ހއ.ދިއްދޫން މިއަދު މިހާތަނަށް އިތުރު 20 މީހުން ކޮވިޑަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

މީގެ ތެރެއިން 45 މީހުންނަކީ ދިއްދޫން މިހާރު ފެނިފައިވާ ކޮވިޑް އިހަލުގެ މީހުންނެވެ. ބާކީ ތިބި ހަތަރު މީހުންނަކީ ފުރަބަންދު ކަރަންޓީނުގައި ތިއްބާ ކޮވިޑަށް ފައްސިވި މީހުންނެވެ.

ދިއްދޫން ކޮވިޑްގެ ވޭދަނަތަކެއް ފެނުމުން އެރަށުގެ 170 އަށްވުރެ ގިނަ ގެ މިހާރު ވެސް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ދިއްދޫ އިން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ފައްސިވެފައި ވަނީ މީގެ ހަތަރު ދުވަަސް ކުރިންނެވެ. އެ މީހާ ބަލީގެ އަލާމާތްތައް ފެނި، ދިއްދޫ ފްލޫ ކްލިނިކަށް ދައްކައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ވައިރަހަށް ވަނީ ފައްސިވެފައެވެ. ދިއްދޫ އިން އެންމެ ފުރަތަމަ ފައްސިވި މީހަކީ ގިނަ މީހުންނާއި ދިމާވާ ކަހަލަ ތަނެއްގައި ވަޒީފާ އަދާކުރަމުން ގެންދާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު