ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގެ 50 އެނދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރަން ކޮންމެހެން ޖެހިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އައިސީޔޫއަށް މާދަމާ އަށް އެނދު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ. ޑީއެޗް 11 ވަނީ ފުރިފައި. މިހާރު ހުޅުމާލޭ ފެސިލިޓީގައި އައިސީޔޫގައި 12 އެނދު އޮޕަރޭޝަނަށް ގެނެވިއްޖެ. މާދަމާ އަދި އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނެވޭނެ. މިހާރު އެތަނުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެކަކަށް." މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުން އަންނައިރު ހުޅުމާލޭ ފެސިލިޓީގައި ހުންނަ 248 އެނދުގެ ތެރެއިން 171 އެނދުގައި މިހާރު ބަލި މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެހެންކަމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ %68 މިހާރު ވަނީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީބެ

    ހުޅުމާލޭ ހޮސްޕިޓަލްގަ ރައީސްޔާމީން ހައްދަވާފައިވާ 5 ބުރި ޢިމާރާތެއް މިސަރުކާރުން ބޭނުން ނުކުރަން ބަހައްޓާފައި ހުރީ، މިހާރު މަޖުބޫރުވީ ބޭނުން ކުރަން

    12
    2
  2. ރަންނަމާރި

    އަދިނުވޭ ތިކަމާ އުޅޭކަށް. އަދި މަޑުކޮށްލާ ޑެއިލީ ކޭސެސް 2000 އަށް އަރަންދެން. ކޮވިޑޭ ކިޔައިގެން 4ބިލިއަން ޗާޕުކޮށްގެން ކީއްތަ ތިކުރީ؟

  3. ޟާީޏ

    ބަންޕަ

  4. ބައްޓެ

    އެންމެ 50 ތީ ކޯއްޗެއް