23:03

ޏ. ފުވައްމުލައް ސިޓީން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

22:38

ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ބައްޔަށް ފައްސިވާ ނިސްބަތް ފުރަތަމަ ފަހަރަށް 19.7% އަށް އަރައިފި

22:36

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 703 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

21:46

ޅ. ނައިފަރުގައި އުމުރުން 97 އަހަރުގެ އަންހެނަކު ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެ

21:45

ކޮވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

20:14

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އެމެރިކާއިން ރާއްޖެއަށް އަންނަ މީހުން ދަތުރު ނުކުރުމަށް އެގައުމުގެ ސެންޓަރފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިލްތިމާސްކޮށްފި

20:08

ހއ. ދިއްދޫން އިތުރު އަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

19:29

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ލ. ގަމުގައި ކާފިއު އިއުލާނުކޮށްފި

18:52

އިއްޔެ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، އޭގެ ތޭރަގައި 80 ކުއްޖަކު ހިމެނޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެ

18:42

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ޕޮލެންޑުން އިތުރު 510 މީހުން މަރުވެއްޖެ.

17:57

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ދޭން ނިންމައިފި

17:55

މިހާރު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތުގައިވެސް ފައިމަގުގައި ހިނގާފައި މިސްކިތަަށް ދަމުނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

17:09

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފި

16:38

މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަން މިއަދު ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ

16:27

16:20

ހަލުވިކަމާއި އެކު އިންޑިއާގައި ކޮވިޑް ފެތުރެމުންދާތީ އިންޑިއާ މީހުން ސްރީލަންކާއަށް ދަތުރުކުރުން މަނާ ކޮށްފި

15:59

ޖިމްތަކާއި، ސެލޫންތަައް އަދި ސިނަމާތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

15:39

ރާއްޖޭގެ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ

15:35

ޅ. ނައިފަރުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

15:14

މިރެއިން ފެށިގެން ރޭގަނޑު 9:00ގެ ފަހުން ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި

13:35

ސްރީ ލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެ ގައުމުގައި ހުރި ހޮސްޕިޓަލްތައް ފުރެން ކައިރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

13:27

ރާއްޖޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ކޮންޓްރޯލް ކުރުން ސިފައިންނާއި ފުލުހުންނާ ހަވާލުކުރުމަށް އެމްއެންޑީއެފް އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ގޮވާލައްވައިފި.

13:08

ކޮވިޑް-19 އާ ގުޅިގެން ޏ. ފުވައްމުލަކަށް އަރައި ފޭބުން މިއަދު މަނާކޮށްފި.

04:36

ހުޅުމާލެ ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ

03:04

ސްރީލަންކާއިން ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެ.

02:55

ނޭޕާލްގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

02:42

ސްރީލަންކާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މާބަނޑު މީހަކު މަރުވެއްޖެ

01:18

ކޮވިޑް-19 އާ ގުޅިގެން ހއ. ދިއްދޫގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

01:18

ހއ. އަތޮޅު ދިއްދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 57 އަށް އަރައިފި

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން އަންނައިރު ފެންނަން އޮތީ ބިރުވެރިމަންޒަރެކެވެ. ކޮވިޑަށް ހާއްސަކޮށްފައިވާ އެނދުތައް އަންނަނީ ފުރެމުންނެވެ. މާދަމާ ރެއިން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ގެއިން ބޭރަށް ނިކުތުން މިހާރު ވަނީ މަނާކޮށްފައެވެ. ނަމަވެސް މިހާރު ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދަށް ބަލާއިރު މިހާރު ހަރުކަށި ފިޔަވަޅުތައް އެޅިނަމަވެސް އަދި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހު އަދަދުތައް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުން އަންނައިރު ހުޅުމާލޭ ފެސިލިޓީގައި ހުންނަ 248 އެނދުގެ ތެރެއިން 171 އެނދުގައި މިހާރު ބަލި މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެހެންކަމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ %68 މިހާރު ވަނީ ފުރިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    އެޗްޕީއޭގެފަރުވާ ކުޑަ ކަށާއި ސަރު ކާރުގެ އޮޅުވާލުމަށާއި ހެލްތުމިނިޓްރީގެ ދޯހަޅިސިޔާސަތަށް ފައްފަށުން ޝު ކުރިއްޔާ.
    ރައީސްމީހާގެލޮލުން މިހާރަ ކުނުފެނޭ
    ލޭ ކަރުނައަންނަތަނެއް !!! ކުނި ކަހާ ބޮޑުވަޒީރުވެސް އަވަދިނެތިއުޅުއްވާތަން ފެންނަނީ ދެތިންޕާޓޭންގޮވައިގެން ނިޒާމުބަދަލުނު ކުރެވިގެން !

  2. Anonymous

    ސަރުކާރު ބޮލަށް ކަނޑާލާފައި ދެންވެސް މުޒާހަރާއަށް ނުކުމޭ އަވަހަށް....
    މޮޅު ތަކެއް ވެއްޖެތަ ޔާމީން ގެއަށްނުގެނެވިގެން އުޅުނު ބައިގަނޑަށް

    1
    3
    • Anonymous

      އާނ. ވަރަށް ގިނަ މޮޅު ތަކެއް ވެއްޖެ. ކަލޭމެން ބޭނުން ސިޔާސީ މީހުން ގޭގަ ބައިތިއްބާފަ ބޭނުން ބަޔަކު ޖަލުތަކަށް ލާފަ މާމޮޅުތަކެއް ކަލޭމެންނަށް ވެއްޖެތަ؟ ދެން ވެސް އިންތިހާބު ގާތްވާއިރަށް އިންސާފޭ ގޮވާފަ އަނގަ ފުޅާނުކުރާތި. މަކަރުން ވެރިކަމަށް އަރާ ތިޔަ ވެރިކަމެއް ކުރަން ވަރަށް ފަސޭހަ ވެއްޖެ ތަ؟

  3. އައިހާ

    ސަރުކާރުގެ ދޯހަޅިކަމުން ކަމެއްކުރަންނޭގިގެން އަދިވެަސް ލަދެއްނުގަނޭތަ މިގައުމުހަލާކު ކޮއްފި