ކ. އަތޮޅު މާފުށިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 388 އަށް އަރާފައެވެ.

އެރަށަކީ މިހާރު މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަބަޔަކު ކޮވިޑަށް މިހާރު ފައްސިވަމުންދާ ރަށެވެ.

އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރު 356 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އެރަށުން ބަލި ޖެހުނު 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަ މީހަކަށް ފެސިލިޓީތަކުގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    އިންޑިޔާ ފުލައިޓްތައް ވަގުތުން ވަގުތައް ހުއްޓާލުމައް ސަރުކާރައް ވ ހަރުކަށިކޮށް ގޮވާލަން. މިއީ އަހަރެމެންގެވެސް ގައުމު.