ހއ. ދިއްދޫން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 33 އަށް އަރައިފިއެވެ.

ދިއްދޫން މިހާތަނަށް ނެގި ސުންކުތަކުގެ ތެރެއިން 155 ސުންކެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ދިއްދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. ދެން ފަހުން ފައްސިވެފައި ވަނީ އެ މިހާއާ ގާތުން އެއްތާވި މީހުންނާއި އަދި އެ މީހުންނާއި ގުޅުން ހުރި މީހުންނެވެ. އަދި ކަރަންޓީން ނިންމާފައި ޓެސްޓު ހެދި ތިން މީހަކުވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

އެރަށު ފެނުނު ފުރަތަމަ ވޭދަނައާ ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދިން މައުލޫމާތަށް ބަލާއިރު، އެރަށުން ކޮވިޑް ޖެހުނު ބައެއް މީހުންނަށް ކޮވިޑް ފެސިލިޓީތަކުގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ކޮބައިތަ އެއްކަލަ އަނގަ ޓިންޓިން.. ކުއްޅި ކުއްޅި ހަބަރެއްނެތްތަ؟؟؟