ކްލިކް ކޮލެޖުގެ ކޯސްތަށް ފުރިހަމަކޮށް 135 ދަރުވަރަކު މިއަހަރު ދަސްވެނިވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދޮޝިމޭނާ މާލަމްގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި 135 ދަރިވަރަކަށް ކޯސް ފުރިހަމަ ކުރިކަމުގެ ސަނަދު ދެވިގެން ގޮސްފައިވެއެވެ.

ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންގެ ތެރޭގައި ހެރިއެޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީކޯސްތަކާއި، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސްތަކާއި، ޑިޕްލޮމާ އަދި ބެޗެލާރސް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި، އޭ.ސީ.ސީ.އޭގެ ސަރޓިފައިޑް އެކައުންޓިނގް ޓެކްނީޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް އެވެ.

ދަސްވެނި ވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކްލީކް ކޮލެޖުގެ ރައީސް ނައުޝާދް މުހައްމަދު ވިދާޅުވީ ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ޕްރޮގްރާމް ހިންގާތާ 13 އަހަރު ވެފައިވާ ކަމަށާއި 98 އަށް ކުދިން މިޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 30 ކުދިންނަކީ އެ.ބީ.އީ ލެވެލް 6 ނިންމުމަށް ފަހު ހެރިއެޓް-ވޮޓް ޔުނިވާރސިޓީގެ ބެޗްލަރސް ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ ދަރިވަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި 2012 ވަނަ އަހަރުގެ އިމްތިހާނުގައި 104 ޑިސްޓިންކްޝަންސް އަދި 66 ހަޔަރ ޑިސްޓިންކްޝަންސް ކްލިކް ކޮލެޖުގެ ދަރިވަރުން ހޯދައިފައިވާ ކަމަށްވެސް ނައުޝާދް ވިދާޅުވިއެވެ.

އަދި 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ އެގްޒޭމް ސެޝަންއެއްގައި ކްލިކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުންކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ.

"ޓޮޕް ޕޭޕަރ ޕްރައިޒް އަކީ އޭ.ބީ.އީ އިން ބާއްވާ އިންޓަރނޭޝަނަލް އެގްޒޭމްއިން އެ މާއްދާއަކުން އެންމެ މަތީމާރކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯރޑެއް. މިއީ އޭ.ބީ.އީގެ 423 އެކްރެޑިޓެޑް ކޮލެޖްގެ ތެރެއިން ފާހަގަ ކޮށްލެވޭފަދަ އެޗީވެމެންޓްއެށް. އަދި 2003 ވަނަ އަހަރުގެ ޖޫންމަން ފެށިގެން ކްލިކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުން" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައުޝާދް ވިދާޅުވިއެވެ.

އަދި 2017 ވަނަ އަހަރުވެސް ވަނީ ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިސްވް ގެ އިމްތިހާނުން ކްލިކް ކޮލެޖުގެ ދަރިވަރިން ވަނީ ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފައި ކަމަށާއި މިހާތަނަށް 28 ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަފަ ވާކަމަށްވެސް ނައުޝާދް ވިދާޅުވިއެވެ.

ކްލިކް ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކި އެކި އެވޯޑްތަށް ހާސިލް ކުރި ލެކްޗަރުންނަށާއި  ދަރިވަރުންނަށް ވަނީ އެވޯޑް ދީފައެވެ.

އެގޮތުން ޓޮޕް ސްޓޫޑަންޓް އެވޯޑް 8 ދަރިވަރަކަށް ދެވިފައިވާއިރު ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސިލެންސް އެވޯޑް ދެ  ދަރިވަރަކަށް ދެވިފައިވެއެވެ. އަދި ސްޓޫޑަންޓް ލީޑަރޝިޕް އެވޯޑް އެއް ދަރިވަރަކަށް ލިބިފައިވާއިރު އޭބީއީ ޓޮޕް ޕްރައިޒް އެވޯޑް ތިން ދަރިވަރަކަށް ލިބިފައިވެއެވެ. އަދި އެވޯޑް ފޯރ އެކްސެލެންސް އިން ޓީޗިންގް ދެ ޓީޗަރަކަށް ލިބިފައިވެއެވެ.

ޓޮޕް ސްޓޫޑަންޓް އެވޯޑް

ފާތިމަތު ހިޝާމާ
މުހައްމަދު ސާމިހް ޒުބައިރު
އައިސަތު ޝާނާޒް
އިބްރާހިމް ޝަހުދު ފައިސަލް
އަލީ މުހައްމަދު
މުހައްމަދު މުނާޖިމް
މަރިޔަމް މާޖިދާ
ފާތިމަތު ޝިއުރާ ޝަމޫން

ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސެލެންސް އެވޯޑް

އިސްމާއިލް އަޒީމް
އަހުމަދު ރަޝީދު

އެވޯޑް ފޯރ އެކްސެލެންސް އިން ޓީޗިންގ

އާމިނަތު ޝިފާނާ ރަޝީދު
އަހުމަދު ރިޒާ

ސްޓޫޑަންޓް ލީޑަރޝިޕް އެވޯޑް

ހަސަން ހައްޔާން އަހުމަދު

އައުޓްސްޓޭންޑިންގް ސްޓޫޑަންޓް ކޮންޓްރިބިއުޝަން

އަހުމަދު ޒާއިން ޒައީމް

އޭބީއީ ޓޮޕް ޕޭޕަރ ޕްރައިޒް

މުހައްމަދު ޝާމިކް ޒުބައިރު
އަބްދުﷲ ޖައިލަމް ވަހީދް
އައިސަތު އަސްނާ އަބްދުލް ރަޝީދު

ކިޔުންތެރިންގެ ހިޔާލު