ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ދަށްވެގެން ހިނގައިދާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި މެއި މަސް ނިމެންދެން ރާއްޖޭގެ އަދަދުތައް މައްޗަށް ދިއުން ގާތް ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވެދާނެ ކަމަށް އޭނާއަށް ލަފާނުކުރެވޭ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ ކުރީކޮޅު އަދަދުތައް ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމުގެ ޑރ.އަފްޒަލް ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ފާއިތުވި ތިން ދުވަހު ވަނީ ކޮންމެ ދުވަހަކު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެފައެވެ.
މިއަދު ވެސް ރާއްޖެ އިން 734 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހު ރާއްޖޭން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެއްޖެނަމަ، ހޮސްޕިޓަލްތައް ތޮއްޖެހި، ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ކަންކަން ދިއުން އެކަށީގެންވެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ރެއިން ފެށިގެން މާލޭގައި ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ރޭގަނޑު 12ގެ ފަހުން ފަތިސް ވަންދެން ވެހިކަލް ދުއްވުން މަނާކުރުމާއި ޕާކްތައް ބަންދުކުރުން ހިމެނެއެވެ.
ކޮންއިރަކު ނެގި ސާމްޕަލް ތަކެއްގެ ނަތީޖާބާ މިހާރު މި ހާމަކުރަނީ؟ ވަރަށް ސުވާލު އުފެދޭ. ރެންޑަމް ސާމޕަލް ނަގާތަނެއް ނުފެނޭ މި ރޯދަމަހަކު. މިއޮއްފަދަ މާތް މައްސަރުގަ ސިޔާސީ ގޭމް ނުކުޅެއް ގޮވާލަން.
ރޭންޑަމް ސާމްޕަލް ނުނަގާ މި ފަހުން.. މި ޢަދަދު ތައް މި އަންނަނީ ހަމަ އެކަނި ފުލޫކުލިނިކް ތަކަށް ދައްކާމީހުން ގެ ތެރެއިން.. ރޭންޑަމް ސާމްޕަލް ނަގަފިއްޔާ އަދި މާ ގިނަ ވާނެ..
ޙޮޓާތަކާ ރެސްޓޯރަންޓްތަކަށްގޮސް ކައިނި މިގެންވެސް މާސްކްނާޅާ އެކަކު އަނެކަކު ގައަށް ކެއްސާކިނބިހި އަޅަން ތިބެގެން ކޭސްތައް ދަށެއްނުވާނެ.
ޢެޗް އޯ އީ ސީ އަ ކީ ފެއިލްވެފައިވާ ތަނެއް. ޑޮ ކްޓަރުން ވެސް ތިބެނީ ވަޒީފާ ގެއްލިދާނެތީ ހަގީގަތް ހާމަ ނު ކުރަން.
އަސްލު ހަގީގަތަ ކީ ތީ..
މައްޗަށް ދާ ވަރަކަށް ތިރި ކުރަން ފިޔަވަޅު އަޅާބަލަ...މެއި މަސް ނިމެންދެން ރާއްޖޭގެ އަދަދުތައް މައްޗަށޭ ނުކިޔާ ...
ރަމަޟާންމަހުގެ ޙުރްމަތް ކެނޑި ބަޔަކަށް މިސަރުކާރު ނޫނީ ނުވާނެ
ﷲށް އަޅުކަންކރުމަށް ހުރަސް އެޅުމުގެ ގޮތުންކުރާ ކަމެއް.
މި މީހުންގެ ކިބައިން މި ޤައުމު ސަލާމަތްކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ދުވާލާއި ރޭގަނޑުވެސް ދުޢާކުރޭ އަދި މިސްކިތަށް ދިއުމަށް ހުރަސް އެޅިނަމަވެސް ގޭގައި ތިބެގެންވެސް ދުޢާކުރޭ.
ކިހިނެއް ހޭ ތިހާ ސާފްކޮށް ތިބުނަނީ މޭ މަސް ނިމެންދެންނޭ؟ ތިހެން އަބަދު ކަންތަށް ކުރާތީ ކޮވިޑަށް މީހުންގެ ސަމާލު ކަން ކުޑަ އެވަނީ، ހަމަ ޓީވީ އަށް އަރާފަ ކޮވިޑް ގެއިން ނުކުންނަނީ ރޭގަނޑު 12 ފަތިހު ހަތަރަކަށޭ މިގަޑީގަ ބޭރަށް ދިއުން މަނާ، އަނެއްކާ ބުނެފާނެ ކޮވިޑް ޖެހެނީ ދުއްވާ އެއްޗެހީގަ އުޅުނީމަޔޭ އެހެން ވީމަ ދުއްވާ އެއްޗެހި ވަކި ގަޑިޔަކުން ފެށީގެން ނުދުއްވޭނޭ، ކޮވިޑް މިސްކިތުގަ ހުންނަ ކަރޕެޓުން ނެޖެހޭނީ އަވަހަށް މިސްކިތުގަ ހުރި ކާޕެޓް ތަށް ނަގަން ވީ ، މިއަށް ވުރެ ހަރުދަނާ ވާހަކަ ދައްކަން ވެއްޖެ ދޯ؟
"މެއި މަސް ނިމެންދެން ރާއްޖޭގެ އަދަދުތައް މައްޗަށް ދިއުން ގާތް ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.". މެއިމަސް ނިމެންވާއިރަށް ބޮޑުން ކުރާންހުރި ހުރިހާ ވައް ކަމެއް ކޮށް ނިމެނީހެއްޔެވެ؟
މިހުރިހާ އުނދަގުލެއް މިގައުމަށް މިޖެހެނީ މާތްﷲ ގެ ދީނަށް ފުރައްސާރަކުރާ ކެނެރީ ވައިރަސް ބުއްޅަބޭގެ ސުންޕާކަމުން
ވޯޓުން ވައްކަންކޮށްގެން ގެނައި ޙަރާމް ވެރިކަމެއްގައި އަމާންކަމެއް ނެތް! ހަމަޖެހުމެއް ނެތް! ހުރިހާ ދިމާއަކުން މިޤަވްމު ފަތިންދާއިރުވެސް އަދިވެސް މިތިބަ މުޑުދާރު ވެރިން ޢިބްރަތް ޙާޞިލްކުރާކަށް ނުވޭބާއެވެ؟
ތިޔަކަން އެނގޭނީ ތިމީހުންނަށް.
ފިޔަވަޅު ނާޅާ ދެން މިއޮއް ހުރިހާ ދުވަހު ތިބީ ކީއްވެފަޔޯ