އޭއެފްސީ ކަޕްގެ މެޗްތައް ކުޅެން އިންޑިއާގެ ޓީމުތައް ރާއްޖެއަށް އައިސް ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސެމްބެ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރެމުންދާ އިންޑިއާއިން ޓީމުތައް ގެނެސް ދިވެހިންގެ ފުރާނައަށް ނުރައްކާވާނެ ކަން އެނގި ހުރެ ރާއްޖޭގައި ވެސް ހާލަތު ގޯސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި އެފަދަ ކަމެއް ދިވެހި ސަރުކާރުން ނިންމީ ކީއްވެގެންތޯ ސުވާލު ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
Why is the Maldivian government compromising lives of Maldivians’ and people living in Maldives by allowing teams from Covid19 worst hit country, India to come to Maldives at this moment? And that too, with “special” permits?
— Hussain Mohamed Latheef (@HucenSembe) May 4, 2021
ކޮވިޑުގެ ހާލަތާ ގުޅިގެން އޭއެފްސީން ރާވާ ހިންގާ މުބާރާތްތަކަށް ހަރުކަށި ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ. އެހެންކަމުން ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ މެޗުތަކަށް ވެސް މި ގައިޑްލައިނަށް އަމަލުކުރާނެއެވެ. މި ގައިޑްލައިނުގެ ދަށުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައެވެ.
މުބާރާތް ބާއްވާ ގައުމެއްގައި ޓީމުތައް ތިބެން ޖެހޭނީ ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައި ކަމާއި ޓީމުތަކަށް ހަމައެކަނި ބޭރަށް ނިކުމެވޭނީ ފަރިތަކުރުންތަކަށް އެކަނި ކަމަށް ގައިޑްލައިންގައި ވެއެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކުކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި ރެންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަން ކުރުމުގެ ހުއްދަ އޮންނާނެއެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާނީ މިމަހުގެ 11 ގައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 14 އިން 21 އަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް، އަދި އީގަލްސްއާއި ބެންގަލޫރުގެ މެޗުން މޮޅުވާ ޓީމެކެވެ.
އިންޑިޔާ ކުޅުންތެރީން އަރުވަންވީ ގދ. ފަރެސް މާތޮޑާއަށް
ޑިވެހި ޤައުމު މިއޮތީ ކޮވިޝީލްޑްގެ އަޅުވެތިކަމުގަ.