ކޮވިޑް-19 އާ ގުޅިގެން ހއ. ދިއްދޫގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެރަށުން ކޮވިޑް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން އެރަށުން ގިނަ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ.

އެގޮތުން މިރެއާ ހަމައަށް އެރަށުން 49 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން ފެންނަމުންދާ ފައްސި ވޭދަނަތަކާއި ގުޅިގެން ކައުންސިލުން ވަނީ އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އެގޮތުން މިއަދު ހަވީރު 4:00 އިން ފެށިގެން މެއި 12 ވަނަ ދުވަހުގެ ހަވީރު 4:00 އަށް އެރަށުގައި ހަރުކަށި ފިޔަވަަޅުތަކެއް އެޅުމަށް ނިންމައި އެކަން ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

އެރަށުގައި އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް

  • މަގުމަތީގައި އާއި ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވުން،
  • ރޯގާގެ އަލާމާތްތައް އެއްވެސް ވަރަަކަށް ހުރި މީހުން މިސްކިތަށް ނުދިއުން
  • އެެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން
  • ފިހާރަތަކަށް އެެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެތަންތަނުގެ އެތެރޭގެ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުން
  • މިސްކިތްތަކަށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ދާއިމާށް ބޭސް ކާ މީހުން ނުދިއުމަށާއި، މިސްކިތަަށް ދާ މީހުން މުސައްލާ ގެންދިއުމަށާއި، ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
  • މިސްކިތްތަކުގައި ގައިދުރުކަން ބެެެހެއްޓުމާއި ގިނައިރު މަޑު ނުކުރުން
  • ފިހާރަތައް ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުވާފައި ބެހެއްޓުމާއި އެހެން ގަޑިތަކުގައި ބަންދުކޮށް، ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ފިހާރަތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުން
  • ރެސްޓޯރެންޓްްތަކުން ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ހިދުމަތް ދިނުމާއި، އެގަޑީގައި އެތަންތަނުން ޑެލިވަރީ ހިދުމަތް ދިނުން
  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 8:00 އަށް ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުން
  • ޕާޓީތަކާއި، ކުޅިވަރު ހަފްލާތައް ކުރިއަށް ނުގެންދިއުމާއި، ޕާކްތައް ހޮޅުއަށިތަކަށް މީހުން އެއްވެ ނޫޅުން

ދިއްދޫން ކޮވިޑް ފެނުމުން އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތުނބުޅި

    އުޅަނދު ހުއްދަ ނަގަން ހަދަންޖެހޭ ގޮތް ކިޔާދީބަލަ

  2. ކާފަ

    ވަޅޯ ފިޔަވަޅުތަކެއް އެޅިޔަސް ކަމަކުނުދާނެ ހަޝިމޫ.. ފުރަތަމަ ސުކޫލު ބަންދުކޮޢްބަލަ. ކަލޭ ދައުރު ހަމަ ވިޔަސް ރަނގަޅި ފިޔަވޅު އަޅާބަލަ...

    6
    1
  3. Anonymous

    އުޅަނދު ހުއްދަ ނަގަން ހަދަންޖެހޭ ގޮތް ކިޔާދީބަލަ

    ޜަށު ކައުންސިލު ގަ އެދެން ޖެހޭނި

  4. ކާފަބޭ

    ބޯގަމާރު ކައުންސިލު...