ހއ.ދިއްދޫ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 45 އަށް އަރާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެރަށުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމުން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ފައްސިވި މީހާއާ ގާތުން އެއްތާވި މީހުން ހޯދުުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ސުންކު ނެގި ގިނަބަޔަކު ފައްސިވެފައި ވެއެވެ.

އެގޮތުން އެރަށު ހޮސްޕިޓަލުން ނެރުނު އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ފައްސިވި މީހުންގެ ތެރެއިން 40 މީހުންނަކީ ފުރަތަމަ ފައްސިވި މީހާއާ ގާތުން އެއްތާވި މީހުންނެވެ. އަދި ދެން ތިބި ހަތަރު މީހުންނަކީ ކަރަންޓީންގައި ތިއްބާ ފައްސިވި މީހުންނެވެ.

މިހާރު ރާއްޖޭގެ ގިނަ ރަަށްތަކެއްގައި ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަަތައް މިހާރު އުޅެނީ 100 އިން މަތީގައެވެ.

ރާއްޖެއިން މިހާތަނަށް 31،9310 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،340 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި 74 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.