މާލޭ ކައުންސިލްގެ އިންތިހާބީ މެންބަރު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޝުޖާއު ކޮވިޑަށް ފައްސިވެ، ހުން ގަދަވުމުގެ ސަބަބުން މިރޭ ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ވެސް ދީފައެވެ. ނަމަވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ އަށް ފަރުވާ ދިނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގެންނެވީ ހުން ގަދަވެގެންނެވެ. ޝުޖާއު ކޮވިޑަށް ފައްސިވިކަން އެނގުނީ ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.

ޝުޖާ އަކީ ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޝުޖާ ކޮވިޑަށް ފައްސިވުމުން އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް އެކަހެރިވާން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުޅުމާލެ ސޮރު

  އަވަސް ޝިފާ އަކައް އެދެން. ފާހަގަ ކޮލަން ބޭނުން ވަނީ ގިނަ ވަގުތު މަގުމަތިން ޝުޖާ ފެއްނަނީ މާސްކު ނާޅާ ނޫނީ ދައި ދޮޅީ ގައި އަޅައިގެން ހުއްނަތަން. ހުރިހާ ކުދިން ވެސް ރައްކާތެރިވޭ!

  35
  5
 2. Anonymous

  އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

  18
  2
 3. ވގ ޔނ

  ނާ ތިސުޖައު އަކައް ކޮވިޑެއް ނުޖެހޭނެ އެމީހުން ބުނަނީ މާލެގަ ކޮވިޑް ނެތްކަމައް މުޒާހިރާކުރާތީ މައިމޫނާ ބިރުދައްކަނީކަމައް

  6
  18
  • Anonymous

   ރީނދޫ ބޮޓުން އޯވާޑްރައިވްގަ. ކަލޭމެންގެ ފަޒޫވެސް މުޒާހަރާ ގާ އުޅެނިކޮށް ދޯ ޕޮޒިޓިވްއެވީ.މިއޮތީވާ ބޮނޑިބަތެެއް މި މީހުންނަށް ކެވިފަ.

   11
   2
  • އަލީ

   މައުމޫނުވެސް ފައްސިވީ މުޒާހަރާގަ އުޅެނިކޮއްދޯ.... ފުރަތަމަ މަިގައުމަށް މުޒާހަރާ ކިޔާ އެއްޗެއް ގެނެސް މިގައުމު ހަލާކު ކުރީ ކާކުތޯ ބަލާބަލަ... ކެނެރީ ވައިރަސް

 4. ނަޖީ

  ސުޖާއަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން

  22
  2
 5. ކޮވިޑް

  އަޅެ ވގ ދޭބަލަ ޓެސްޓް ހަދާލަން ހަމަޔަގީން ޕޮޒިޓިއު ވާނެ 100% މިހާރުވެސް އެ އުޅެނީ ނުބައި ނުލަފާ ޖަރީމާ އެއް ހިންގަން މާގިރި ކަހަލަ ހޮޓާތައް ބަލާ ފާރަ ލާން ޖެހޭ ، މާތް ﷲ ޝުޖާ އަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން