މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ފުރަބަންދު ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ފުރަބަންދު ކުރުމަށް ސަރުކާރުގެ މަތީފެންވަރުގެ ވެރިންނާއި ޑޮކްޓަރުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މާލެ ފުރަބަންދު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިހާރު ފައްސިވަމުންދާ ރޭޓާއި ރާއްޖެ އޮތް ހާލަތައް ބަލާއިރު "ދެން އަތުނުވެދާނެ" ކަމަށް ބަލައިގެންނެވެ.

އޮފިޝަލް ވިދާޅުވީ މާލެ ފުރަބަންދު ކުރުމާއިމެދު މިރޭ ގޮތެއް ނުނިންމުނު ނަމަވެސް މާދަމާ ވެސް މާލެ ފުރަބަންދު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު ވެސް ރާއްޖެ އިން 734 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޒަމީ

  ވަރައްރަނގަޅު ކަ މެއް ނިޔަތް ރަނގަޅިއްޔާ..

  16
  6
 2. Anonymous

  ދެން ކީއްކުރަން؟ އަދިވެސް ވޯޓައް ހުޅުވާލާ.

  22
  1
 3. ރުއް

  އަނެއްކާ؟؟؟ މިކަންތައް މިވަރު ކޮއްލި ބަޔަކުވެސް އުޅޭނެ ހުރިހާ ދެރައެއް ނިކަމެތި ރައްޔިތު މީހާ އައް

  30
 4. ޙާމުދުރު

  ފުރީ ޔާމިން ގޮވަމުން މުޅި މާލޭގަ މީހުން އެއްކޮށްގެން ދުވެނަގާ ފައްސިވެ އައްސިވީމަ އަދިވެސް ފަރުދީ ޒިންމާއޭ ބުނާއިރަށް ތި ކަނޑަނީ ސަރުކާރު ބޮލަށް.

  16
  48
  • އަލީ

   ކަލެއަށް ކީއްވެތަ ސަރުކާރުގެ ބޮޑުން މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށަކާއި ކަނުގައި އަޗާތެޅިތަން ނުފެނުނީ... ސަފާރީތަކުގަ ބިރަކާނުލައި މަޖާކުރީ އިދިކޮޅު މީހުންތަ. ތިހާވަރަށް ދެލޯ ކަނުވީމަ ކަމަކު ނުދޭ ކަލޯ

   2
   1
 5. މަރީނާ

  މި ނުބައި ނުލަފާ ބައިގަނޑު ހަލާކު ކުރައްވާތޯ މަ ދުޢާ ކުރާނަން ކޮންމެ ރެއަކު

  20
  11
 6. ގެރި

  ލޮކްޑައުންކޮށްފިއްޔާ މުޒާހަރާވެސް ކުރާނަން. ވަކިވަރަކަށް ކެތްވާނީ

  20
  13
 7. ބަކަރި

  މި ޖަނަވާރުތައް ބޭނުންވާ ކަންކަން ކުރެވުނީމަ ރައްޔިތުންނަށް ބަލާވެރިކަން ޖައްސަން ލޮކްޑައުންކުރަނީ

  30
  8
 8. Anonymous

  ސަލި

  6
  7
 9. ޑައެލޯގް

  ހަމަގައިމުވެސް ރީދޫކުދިންގެ މިވައުދު މިފަހަރު ފުއްދައިފިއެވެ. އެއީ އެކުދިން ބުނެފަވަނީ " އަހަރުމެން މިއިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅަށް ކޮރޯނާ ޖައްސާފައެވެ."

  23
  6
 10. ސޮރު

  މާލެ ފުރަ ބަންދުކުރިޔަސް އިންޑިއާއިން މެދުއިރުމަށްޗަށް ފުރާމީހުން ގެންނަ ނަމަ ކޮބާ ހައްލަކީ. ފުރަ ބަންދޭކިޔާއިރު އަގަޔާއަތާ ދިމަލެއްނުވޭ. ރޯދަ މަހު ފަހު 5 ދުވަހު މިސްކިތަތައް ބަންދުނުކޮށް ދުއާ ކުރުން ގިނަކުރަންވީ. މިހާރު ތިނެރެނީ ކުރީގެ ސުކުންތޯ...

  30
 11. ާަމަސް

  މާ ލަސް ވެއްޖެ މިހާރުވެސް.

  17
  10
 12. Anonymous

  ކޮބާ ބަލި ފެތުރުވި ކެނިރިގެ ބުއްޅަބޭ؟؟؟؟؟؟؟

  15
  3
 13. Ahmed

  ފުރަބަންދު ކޮށްފިނަމަ ރެސްޓޯރަންޓު، ކެފޭ، ހޮޓާ ތައް ބަނގުރޫޓް ވެދާނެ. ވައިރަސް ރާއްޖެއިން ނައްތާލެވިއްޖެނަމަ ޕީ.ސީ.އާރު. ލެބް ތަ ކުގެ ވެރިން ބަންގުރޫޓް ވެދާނެ!

  23
  3
 14. ހާލުފޮޅި

  އަދި އަވަސް...