ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ.
އެ މީހާ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި އަންހެން މީހާއަކީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.
އޭނާ އަކީ ގއ.ކޮލަމާފުއްޓަށް ނިސްބަތްވާ އަންހެނެެކެވެ.
އޭނާ އަކީ މިދިޔަ އޭޕްރިލް މަަހުގެ 25 ވަނަ ދުވަހު ކޮވިޑަށް ފައްސިވެގެން ހުޅުމާލެ ފެސިލިޓީއަށް ގެންގޮސް ފަރުވާދެމުން ގެންދިޔަ މީހެކެވެ،
ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވެއްޖެކަން މިހާރު ސަހަރާއަށްވެސް ވަނީ އަންގާފައެވެ.
އެހެންކަމުން ކޮވިޑްގައި ނިޔާވާ މީހުން ވަޅުލުމަށް އޮންނަ އުސޫލާއި އެއްގޮތަށް އެ މީހާގެ ޖަނާޒާ ކަންކަން ކުރިއަށްގެންދިއުމުގެ މަސައްކަތް ހުޅުމާލެ ސަހަރާގައި އެ މަސައްކަތުގައި އުޅޭ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މަރަކީ ކޮވިޑްގެ މަރެއްގެ ގޮތުގައި އައި އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ.
މިއީ ކޮވިޑްގެ މަރެއް ކަމަށް ކަނޑައަޅައިފިނަމަ، ރާއްޖެއިން މި ބަލީގައި ނިޔާވި 75 ވަނަ މީހާ އެވެ.
إنّا لله وإنّا اليه راجعون
މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ
މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި
ތިކިޔާ އެއްޗެއް އެބަައިގޭ؟
މި މީހާ ވެކްސިން ދެ ޑޯޒް ހަމަ ކުރިތޯ ބަލާދީބަލަ؟
ފަރުވާއޭ އެއް ތަނަށް ގެންގޮސް އެއްލާލަނީ އާއިލާ އާ ވަކިކޮށްލިީމަ ޑިޕްރެޝަން އަށް ދަނިީ...ގަސްތުގައި މީހުން މަރަނިީ...