ސިނަމާލޭ ބުރިޖްމަތީ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދެސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެބޭފުޅުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 19:45 އެހާކަންހާއިރު ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުން ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައިވާ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ސާފުވެފައެއް ނުވެއެވެ.

އެކްސިޑެންޓް ހިނގި ވަގުތު ބުރިޖުގައި ދުއްވާފައި ދިޔަ ވެހިކަލްތައް ތޮއްޖެހި، 15 ވަރަކަށް މިނެޓް ވަންދެން ގިނަ ވެހިކަލްތަކެއް ބުރިޖު މަތީގައި މަޑުކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގުއި

  އެހާ އަނދިރި އެތަން

  6
  2
 2. ކާޅު

  ހަމަ ހޭވެރިކަން ފިލާ ގޮއްސަތިބޭތީ މިފަދަ ހާދިސާތައް ހިނގަނީ، އެނެމެންވެސް ގަވާއިދާއި އެއްގޮތައް ދުއްވާނަމަ މިފަދަ ހާދިސާތައް މަދުވީސް

  • ގުންބާސިންގު

   ގަވާއިދާއި އެއްގޮތަށް ދުއްވާނަމަ މިފަދަ ހާދިސާއެއް ނުވެސްހިނގާނެ. ރައްޔަތުންނަށް ނުރައްކާތެރި ގޮތްގޮތަށް ޓްރެފިކުތެރެއިން ނަންނުގަތި ދުއްވުން ދުއްވާ ހުޅީންތައް ހުއްޓުވޭނެ ޓްރެފިކްޕޮލިހެއް މިރާްޖެއަކުނެތް.