ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި 11 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫ މިހާރު ވަނީ ފުރިފައެވެ.

ހުޅުމާލޭ ފެސިލިޓީގައި ހުންނަ 248 އެނދުގެ ތެރެއިން 171 އެނދުގައި މިހާރު ބަލި މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެހެންކަމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ %68 މިހާރު ވަނީ ފުރިފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށީ ކައުންސިލް އިންތިހާބަށް އޭޕްރީލް 10 އާއި ދިމާކޮށް ބޮޑެތި ލުއިތަކެއް ދިންތާ ހަފްތާއެއް ފަހުން އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެންނެވެ. އޭރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަށަށް ދިއުމަށް ފަހު އަނެއްކާ ހާލަތު ގޯސްވެ، ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ހަތްސަތޭކަ ފަހަނައަޅައި މައްޗަށް ގޮސްފައެވެ.

އެޗްއީއޯސީ އިން ވިދާޅުވީ މިހާރު ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު މިހާރު ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް އަންނަ ޖޫން މަސް ފެށެންދެން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސާހިލް

    ކަލޭމެން އަޅެ މޮޔަވެގެންތަ ތިއުޅެނީ. ކޮއްފަ ނުކުރާނެ ކަމެއް ނޭނގިގެން. ބޯހަލާކު.

    16
    2
  2. ދެރަ ދޯ ދެން ވަރަށް

    ފުރަބަންދަކަށް ނުގޮސް ދަށްކުރެވޭނެބާ ކޭސްތަށް؟

    10
    3
  3. އުސްމާނުބެ

    އަމާބުނީ ތީ ފަރައްދާ އުސޫލުން ކަންކަން ނުކޮއް ދެންވެސް މިކަން މައިތިރި ވަންދެން ތަންކޮޅެއް ހަރުދަނާ ފިޔަވަޅު އަޅަބަލަ.... ދަތީގަ އުޅެން ޖެހުނަސް ފުރާނަ ސަލާމަތުން ހުރިއްޔާ މާދަަމާވެސް މިއަދު ލިބުނުގެއްލުން ފޫބައްދަން މަސައްކަތް ކުރެވޭނެ. އެންމެސްވެސް ތަން ކޮޅެއް އަމިއްލަ އެދުންވެރިކަން ބަހަައްޓަފަ ތަންކޮޅެއް ޒިންމާދާރުވާންވެއްޖެ. މިސަރުކާރަކީ އަދިވެސް ބޮޑުވާން ދަންނަ ސަރުކާރެއްނޫން

    32
    5
  4. ތެދު

    އިންޑިޔާއިން ބަލިމީހުން މިތަނައްވައްދާފަ މިހާރުދެން ހުރިހާމުސީބާތެއް ރައްޔިތުންނައްތޯ...
    އިންތިހާބުނިމުނީ، ފަހުފިހަ އަދި އީދު ފެނައް..
    ލާދީނީން މިނިސްޓަރުކަމަށް..އެމްޑީއެން ގެބާރު(އެމްޑީޕީ(...!!؟ އައްޔިތުން ގުނބޯހެދިފަ..

    34
    1
    • ބަގަތަންބެ

      ބަލިމަޑު ކަމަކީ މާތްﷲ އިންސާނުންގެ މައްޗަށް ފޮނުއްވަވާ އިމްތިހާނެއް ދޭތެރެޖައްސާ އަދާވާތްތެރިވުމުގެ ބަދަލުގައި އީމާންތެރިކަން އިތުރުކޮށް އަޅުކަމާއި ދުއާކުރުން އިތުރުކޮށް ތިމާއާއި ތިމާގެ އާއިލާ މިބަލިން ރައްކާތެރިކުރުވާ

      6
      1
  5. ސަންގުމަރުމަރު

    މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންނާއި މަޖިލީހުން. ފާއިތުވި 4 މަސް ދުވަހު ސަރުކާރާ މަޖިލީހުގެ އެންގުމަށް ހުރިހާ ކަމެއް ދޫކޮށްލަފާ. ދެން މިހާރު ވާނެ އެއްޗެއް ވީމަ ކާފިއު ހިންގީމަ ކިހިނެއް ހައްލުކުރަނީ. ސަރުކާރު އިސްތިއުފާާާ. މަޖިލީސް އިސްތިއުފާ

    45
  6. ޜާހި

    1 ދުވަަސ

    7
    1
  7. ހުސައި

    ހެޔޮނުވަާނެ ދަމުނަމާދު ކެންސަލް ނުކުރާތި.

    30
  8. ޔޫސުފް ޔޫޝަޢު

    ފަތިހު 4 އެއީ ރަމަޟާން މަހަށް އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ބެލެވެނީ ، ދަމު ނަމާދަށް ދިއުމަށް މެނދަމު 2:30 އިނުން މުހިއްމު

    23
  9. ޑައެލޯގް

    އެމްޑީޕީކުދިންނޫންބަޔަކު ވެރިކަމުގަ ތިބެއްޖެނަމަ، އެމީހުން އަބަދުވެސް ބޭނުންވާނެ ރާއްޖޭއަށް ދެރަގޮތްވާން. އެގޮތުން ރާއްޖެއަށް ޓޫރިސްޓުން ނައުމަށާއި މަސްވެރިންބާނާމަސް ޔޫރަޕަށް ނުގަތުމަށާއި އަދި މިފަދަދެރަ ރާއްޖެއަށްވާން ދުއާކުރުން ހިމެނެއެވެ. ދެން އެހުރިހައި މަސައްކަތުގެ ނަތީޖާ މިލިބުނީ އެމީހުންގެ ސަރުކާރުގައެވެ. މިއިން އެގޭކަމަކީ އެހެންބަޔަކު ވެރިކަމުގަ ތިއްބަސް އެފަދަކަންކަންކުރަންނުވާނެކަމެވެ. ތިމާފޭހުނު އިލޮށި ތިމާލޮލަށެވެ.

    30
  10. Anonymous

    އަޅުގަނޑުގެ ސުވާލަކީ އެންމެ ރެއަކައްތޯ ކާފިއު ހިންގަނީ؟

    13
  11. މަ

    ކިހާ ބޮޑުވެއްޖެ އުނދަގުލެއްތަ އޭނ؟؟؟؟ މިމީހުން ހީވަނީ މިމީހުން ނަމާދު ނުކުރާއިރު އެހެން މީހުންވެސް ނަމާދުކުރިޔަކަ ނުދޭން އުޅޭހެން😑 މިއީ ރަމަޟާން މަހުގެ ފަހުދިހައޭ.!!!! އެންމެން ކިހިނެއްތަ ގޭގަ ނަމާދުކުރަނި އަޖައިބެއް😠 ކަލޭމެންނަށް ކޮވިޑް ކޮންޓްރޯލް ކުރަން ނޭނގެންޏާ އިސްތިއުފާ ދީފަ ގެއަށް ދޭބަލަ މީހުންނަށް ދުއްތުރާ ނުކޮށް😠 އާނ ފަހެ ޚާއްސަ ހުއްދަ ވެސް ލިބޭ ކުޅިވަރު ކުޅެން އިންޑިއާއިން އަންނަ މީހުންނަށް😑 އެކަމަކު އާއްމު ރައްޔިތުންވީ ފަހުދިހައިގެ ހެޔޮކަން ނުލިބި ގޭގަ ތިބެން😐 ކަލޭމެން އަމިއްލައަށް ކޮވިޑް ތި ފަތުރާ ނީ🙄 ގިނަ ލާރި ހޯދަން😐 ހަމަ ގަސްތުގަ ކުރާ ކަމެއްހެން ހީވާ ކަހަލަ🤐 އެމްޑީޕީ އިންތިހާބަށް ވާއިރަށް މަދުކުރާނަމެއްނު😪😑😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    27
    3
  12. މަންމަ

    ކަލޯ އަދި މާ އަވަހެއްނު ތިކަން ކުރަން؟ އަދި މަޑުކޮށްލާ އިންޑިއާ އޮތް ހާލަތަށް ދިޔާމަ ދެން ފަށާ. ޥޯޓައިގެން ކުރިއަށް. މޮޔަ ދިވެހިން ދެނެވެސް އަތްޖަހަން ތިބޭ. ވަރަށް ވެދުމާއި ސަލާމް

    18
    2
  13. ަސަން

    ޝުކުރައްޔާ

    6
    2
  14. ލަބީ

    މިއީ ރޯދަމަހު ފަހު ދިހަޔަށް މިމީހުންރާވައިގެންޖައްސާގޭމް މުސްލިމުންރޭއަޅުކަންކުރަންމިސްކިތްތަކަށްދާތީ އެކަންތައްހުޓުވާލީ ވަރަށްބަސްއަހާ ފޭކު ކޮރާނާއެއްމިއީ ދުވާލުވާއިރަށް ފޭކު ކޮރާނާ ހޮރުތަކަށްވަދެފިލާނެ އަނެއްކާ މޮޅުތަންކޮޅަކީ އެޗްޕީއޭގެ ހުއްދަދީގެން ކެމްޕޭނުކޮއްފިއްޔާމު ފޭކު ކޮރާނާއެއްނުޖިހޭ

  15. އަލީ

    ސަރުކާރުގެ ބޮޑުން ހުރިހާ ނުބައެއް ހަދާ މުޅި ރާއްޖެއަށް ބަލިފަތުރާފަ ރައްޔިތުންނަށް ހުރިހާ އުނދަގުލެއް..

  16. ..،..

    ހަމައެކަނި ރޭގަނޑުނުކޮއް ހަވީރުވެސް ކުރަންވީ..

    4
    1
  17. ޒާ

    ކީއްވެތޯ ދަތްދޮޅީގައި މަސްކު އަޅައިގެން އެހެން މީހުން ނުރައްކަލަށް ވައްޓާލައި އުޅޭމީހުންނަށް އަދަބެއް ނުދެވެނީ.

    3
    1
  18. ލލ

    ސީދާ ދަމު ނަމާދަށް ދިއުމަށް ހުރަސް އަޅަން ކުރާކަމެއް !

  19. ސުންކޫ

    ނޫސް ގެ ވެރިންގެ ފަރާތުން ވަރަށްބޮޑަށް އެދެން ކޮވިޑާއި ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުން ޢަމަލު ނުކުރަނީ ކީއްވެގެން ތޯ ސާފުކޮށް ދެވިދާނެތޯ؟ މިހެން މިދެންނެވީ ޑިއުޓީ ބަހައިގެން މަޖިލިސް ބަންދު ނުކޮށް މުވައްޒަފުން ނެރެގެން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު އެބަލިބޭ އެހެންވީމާ މިއީ ރަގަޅު ވާހަކައެއްތޯ ސާފުކޮށް ދެވިދާނެތޯ؟