ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ނުރައްކާ މިންވަރަކަށް އިތުރުވަމުންދާތީ، ފައްސިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދަން ބޭނުންވެގެން އިއުލާނުކޮށްފިއެވެ.

ރާއްޖޭގައި މިހާރު ރެކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ތިން ދުވަހު ކޮވިޑްގެ ވޭދަނަތައް އުޅުނީ 500 އިން މަތީގައެވެ.

އަދި މިހާރު ރާއްޖޭގައި ބަލި ޖެހިފައި 6508 މީހަކު އެބަތިއްބެވެ. އަދި 181 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އެބަ ދެއެވެ. އޭގެ ތެރެއިން ގިނަބަޔަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާއިރު، އެތަންވެސް އޮތީ ފުރިފައެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ފައްސިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެހެންކަމުން މި މަސައްކަތުގައި ވޮލަންޓިއާރ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު(ސީ.ވީ ([email protected]) އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ. އޭގެ ތެރެއިން 74 މީހަކު ނިޔާވެފައިވާއިރު، މިހާރު 25،340 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ތި ތަނަށް މަސައްކަތްކުރަން ހުރިހާ މިނިސްޓަރުން ފޮނުވިއްޔާ މާ ރަނގަޅުވާނެ.. ވޮލެންޓއަރ ކޮށް އެހެންމީހުން ލައްވާ މަސައްކަތްކުރުވާފަ ބޮޑުން ލާރިތައް ކައި ހުސްކުރަނީ

    22
    1
  2. ރެފްރީ

    މާލޭމަގުމަތީތިއޮތީނުން ބަންގާޅީންތައް ފުނިފުންޏަށް. ރަނގަޅުވާނެ

    13
    1