ހއ.ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން ގެންދާ މި ދަނޑިވަޅުގައި އެރަށުގެ 170ށް ވުރެން ގިނަ ގެތައް ކަރަންޓީނު ކުރެވިފައިވާކަން ހާމަވެއްޖެއެވެ.

ދިއްދޫ އިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް އެއް ފެނިފައި ވަނީ މީގެ ހަތަރު ދުވަަސް ކުރިންނެވެ. އެ މީހާ ބަލީގެ އަލާމާތްތައް ފެނި، ދިއްދޫ ފްލޫ ކްލިނިކަށް ދައްކައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ވައިރަހަށް ވަނީ ފައްސިވެފައެވެ. ދިއްދޫ އިން އެންމެ ފުރަތަމަ ފައްސިވި މީހަކީ ގިނަ މީހުންނާއި ދިމާވާ ކަހަލަ ތަނެއްގައި ވަޒީފާ އަދާކުރަމުން ގެންދާ މީހެކެވެ.

މިއަދު އެކަނިވެސް ދިއްދޫ އިން 21 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 49ށް އަރާފައެވެ. އެރަށުން އެންމެ ފަހުން ނެގި ސުންކުތަކުގެ ތެރެއިން 137ށް ވުރެން ގިނަ ސުންކުގެ ނަތީޖާ އަދި ނުލިބެއެވެ. އެރަށުގައި 1،150 ށް ވުރެން ގޭބީސީ ހުންނައިރު ގާތްގަނޑަކަށް 18 ޕަސަންޓު ގޭބީސީތައް މިހާރު އެވަނީ ކަރަންޓީނުގައެވެ.

ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލުން ނެރެފައިވާ ލިސްޓަކުން ހާމަވެފައިވާ ގޮތުގައި އެރަށުގެ 170ށް ވުރެން ގިނަ ގެއާއި ފްލެޓު މިހާރު ވަނީ ކަރަންޓީނު ކުރެވިފައެވެ. ކަރަންޓީނު ކުރެވުނު ގެތަކުގެ ތެރޭގައި އެންމެ ފުރަތަމަ ފައްސިވި މީހާގެ ޑައިރެކްޓު ކޮންޓެކްޓުންނާއި ފަހުން ފައްސިވި މީހުންގެ ކޮންޓެކްޓުން ހިމެނެއެވެ.

މިވަގުތު މޮނީޓަރިން އަށް ލައި، ދިއްދޫ އިން މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެ ރަށުން ފައްސިވި 49 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރައަސް ވުމުން ށ. އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް މީގެ 3 ދުވަސް ކުރިން ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ހއ. އިހަވަންދޫގައި ކޮވިޑް ފެސިލިޓީ އެއް ގާއިމް ކޮށްފައި ހުރި ނަމަވެސް، އެތަނުގައި ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން ޙިދުމަތް ލިބޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރީރު

    ބޭކާރު ތަންތަނަށް ފެސިލިޓީ ގެންދަންވާނެ އަދިވެސް. ޑޮކްޓަރުންނާ ނަރުހުންނާ ނެތަސް.. . ފެސިލިޓީ ހުރީ އިހަވަންދޫ ގައޭ ބުނަންވެގެން ގެންދިޔައީ. ހއ.އަތޮޅަށް ހަރާމުން ހަރާމް ފައިދާއެއް ވާނަމަ. އަތޮޅު މީހުން މިގެންދަން ޖެހެނީ ށ އަތޮޅަށް.. . އަތޮޅު ރައްޔަތުންގެ ރިސޯސަސް ބޭކާރު ކޮށްލައިފި މުަޅިން. ނުވާ ވަރު ކަން ކަމާ ހަވާލު ނުވެބަލަ އަން ވޭ ކިޔާފަ ދިނަސް..

  2. Anonymous

    ބަލަ ތިހިރީ ެނަބަރު ސިފާޒު ބާރުގަދަކަން އެކަހެރިކޮންއޮނަރަށެއް

  3. މިސާލް

    ބަލަ ތިހިރީ މެންބަރު ސިފާޒު ބާރުގަދަކަން އެކަހެރިކޮންއޮނަރަށެއް އަހަރެމެންގެ ދިއްދޫ މެންބަރުކޮބައި؟؟ތިކަންވެސްނިމޭނީބައިއަޅާގޮތައް މިއީ ނޭވާހޮޅި ގެ މީހުން ދިއްދޫގެ ރައްޔަތުން ތިދައްކަވާއިންސާނިއްޔަތުކަމެގެލާމިސާލު މުޅިގައުމު ފަހުރުވެރިވޭ ނަމޫނާ ބައެއްކަން ތިކުރާމަސައްކަތުގާ މާތްﷲ ބަރަކާތްލައްވާށީ އާމީން