މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 734 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 540 މީހުން ފައްސިވީ މާލެއިންނެވެ. 186 މީހުން އަތޮޅުތެރެއިން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން 07 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު މިއަދު ފައްސިވިއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ރެއިން ފެށިގެން މާލޭގައި ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ރޭގަނޑު 12ގެ ފަހުން ފަތިސް ވަންދެން ވެހިކަލް ދުއްވުން މަނާކުރުމާއި ޕާކްތައް ބަންދުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރޯނާ

    ވޯޓު ހޯދަން އުޅެ ސޯޓުބޭލި ގައުމުގެ ހާލަތު ގޯސްވީމާ އެންމެ ފަހުން ގޯސްމިވީ އާންމު ރައްޔިތުން. އަދިވެސް ހުރިހާ ކަމެއް ފަރުދީ ޒިމްމާއައް ދޫ ކޮއްލާފަ. މައިމޫނާ އިސްތިއުފާ!!!

    35
  2. ޖިގޭ

    އެލްއޯއެލް

    10
    2
  3. ޢަހްމަދު

    ޢެމްޑީޕީ އެތެރޭގެ އިންތިހާބު ނުބޭއްވޭ ގޮތަށް ލޮކްޑައުން ކޮށްގެން ނުވާނެ!!!ހެހެހެހެހެޙެ

    17
    1
  4. ޣގ

    ޝުކުރިއްޔާ ހިޔަޅު އިންޑިއާ
    ޝުކުރިއްޔާ ލާދީނީ ނަޝީދު
    ޝުކުރިއްޔާ ހީލަތްތެރި ސޯލިހު
    ޝުކުރިއްޔާ ކޯލިޝަންގެ ބައިވެރިން ދިވެހިންގެ އަދުއްވުންކަމުގައިވާ އިމްރާން، މައުމޫން އަދި ގާސިމް

    34
    5
  5. ރެފްރީ

    ނެތިންއެއްޗެކޭބުނާކަށް !!
    ކަ މާއިބެހޭހުރިހާއެން މެންގެ މައްޗަށް ދައުވާކުރަންގޮވާލަން!! ޚާއްސަކޮށް ބޮޑުވަޒީރަށް !! އަލިފު ހާ

    24
    1
  6. ޢާށި

    ކިހާވަރެއް ވީމމމމމމނަތަ ބޯރޑަ ބަންދު ކުރާނީ

    24
  7. ކޮރަލް

    މ ރައީސް އިންތިހާބު ބާއްވައިފި އެވެ.

    12
  8. ކޮވެލި

    ކޮބައިތަ ގުރާފް ހަދާކުދިން ؟ ތިއިންގުރާފެއް ބޮޑުވަޒީރަށްވެސް
    ވެދު މަށްއަރުވާބަލަ !! އަދި ލޯއަލިއައިނެއްވެސްހަދިޔާކުރާތި !!

    19
  9. +

    މިހާރުދެން ޕޮސިޓިވް ނުވެ ހުރީކާކުބާވަ؟ ޢަދިވެސް މާލެ އެން މެން ސާ މްޕަލް ނުނެގޭބާވަ... ބަލިވި އެން މެނަށް އަވަސް ޝިފާއެއް ދެއްވާށި..

    26
  10. ބޭޗާރާ

    ލަފާކުރެވޭ ގޮތުގައި ކޮވިޑްގެ އަދަދެއް ރަމަޟާން މަސް ނިމިގެން އަދި ހަރޯދަ ނިމުމުގެ ކުރިން ދަށެއް ނުވާނެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހެއްގައި ރާއްޖޭގައި ރޯގާ ފެތުރޭ މިންވަރު ބޮޑުވާނެ. ރެކޯޑްތައް ބަލައިފިއްޔާ މިކަން ފެންނާނެ. މިހެން މިވަނީ ރަމަޟާންމަހުގައި އާދަޔާ ޚިލާފަށް ފިނިބުއިންތައް ބޯތީ. މިކަން މިހެން ހިނގާކަށް އެނގޭއިރު އަދި އަމުދުން ކޮވިޑް ފަދަ ބައްޔެއް އޮތް ދުވަސްވަރެއްގައި ފިނި ބުއިންތަކާ ދުރަށް ދިއުމަށް އެއްވެސް ފަރާތަކުން އިރުޝާދު ނުދޭ. ފިނި ބުއިންތަކާ ގުޅިގެން މިހެން ވާނެއެކޭ ބުނެއެއް ނުދޭ. ނަތީޖާއަކަށް މިވީ އާދަޔާ ޚިލާފަށް ފެތުރެން ކޮވިޑަށް ފުރުޞަތު ލިބުން. މިދިޔަ އަހަރު މިހެން ދިމާނުވީ އެންމެން ގޭ ބަންދުގައި ތިބީމާ. ރޯގާ ޖެހުނު ނަމަވެސް ރޯގާ ފެތުރިގެން ނުދިޔައީ. މިއަހަރު ރަމަޟާންމަހުގައި ދޫކޮށްލާފައި އޮތީމާ ރޯގާ ފެތުރިގަތީ. ހަރޯދަ ނިމި އާންމު ހާލަތަށް ބަދަލުވުމުން ކޮވިޑްވެސް އަދި ރޯގާވެސް ޖެހޭ މިންވަރު ދަށްވާނެ. މި ބައްޔަކީ ލައިފް ސްޓައިލާ ގުޅިފައިވާ ބައްޔަކަށްވާތީ ލައިފް ސްޓައިލް ހުންނަ ގޮތަކުން މި ބަލި އިތުރުވާނެ. ފުރަ ބަންދަކަށް ނުދިޔަޔަސް ލައިފް ސްޓައިލް ބަދަލުކޮށްފައި ފިނި ބުއިންތަކާ ދުރަށް ދާއިރަށް މަދުވާން ފަށާނެ.

    1
    1
  11. ވާއިޒް

    އަޖާއިބެއް ފަދަ ކަމެއް މިއީ. މިހާރަކު ސާމޕަލް ނަގާ މީހުނެއް ނުފެނެ މަގުމަށްޗަކުން. އެކަމަކު ދުވަހަކަށް ވުރެ ދުވަހެއް އަދަދު ވަނީ މަތި. ކުރިން ސާމަޕަލް ނެގިއިރަކު މިވަރެއް ނާރާ. މީ އަނެއްކާ ބަޔަކު އަހަރެމެން ރައްޔިތުންނާ ކުޅޭ ކުޅިވަރެއްތަ؟

  12. ސަންކުއިކް

    ތާހިރު ވެއްޖެ؟ އަދިވެސް އާދައިގެ ރޯގާ އަކަށް ހަދައިގެން ތިބޭ! އިންޑިޔާއިން ފެންނަ މަންޒަރުތައް ވަރަށް އަވަހަށް މިތަނުން ފެނިގެން ދާނެ

  13. ޜެސް

    ވައްކަމުގެ ރެކޯޑުވެސް ހަދައިފި މިވެރިކަ މުގަ

    14
    1
  14. ޛސޖ

    މީހަމަ ސީދާ ސަރުކާރުގެ އިހުމާލުން. އިންޑިޔާގެ އަޅުވެތިކަން މިހާރުގެ ލީޑާޝިޕްގެ މައްޗަށް ބޮޑުކަމުގެ ހެކި.

  15. ސޫނީ

    އިންތިހާބާ މުޒާހަރާ ނު ކުރެވިގެން އުޅުނު ޕީ.ޕީ ބައިގަނޑަށް އެއްޗެއް ވިސްނޭނެ.. އެއްމެ ވަރުއެރުވިގޮލާ އެއޮތި ޕޮޒިޓިވް ވެގެން ޓްރީޓޮޕްގަ ދެމިފަ

    1
    5
    • އަލީ

      ސަފާރީތަކުގެ ވެބްކެމް ގުރޫޕް ހޭވި ހަޑީގެ ވާހަކަވެސް ލިޔުނު ނަމަ... ބުއްޅަބޭގެ ސުންޕާކަމުގެ ވާހަކަވެސް ލިޔެލި ނަމަ

  16. މަރީ

    ސިނކުޑީގަ ތެތްކަމެއްނެތް މޮޔަ ސަރުކާރު ގެނާމީހުންނަށް ސާބަސް. ކޮވިޑް އެންމެ ބޮޑުވަރުވެފަ ތިބި ގައުމުތަށް ބަލާ އެތަންތަނުން ހުއްޓުމެއްނެތި މީހުން ގެނެސް ރާއްޖެއަށް އޮއްސާލާފަ މި އެޅުވީ ރައްޔިތުންގެބޮލުގަ.

  17. ޜެކިފުތު

    މިގައުމުގެ އިސް ސަފުގައި ތިބީ މޯދީގެ މޯހިރުން ހިގާ ބަޔަކު! ވީމާ އެކަރަ އަށް ވާގޮތެއް އަހަރެމެންނަށް ވެސް ވާން ޖެހޭނެތާ!