ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓް ސަރުކާރުން އިއުލާން ކުރިއިރު ފޯމް ނަމްބަރު ޖަހާފައި އޮންނަމަވެސް ފްލެޓް ލިބޭނެ ތަން ކަނޑައަޅަން ގުރުއަތުލާއިރު އައިޑީކާޑު ނަމްބަރު ކިޔާތީ އާއްމުންގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ރޭ "ސަންގު ޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދާއިމީ ލިސްޓުގައި ހުންނަނީ ނަމާއި ފޯމު ނަމްބަރު ކަމަށާއި ނަމަވެސް ގުރުއަތުލާ ލިސްޓުގައި ފޯމު ނަންބަރު ނުޖަހާ އައިޑީ ކާޑު ނަމްބަރު ޖެހުމުން ދާއިމީ ލިސްޓުގައި ނެތް ފަރާތަކަށް ފްލެޓު ދިނަސް އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"މިހެން ލިސްޓު ނެރުމުން ދާއިމީ ލިސްޓުގައި ނެތް ފަރާތަކަށް ފްލެޓު ދޭން ބޭނުންްވެއްޖެ ހާލަތެއްގައި ދެވޭނެ. ދިނަސް އެކަން ބެލޭނެ ގޮތެއް ނޯންނާނެ." މިދުއަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުރުލާ ލިސްޓުތައް ފޯމު ނަމްބަރާއި އެކު ނެރެން އާއްމުންގެ ޖަމިއްޔާ އިން ގޮވާލާ ކަމަށެވެ.
ހިޔާ ފްލެޓްތައް ލިބޭ މީހުންނަށް ފްލެޓް ލިބުނުތަނެއް ކަނޑައަޅަން ގުރުއަތުލާއިރު ދާއިމީ ލިސްޓްގައި ހިމެނުނު ބައެއް މީހުންގެ ގުރުއަތެއް ނުލައެވެ. އައިޑީކާޑު ނަމްބަރުތަކުގެ ތަރުތީބުން ގުރުއަތުލަމުން އައިނަމަވެސް އެތައް ބަޔަކު ވަނީ ގުރުއަތުނުލައި ދޫކޮށްލާފައެވެ. އެއީ ކީއްވެކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އާއްމުންގެ ޖަމިއްޔާ އިން ބުނާ ގޮތުގައި ދާއިމީ ލިސްޓްގައި ހިމެނި ފަރާތްތަކުގެ އިތުރު އަށް ކަމެއް ކަށަވަރު ކުރަން ފްލެޓް ކޮމެޓީން ހައުސިން މިނިސްޓްރީގައި އެދިފައި ވާތީ އެކަންކަން ކަށަވަރު ނުކުރެވޭ މީހުންގެ ގުރުއަތުލުން ކުރިއަށް ނުގެންދާ ކަމަށެވެ.
ފްލެޓް ކޮމިޓީން ބަލަން އެންގި ކަންކަން
01 ފްލެޓް ހަވާލުކުރާ އެއްވެސް މީހަކަށް މީގެ ކުރިން ސަރުކާރުން ހިންގި އެއްވެސް ހައުސިން ޕްރޮގްރާމަކުން ފްލެޓް ނުލިބޭކަން ކަށަވަރުކުރުން.
02 ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ އެކަކު ފްލެޓް ދޫކޮށްލާކަން ކަށަވަރުކުރުން.
03 ފްލެޓް ލިބޭ މީހާގެ މާލެއިން 600 އަކަ ފޫޓުގެ ބިމެއް ނުވަތަ ގޯއްޗެއް ނެތް ކަން ކަށަވަރުކުރުން.
04 އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންނަކީ ދަރިން ބަލާ ފަރާތްތައް ކަން ކަށަވަރުކުރުން. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ދޫކުރާ ފްލެޓްތަކުގައި އެ މީހަކު ދިރިއުޅޭނެތޯ ޔަގީންކުރުން.
05 ފްލެޓް ރަޖިސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ މީހާ ރަޖިސްޓްރީކުރުން.
06 ނުކުޅެދުންތެރިކަން ހުންނަ މީހަކާއި އޭނާ ބަލާ މީހަކަށް ވަކިން ފްލެޓް ލިބިއްޖެ ނަމަ އޭގެތެރެއިން އެކަކާ ފްލެޓް ހަވާލުކުރުން.
07 ދެމަފިރިން ފްލެޓަށް ކުރިމަތިލާފައި މިހާރު ވަރިވެފައި ތިބި ނަމަ ދަރިން ބަލާ މީހާއަށް ފްލެޓް ދޫކުރުން. ދަރިން ނެތް ހާލަތެއްގައި ފްލެޓް ދޭނީ ކާކަށްތޯ ކަނޑައަޅާނީ މިނިސްޓްރީން. ފްލެޓް ލިބޭ އަނބިމީހާ/ފިރިމީހާއަށް ސަރުކާރުގެ އެހެން ހައުސިން ސްކީމަކުން ފްލެޓް ލިބިފައިވޭތޯ ބެލުން.
08 ސިވިލް ސާވިސް ކެޓަގަރީން ލިބުނު މީހުން ވަޒީފާގައި ދެމިތިބިތޯ ބެލުން.
މިކަންކަން ބަލައި ނިމޭނެ ދުވަހެއް ހައުސިން މިނިސްޓްރީން ނުބުނެއެވެ. އެހެންކަމުން މިހާރު ގުރުއަތުނުލާ މީހުންގެ ގުރުއަތުލުން ކުރިއަށް ގެންދާނެ ދުވަހެއް ނޭނގެއެވެ.
ގުރުއަތުލަނީ އުސޫލާ އެއްގޮތަށް
މިދުއަމް އަކީ ބޮޑު ފިތުނައެއް...ޔާމީން ދައުރުއި ފުލެޓްދިނީ ހަމައެކަނި ފޯމްނަމްބަރު ޖަހައިގެން .ނަމެއް އަޑީކާޑް ނަމްބަރެއް އެއްވެސް އެއްޗެއް ނޭގޭ ގޮތަށް އަޑިއަޑިން ފާތުމަ އަދި މުއިއްޒު ބުނާހާބަޔަކަށް..
އާންމުންނޭ.... އޭނަ ގޭމީހުން އެކަނި އުޅެނީ އެ ޖަމުއިއްޔާގަ ހަމަ ދެ މީހަހު ކައިރި ވެލާފަ ޖަމުއިއްޔާއެކޯ ބޯހަލާކު
މުއްސަދިން ގެދޮ ރު ހު ރި މީހުންނައް ފްލެޓް ލިބުނަސް ކަލެމެން މެމް ޑީ ޕީ އައް ސަޕޯޓް ކު ރާ މީހުން ނައް ހަމަ ކޯކޭދޯ އެހެން ވެތާ ތިހެން ތިބުނަނީ މިހާ ރުވެސް ލިސްޓްގަ ތިބި މާފުށީ މީހުން އުލޭހާލެއް ބަލާލަބަ
މިސަރުކާރުން ކަންތައްތައް ކުރާނީ ރަނގަޅަށް ތިވެސް ޔާމިނު އަށް ބައިއަތު ހިފާޖަމުތްޔާއެއް އަނގަނުގަޅާ މަޑުން ތިބޭ
ކޮބައިތޯ ޓީޗަރުންގެ ފުލެޓް ލިބޭނެއޭ ކިޔާފަ މިހާރު ނުވެސްދައްކާ އެވާަހަކަ ރަށުގަ ބޮޑެތި ގެދޮރު ހުއްޓަސް އޯކޭދޯ އެއްއާއިލާއަކުން ކިތަންމެ މީހަކަށް ލިބުނަަަަާަަސް އޯކޭ ކޮބައިތޯ އިންސާަފަކީ މާލޭގައި ނޫލޭމީހުންވެަސް ފުލެޓް ހޯދި