ކުރުވަން ވީނު

    5
    16
  2. ޢަހޫ

    ކަލޭމެންގެ ވެ ރިކަމުގަ ހުޜިހާވައްކަމެއްކު ރަން ސިޔާސަތުތައް ބަދަލުކު ރިއި ރު އަތްޖަހަން ހުޜެފަ މިހާ ރުދެން އަނގަފުޅާކު ރާނެކަމެއްނެތް.

    3
    12
  3. ޙަހަހަހަހަހހަހަހ

    އެމްޑީޕީ ބައިގަނޑު މިއަދު ކީއްވެތޯ ޓްައަރިޒަމް ބޯއިކަޓް ކުރަން ނުނުކުންނަނީ! މީ ވަރަށް ރަނގަޅު ޗާންސެއް އެކަމަށް ބޭރުޤަައުމުތަކުގައި ހިނގަން

    10
    2
  4. ނަައީމް

    ދެން މިދިވެހި ރާއްޖޭގާ ވެރިކަން ކުރަަން އެންމެ ރަގަޅު ތާއީދު ލިބޭނީ މުއީޒައް ރައީސް ޔާމީން ފިޔަވާ

    14
    1
  5. ޢަތްޗީޑި

    ދެންވަގުން ނަކަށް ވެރިކަން ﷲ އިރާދައެއް ނުކުރައްވާނެ ނިމިދިޔަސަރުކާރުގަވެސް ގިރި ތަކާ ، ފަޅުތަކާ ވިއްކާލައިގެން ލާރިގަނޑު ކާލައިގެން އެތިބީ ކުރި ހުރިހާ ތަރަށްގީ އަށް ލޯނުދައްކަން މިސަރުގެ ބޮލުގައި އަޅުވާފައި