ލ. ފޮނަދޫ ރަސްމަގު ދޯނިން މަހަށް ދާ އިތުރު މީހެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އިއްޔެވެސް އެރަށުން ވަނީ އެ ދޯނިން މަހަށް ދާ މީހަކު ކޮވިޑަށް ފައްސިވެފައެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްުމުކުރި މައުލޫމާތުތަކަށްބަލާއިރު، މިއަދު ފައްސިިވި މީހާއަކީ އެރަށުން އިއްޔެ ފައްސިވި މަހަށްދާ ދޯނީގެ މީހާއާ ގާތުން އެއްތާވި މީހެއް ކަމަށެވެ.

އަދި އެ މީހާ ފައްސިވިއިރު، ހުރީ ކަރަންޓީންގައި ކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ބުނެފައި ވެއެވެ.

މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15 އަށް އަރާފައެވެ.

މިހާރު ލާމު އަތޮޅުގެ ގިނަ ރަށްތަކުގައިވެސް ކޮވިޑްގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން އެންމެ ގިނައިން ވޭދަނަތައް ފެނިފައި ވަނީ މާންދޫންނެވެ. އަދި ގަމުންވެސް ގިނަ ވޭދަނަތައް ފެނިފައިވާއިރު، އިސްދޫންވެސް މިއަދު 10 މީހަކު ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު