ޓެކްނޮލޮޖީ މިނިސްޓްރީގައި މީގެކުރިން ތިއްބެވި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް އެންވަޔަރަމެންޓް މިނިސްޓްރީ އަށް މިއަދު ބަދަލުކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީ އަށް ބަދަލުކުރެއްވީ، ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީގެ ޒިންމާތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރައްވާފައެވެ.
މި ބަދަލާއެކު، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާ ނަމަކީ، "މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ" އެވެ. އެ މިނިސްޓްރީގެ ވަޒީރަކީ އެމްޑީޕީ އަށް ނިސްބަތްވާ އާމިނަތު ޝައުނާ ވަނީ ހަމަ ޖައްސާފައެވެ. އޭނާ އަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އަލީ ސޯލިހާއި އަފްޟަލް އަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަކީ މި ސަރުކާރުގައި ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދީއްސުރެ އެ ތަނުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
އަލީ ސޯލިހާއި އަފްޟަލްގެ އިތުރުން ރައީސް ވަނީ އަޙްމަދު މުޖްތަބާއާއި ޑޮކްޓަރ ޢަބްދުﷲ ނަޞީރު ވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އުވައިލެއްވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މަގާމަށް ވަޑައިގެންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގައި ނަގައި އޭނާ މަގާމުން ވަކި ކޮށްގެންނެވެ. އޭނާ މާގާމުން ދުރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ.
ނާގާބިލް ޖީބީ މިނިސްޓަރ އަށްވެސް މަގާމެއް ދެއްތޯ
ފެންފޯއް ޕާކުތެރޭ ދޮލަނގަކަށް އަޅައިގެން ފަސްރުފިޔާ ބަޔަށް ޖީބީ ވިއްކަން މީނަ ފޮނުވަން މާ ރަނގަޅު
އަޅުގަނޑުގެ ސަރުކާރެއްގަ 2.50 އަށް ޖީބީ ވިއްކާނަން. ގެއާ ހިސާބަށް ދޮލަނގަށް ލައިގެން ޑެލިވެރީވެސް ކޮށްދޭނަން
އިސްތިއުފާ
މިޔަދު ރޯދަ ވީއްލާ ގަޑީ ކާން ބޭނުމީ ޖީބީ
މަންމަ ބުނީ މިޔަދު ކައްކާނީ ޖީބީ ރިހަޔޯ
މި ސަރުކާރު އޮތީ ރޭޕާ ޖީބީއަށް ފައްސިވެފަ
އަޅުގަނޑު ޖަހާ ފޮޑީގަވެސް ޖީބީ ވަސްދުވަނީ މިހާރު އަގުހެޔޮކަމުންގޮސް
ތިހެން ބުނީމަ ތިވަސް ބަލާ ހިތްވޭ ނެޓު އަގު ހެޔޮކުރަން
ޖީބީ އައުޓް
ޖީބީ އައުޓް
ކުދި ކުދި ޖީބީ އުދުހޭނޭ...
ޢަޙާ.. ފަސްރުފިޔާބަޔަށް ވެސް މިނިސްޓަރު ކަން ދީނީ އުތަ
ކުނިން ޖީބީ އުފައްބަން ވެގެން ގެނައި ބަދަލެއް ކަމަށްވަނީ
ފަސްރުފިޔާއަށް ފަންސާސްކިލޯގެ އިންޓަނެޓްވިއްކާދިނީ މާ ބަދަލުކޮށްލީދޯ ؟