ކޮވިޑަށް ފައްސިވެގެން ހުޅުމާލެ މެޑިކަލް ފެސިލީގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ 30 މީހަކު ހިމެނޭ ކަމަށް ޑރ.އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަފްޒަލް ވިދާޅުވީ މިހާތަނަށް ވެކްސިން ފުރިހަމަ ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ މަދު ބައެއް ކަމަށެވެ. އެއީ %2.3 މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނާއި ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް ހުރީ ދާދި އެއްވަރެއްގައި ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 168 ފަރާތުގެ ތެރެއިން 91 ފަރާތަކީ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތައް ކަމަށާއި 69 ފަރާތަކީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ. ޑީއެޗް-11 ގައި އެޑްމިޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކީ ފުރަތަމަ ޑޯޒް ޖަހާފައިވާ އަދި އެކަކު ވަނީ ދެޑޯޒް ފުރިހަމަކޮށްފައި ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެތަނުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަމީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއް ނުވެއެވެ.

"ވެކްސިން ޖެހި މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުން ބަލިވެފައި މިވަނީ. މިއަދަދުތަކުން އެބައެނގޭ ވެކްސިން ޖެހުމުގެ މުހިއްމުކަން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާރު ކޮވިޝީލްޑް ވެކްސިން މަދުވުމުން ކޮވިޝީލްޑް ވެކްސިން ޖެހުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އަދިވެސް ޗައިނާގެ ސިނޮފާމް ވެކްސިން ޖެހުން ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަޒްރާ

    ތިކަމުންވެސް އެނގިގެންދަނީ އިންސާނުންނަކީ ބާރގަދަ ބައެއްނޫންކަން ﷲ ތަޢާލާ އެއީ އެންމެ ބާރުގަދަ ފަރާތް ކަން

    109
    2
    • އަލީ

      ﷲ ސވއ ބާރުގެ ވާހަކަ ދެއްކީމަ އަންލައިކް ދޭނީ މުރުތައްދު ވެފައިތިބޭ ކާފަރުން

  2. Anonymous

    ޕަސެންޓުން ކިޔާ އޮޅުވާލަން ނޫޅެ އަދަދުން ކިޔާބަލަ އޭރުން އަސްލު ބޮޑު މަންޒަރު ފެންނާނެ

    11
    1
  3. އާއި

    އަވަސް އަރުވާލައިގެން ހަދައިގެން އުޅޭ ވެކްސިނެއްގެ އެއްވެސް ޔަގީންކަމެއް ނޯންނާނެ. ހަމަ ހުސް ވިޔަފާރި އެއިގެން ކުރާތަން މިފެންނަނީ.

    12
    1
  4. ގަނޑިޔާ!!!

    ޓެސްޓިންގ ފޭސްވެސް ނުނިމޭ އެއްޗިހިތަކެއް މީ ރަނގަޅު އެއްޗެކޭ ބުނެލާއިރަށް ގެނެސް އޭގެ ލޯންގ ޓައިމްގެ އަސަރަކީ ކޮބާކަމެއް ނޭންގެނީސް އެންމެން ގަޔަށް ޖަހަން އިސްތިހާރު ކުރުމަކީ މޮޔައިން ކުރާ ކަމެއް. ތި ވެކްސިނެއް ޖެހިއަސް ޖެހެނީ... ހަށިގަނޑައް ކުރަނީ ކޮންކަހަލަ ގެއްލުމެއް ކަމެއް ނޭންގޭ. ދުނިޔޭގެ އާބާދީ މަދުކުރަން އަތުކުރި އޮޅާފަ ތިބި މުއްސަނދިންގެ ރޭވުން ހުސް. ޖޯޖިއާ ގައިޑް ސްޓޯންގަ ބުނާހެން.

    • ހަނދަވާލާ

      އައްދެ އައްދެ. ޑަބްލިއު.އެޗް.އޯ ގެ ސެކްޓްރީ ޖެނެރަލްގެ ދޮންއަމާ އެންމެ ފަހުން ވިހޭ ކުއްޖާ މިއޮއްކިޔާ އެއްްޗެއް އަޑުއަހާބަލ ހުރިހާޑޮކްޓަރުން ވެސް..
      ޥެކްސިނާ ބެހޭގޮތުން ޔޫގަންޑާ ގެ ޔުނިވާސިޓީ އަކުން މީނާ ކިޔަވައިވިދާޅުވި ކަމަށްޥޭ.

  5. ސަރީފް

    91 މީހުންނަކީ ފުރަތަމަ ޑޯޒްޖަހާފއިވާމީހުން 69 މީހުންނަކީ އެއްގޮތަކަށްވެސް ވެކްސިންނުޖަހާ މީހުން މާނައީ ވެކްސިންނުޖެހުން މާރަގަޅޭނޫންތޯ

    11
    1
    • ސަލީމް

      ޥަގުތު ހަދަ އެންޓިވެކްސް ކޮމެންޓްއަށް ބައިތު ހިފައޭ. ސްކްރީން ސޮޓް ސޭވްޑް.

  6. ކާފައާދަނު

    ވެކުސިނަކުން ވާނެފައިދާއެއްނެތް ކަން ހާމަވެގެން އެދަނީ އެންމެބާރުގަދަ ވެކުސިނަކީ ﷲ ތައާލާއަށް ދުއާ ދެންނެވުން މުސްލިމުންގެ ވެކުސިނަކީ އެއީ ހުރިހާ ބޭފުޅުންވެސް ދުއާދެންނެވުމަށް ހަނދުމަފުޅުބެހެއްޓެވުން އެދެން އިބައިލާހުއީ މުސްލިމްތަކުންގެ ދުއާ އިޖާބަކުރަށްވާ އޯގާވަންތަ ރަހުމާނު ވަންތަ ރަހީމް ވަންތަ ރަސްކަލާންގެ އެވެ އާމީން.

    6
    1
  7. ވަސް

    އެހެންވީމާ އަހަރެމެން ގަޔައް ޖަހައިގެން މިއުޅެނީ 'ފަޅޯ' ވެކްސީނެއްތާ. ؟

    11
  8. ޑައެލޯގް

    ތިޔަ ވެކްސިން ޖެހުމުގެ ބޭނުމެއް އެބައޮތްބާ! ނުވަތަ އިންޑިޔާއިން ވިއްކި ވެކްސިން ފޭކީބާ!

    10
  9. އަޙްމަދް

    ވެކްސިން ފޭކު ޖެހުމުން ސޭކު
    ހުއްނާނީ ރާކަނިމަސް ކެވިފައި.

    10
  10. ރައްޔިތުން

    ތިޔައީ މަކަރުވެރި ކަމާއެކު ހަދާފައިވާ ވެކްސިނެއްކަމަށް ބުނާ އެއްޗެއް. ރަނގަޅަށް ވެއްޖެއްުޔާ އެހުރީ ލޭބަލެއްޖަހާފައި ފުޅިއަކަށް ފެންފޮދެއް އަޅާފައި

  11. ޒާ

    ބޭކާރު އެއްޗެއް. އަޖުމަ ބަލަން ބަހާލި އެއްޗެއް.

  12. އެވެއާ

    ތަންދޮރު ނޭގޭ މީހުން ސިޔާސީ ވެގެން ނޫޅެބަލަ! ބަލަ ވެކްސިން ގެ ދެ ޑޯޒް ޖެހިމީހުން ބަލިވާ އަދަދު ވ ދަށް ކަމަށް ދޯ ޑޮކްޓަރ ބުނީ! މުޅި ދުނިޔެ ވެސް ގަބޫލް ކުރޭ ވެކްސިން ގެ 2 ޑޯޒް ޖެހީމަ ބަލި ޖެހުނަސް ބަލިވުމުގެ ޗާންސް ކުޑަކަން އަދި ބަލި ފެތުރުން މުޅިން ހުއްޓޭނެ 70% އެފިކަސީ ހުއްޓަސް! ޔޫރަޕް މީހުންނަށް މި ކަން އެގޭ! ބަލަ އިންޑިޔާ ގަ ބަލި އިތުރު ވަނީ މީހުން ގިނަ ވީމަ ދެން ވެކްސިން ޖަހާފަ ވަނީ 1 ބިލިއަން މީހުންނަށް ، ބާކީ 99ބިލިއަން މީހުންނަށް ވެކްސިން ނުދޭ! އިންޑިޔާ އަކީ ދުނިޔެން 2 ވަނަ އަށް އާބާދީ ބޮޑު ގައުމް!

    1
    1
    • ބީއެވެއަރ

      އިހަށް ރަގަޅަށް ކިޔާލަބަލަ އެޑްމިޓްކޮށްފަ ތިބި އަދަދުގެ ތެރެއިން ވެކްސިންޖެހި މީހުންތޯ ގިނައީ ނޫނީ މަދީ. ތިޔަކިޔާ ހިސާބެއް ދިމާނުވާކަން އޭރުން އެނގޭނެ

  13. ާރައިން

    އެއްގޮތަކަށް ވެކްސިން ނުނަގާ 6 މީހުން. އެހެންކަމުން ވެކްސިން ނުޖެހުން މާ ބޮޑު ތަނުން ރަނގަޅު ކަމަށް ފެންނަނީ މި މީހުން މިޖަހާ ހެން ހިސާބު ޖެހީމަ.

  14. ޖަމީލުބެ

    މީގައި ރަށްޔިތުންނަށް އެނގެންޖެހޭ އެންމެ މުހިއްމު ނުޤުތާއަކީ ކޮން ޤައުމެއްގެ ކޮން ބާވަތެއްގެ ޑޯޒް ފުރިހަމަ ކުރި މީހުންނަށްތޯ އަލުން މިޖެހެނީ؟ މިކަން އެނގުމުން ރަށްޔިތުންނަށް އެނގޭނެ ސަރުކާރަށް އަލުން ޑިމާންޑް ކުރަން ދެން ގަންނަންވީ ނުގަންނަންވީ ވެކްސިން.. ބޭނުމަކީ މައްސަަލަ ނުޖެހޭ ވެކް ގަނުވުން.. މީޑިޔާއިން މިކަން ސާފުކޮށްދެއްވަން ފެނޭ..