ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅޭ ގޮތުން ނައިބް ރައީސް ފައިސަލް ނަސީމް ކަމާއިބެހޭ އިދާރާތަކާއި އެކު މިއަދު ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައި ހުންނަ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ނައިބް ރައީސް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިތުރުން ފުލުހުންގެ އިތުރުން އެމްއެންޑީއެފްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން ވިދާޅެއް ނުވެއެވެ.

ކޮވިޑުގެ ވޭދަނަތައް އިތުރުވެ މިފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ރިކޯޑް އަދަދަކަށް މީހުން ދަނީ ފައްސިވަމުންނެވެ. މި ފަހުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 12 އިން ހަތަރަކަށް ދުއްވާ އެއްޗެހި މަނާކުރުމާއި، ސްކޫލްތަކާއި، ޕާކްތައް ބަންދު ކުުރުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. މިހާރު މި ފެންނަ އަދަދަށް ކޭސްތައް އިތުރުވަމުންދާނަމަ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބުޅޯ

    ރާއްޖެ ތެރޭގައި ކޮވިޑް ފެތުރެނީ ކޮވިޑް ޖެހޭ މީހާ އާއިލާއިން ވަކިކޮށްނުލާ ގޭ އެންމެންނާއެކު ގޭގައި އުޅެން އޭނާ ބަހައްޓާފައި ހުންނާތީ. ދެން ފަހަރަކު މީހަކު އެ ގެއަކުން ޕޮސިޓިވް ވޭ. ކޮންމެ މީހަކަށް 14 ދުވަސް ޖަހަމުން ގޮސް މަސް ދެމަސް ވާއިރުވެސް ގޭ އެންމެން ބަންދުގަ ތިބެން ޖެހެނީ. އޭގެ ބަދަލުގައި، ސްކޫލް ކަހަލަ ތަނެއްގައި އެނދު އަތުރައި ތައްޔާރުކޮށް ޕޮސިޓިވް ވާމީހުން އޯޕަން އެއާގައި މާސްކް އަޅައިގެން ރައްކާތެރިކަމާއެކު އެތާ ބައިތިއްބައިގެން ޕާރުސަލްގައި ގެއިން ކާންގެނެސް ގޭއެންމެން ބަންދު ނުކޮށް މިކަން ކުރިއަށް ގެންދެވިދާނެ. ތިމާގެ ސަބަބުން ގޭ އެންމެންނަށް ކޮވިޑް ޖެހުމަށް ވުރެން 14 ދުވަސް ހަމަވެ ބަލިން ސަލާމަތް ވަންދެން އެތާ ކެއްކޮށްލުން މާ ރަނގަޅުވާނެ. ކޮލެރާއާއި ޝިގެއްލާގައި ގިނަ ރަށްރަށުގަ ކަންތައް ކުރީ މި ގޮތަށް. ކަންކަން ރާވާ ހިންގަން ނުކުޅެދޭ މީހުން ތިބީމަ ވާނެ ގޮތް ވަމުން މިދަނީ.

  2. އޮޅުވާލި ވޯޓު

    ބަލަގަ އިންޑިއާމީހުން އެތެރެނުކޮއް ހުއްޓާލަން ޖެހެނީ ތައްޔަތުންނައްބަލާބޮޑުނުކޮއް

  3. ޢަލިބެ

    ފުރަތަމަ ކުރަންވީކަމަކީ ތިހަދާ ޓެސްޓްތައް ހަދަނީ ރަނގަޅަށްތޯބެލުން. ރާއްޖޭގެ ހޮސްޕިޓަލްތަކުން ހަދާވަރަށްގިނަ ޓެސްޓްތައް ކަމުނުދާކަން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންދާ މީހުން ބޭރުން ޓެސްޓްކުރުމުން ހާމަވާލެއް ވަރަށްގިނަ.

  4. އަބްދޫ

    ރާއްޖޭގަ އުޅެނީ ބިދޭސީންނާއެކު ގާތްގަނދަކަށް 5 ލައްކަ 5 ލައަކަޓސްތް ކުރަން މިލިއަނަކަށްވުރެ ގިނަ ޓެސްތްކިޓް ބޭނުންކުރެވިއްޖެ، އެކަމަކު މާލޭގަ އެކަނި ކޮވިޑް އޮތް އިރު މާލޭގެ ހުރިހާ ގޭބިސިއެއް ޓެސްޓް ކޮށް ބަލިޖެހިފައިވަ ހުރިހާއެންމެން ދެނެގަނެވުމުމަށް ސަރުކާރުންބޭނުމެއްނުވި. ބުނީ ކޮވިޑާއެކު އުޅޭށޭ.މިސަރުކާރުން ބަލަނީ އިންޑިޔާ. އިންޑިޔައަށް ދިމާވާ ހުރިހަކަމެއް ދިވެހިގައުމަށް ދިމާވާންޖެހޭނެ. ސިއްހީފަރާތްތަކުނ ބުނާގޮތަށް އެއްވެސްކަމެއްކުރާކަށް ސަރުކާރުންބޭނުމެއްނުވޭ. ސިއްހީހިދުމަތްތެރިން ބުނާ ކަންކުރަން އިންޑިޔަ ސަރުކާރުންވެސް ބޭނުމެއްނުވޭ. ހާލު މިހިސާބަށް ދިޔައިމަ މިކިޔަނީ ފަރުދި ޒިންމާ. މިހާރު ހިތަށް އަރަނި ފަރުދީ ޒިންމާގެ ވާހަކަ ދައްކާނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް އެބައޮތްބާ؟ ފަރުދީ ޒިންމާތަންފިޒުކުރުވަން އޮތަތަނަކީ ސަރުކާރު ނޫންބާ؟ސަރުކާރުން ސިއްހީއެހީތެރިންގެ ބަސް ގަބޫލުނުކުރުާ އަޅަމުންގެންދާ ފިޔވަޅުތަކުގެ ސަބަބުން ރައްޔިތުންދެކެނީ ރާއްޖެގަ ކޮވިޑް ނޫޅޭކަމަށް. އެއީ ރައްޔިތުންނަށް ނުފެނެ ސަރުކާރުން ކޮވިޑް މިގައުމުން ނައްތަލުމުގެ އަހުމިއްޔަތެއް ދެމުންދާތަނެއް. ސަރުކާރު މިއޮންނަނީ ފަރުދި ޒިންމާގަ އަޅުވަފަ ބުނަގޮތަނަހަދައޭ ކިޔަކިޔާ. މިހާރުވެސް ރަށްތަކަށް މީހުންދިއުން ހުއްޓުވަ ބަލި ފެނިފައިވަ ހުރިހާ ރަށެއްގެ އާބަދީއެއްކޮށް ޓެސްތް ކޮށް ބަލޖެހިފައިވައެމންމެންއެކަހެރިކޮށްބަލަ އިސާހިތަކު ބަލި ދިވެހި ގައުމުންނައްތަލެވިދާނެ.

  5. ޒ

    މި ބައިގަނޑު ހަލާކު ކުރައްވާތޯ ދުޢާ ކުރާނަން ކޮންމެ ރެޔަކު.. ވެކްސިން ޖަހުވާފަވެސް ލުއި ނުދިން

  6. އުނބުޖާޑި

    ކުރަންވީ ކަމަކީ މާލެ ސަރައްހަދުގެ ހުރިހާ ސައިކަލެއް ކަނޑަަށް އުކާލަންވީ. ސަބަބަކީ ސައިކަލުން ތިކަން ކުރިމަތިވަނީ. ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި ހޮސްޕިަޓަލްގެ މުހިންމުކަން މިއަދުވިސްނޭނެ. އަދި ޓްރީޓޮޕްގެ މުހިންމުކަންވެެސް މިއަދު ވިސްނޭނެ. ޓިބޭނުންކުރަނީ ހޮހޮޅަތޯ؟ ތިޔަ ހޮސްޕިަތަލް މޯގޭޖްކޮށްފަ ސްކޫކް ވިއްކައިގެން 150 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދޭ ނޫންތޯ. ތިޔަ ދަރުމަވަންތަ ހޮސްޕިޓަލް ކަޑަތޯ؟ ލަދުކޮބައިތޯ؟ އެހެނޭ ކިޔާފަ މިސަރުކާރަށް ކުރެވުނީ ކޮންކަމެއްތޯ. ވެރިކަމަށް 3 އަހަރު ފުރުން ފާހަގަކުރަން ކުރަންވީ ކަމަކީ ހުސްއުނބުގަ ލޯހެދުން. ދެންލަލަލާ..

    3
    1
  7. އަކޭ

    ހެޔޮނުވާނެ ލޯނުތައް ރީސްޓްރަކްޗަރ ކުރަން ބޭންކްތަކަށް އަންގަދީ. ކޮވިޑް އައިފަހުން ފައިސާހޯދަން ދަތިވެއްޖެ.

  8. ދިވެހިސޮރު

    މާސްކެއް ނާޅާ އެއްވެގެން ސިގިރޭޓް ބޮްއިނަގަނީ. އެކަކު ބޯ ސިގިރޭޓް އަނެކަކު ބޮނީ ..ކެފޭތައް ބަންދުކުރޭ މިހާރުން މިހާރަށް މުޅި ހެލްތް ސެކްތަރ އިސްތިއުފާދީފަ އެހެން ބަޔަކާ ހަވާލުކުރޭ