ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ކުރިއަށްވުރެ ނުރައްކާވުމާއި އެކު، ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވޮލެންޓިއާކޮށް މަސައްކަތްކުރެއްވުމަށް ތައްޔާރަސް ހުނެނެވި ކަމަށް ރައީސުލްޖުމްހޫރިއްްޔާގެ އަނބިކަނބަލުން ފަސްްޓު ލޭޑީ މެޑަމް ފަޒްނާ އަހުމަދުު ހާމަކުރައްވައިފިއެވެ.

މިހާރު ބަލި ފެތުރެމުން އަންނަ މިންވަރު ރެކޯޑް އަދަދަކަށް މައްޗަށް ގޮސްފައިވުމާއި އެެކު މި ބަލީގައި ފަރުވާދޭން ޖެހޭ މީހުންގެ އއަދަދު ވަރަށް ބޮޑަސް ވަނީ އިތުރުވެފައެވެ. މިއާއި އެކު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދާ ސިއްހީ ހިދުމަތްތެރިން ވެެސް ވަނީ މަދުވެފައެވެ. ހެލްތު މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މަސައްކަތް ކުރާނެ އިތުރު ފަންނީ މީހުން ހޯދުމަށް އިއުލާންކޮށްފައެެވެެެ.

މިކަމާއި ގުޅިގެން ފަޒްނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެެފައި ވަނީ، ފުރުސަތު ދެއްވަިފި ނަމަ އެކަމަނާ ހުންނެވީ ވޮލެންޓިއާކޮށް މަސައްކަތްކުރެއްވުމަށް ތައްޔާރަށް ކަމަށެެވެެ. ކޮވިޑް ޖެެހުމަށް ފަހު ރަނގަޅުވެ މިހާރު ހުންނެވީ ރައްކާތެރި ހާލަތުގައި ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް ފެތުރޭތީ ލޮކްޑައުން ކުރި ހިސާބުންވެސް އެކަމަނާ ވަނީ ވޮލެެންޓިއާކޮށް މަސައްކަތްކުރައްވާފައެވެެ. އެކަަމަށްް އިޝާރަތްކުަރައްވައި ވިދާޅުވީ ގާލް ގައިޑް އެސޯސިއޭޝަނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ޔުނިސެފާ އެކު މަސައްކަތްކޮށް، ހާއްސަ ވީޑިއޯ ތައްޔާރުކޮށް މީގެ ކުރިންވެސް ވާނީ އެހީތެެރިކަމަށް ބޭނުންޖހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެެކަމަނާ އިތުރަށް ވިދާޅުވީ، މަގުސަދަކީ ކުރައްވާފައިވާ ކަންކަމުގެ ވާހަކަދެއްކެވުން ނޫން ކަމަށާއި ބޭނުންފުޅުވަނީ ވޮލެންޓިއާކޮށް، ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދީ، ގައުމު ބޭނުންވުމުން އެފަދަ ފަރާތްތަކަށް ނުކުތުމަށް އެހީއަކަށްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮވިޑް

    ތައްޔާރަށް ހުރޭ ގޭގަ މިހާރު މިކަމަށް އަހަރަކަށް ވުރެ ގިނަވީ ވޮލެންޓިއާކޮށް އަދި މުސާރަ ނަގާތޮތަށް ވެސް ނުކުންނަށް ނުކެރި ފަ މިހާރު ކޮން ވާހަކަ އެއް، އިބޫ ކުކުޅު ރިހަ ކެއްކީމަ ކާލަން މުލީއާގޭގަ އޮވޭ، ރައްޔަތުންގެ ޝައުޤު ވެރިކަމެއް ނެތް ތި މެޑަމަކަށް ލޮލް.

    27
  2. ޔާމިން

    ބޭނުމެއްނޫން ލާދީނީ

    27
  3. ސައުޝާދު

    ނެކްސްޓް ޖޯކް

    21
  4. އެމަންޖެ

    ދެން މެޑަމް ފަޒްނާ ވޮލެންޓިއާކޮށް މަސައްކަތްކުރުމުން އެލެވެންސްގެ ގޮތުގަ ދައުލަތް އެއްކޮށް ހިބަކޮއްދީ. އަލިފް ޔާ.

    28
  5. އަލީ

    ގޮތް ދައްކަން...ދެވަނަ ކަމެއް ނޫން... ތިޔަހާ ރައްޔިތުންނަށް ހިތް ހެވިއްޔާ ފިރމީހާ ކާރި ބުނެބަލަ އިސްތިއުފާ ދީފަ ތިކަން ކުރެވޭ ވަރު ބަޔަކާ ހަވާލު ކުރާށޭ...

    29
  6. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ނޫސްތަކުގެ ފަލަސުރުހީއަށް ނޭރުވިޔަސް ނުކުމެ ކޮށްބަލަ.

    24
  7. އެލެކްސް

    ކަމަނާ ނުކުމެއްޖިއްޔާ ފަހަތުން ބޮޑު ފައުޖެއް އަންނާނެ ފޮޓޯކޮޅެއްްް ނަގާފަ އެފްބީގަ ޖަހާލާ. މަހުލޫފުވެސް ވަރަށް ފޮޓޯވާނެ

    27
  8. ތަގަރިރާނީ

    މޫނުމަތިން ހާދަ ވިއްސާރަދުނި ވައްތްރުހެން ހީވެޔޭ.

    11
  9. ައަބޫ

    ދައުރުނިއްމާނެ އިތުރުދައުރެއްނުދީ ގޭގެއައްގޮސް ވައްކޮށްރޮށިފިހެލަދިނަސް

  10. ހަސަނާ

    ތައްޔާރައްހުންނަންވީކީނޫން އިސްތިހާރުނުވެ ﷲ ގެ ދަރުމައާއިސަވާބުއެދިގެންނުކުމެެ އެހީތެރިވާންވީފިލްމުކުޅޭންވީކީނޫން ހުޅުމަލެ ކޮވިޑުފެސިލިޓީއައް އާދޭ އެދާގެ ހިންގުމާހަވާލުވެ އެހީތެރިކަންފޯރުކޮއްދީ...

    • ކޮވިޑް

      ހަސަނާ އެއީ ނުކުންނަން ބޭނުން ވެގެން ނެއްނޫނޭ ، ދެން މި ޤައުމުގާ އެކިޔާ މީހަކު ހުރިކަން އަންގާލީ ނޫސްތައް މެދުވެރިކޮށް، ލަދުން ބޯހަލާކު،

  11. ހަސަނާ

    ތައްޔާރައްހުންނަންވީކީނޫން އިސްތިހާރުނުވެ ﷲ ގެ ދަރުމައާއިސަވާބުއެދިގެންނުކުމެވަޑައިގަންނަވާ މިހާރުވެސްމާލަސްވެހްޖެ ނޫންތޯ....

  12. ސަމް

    އަހަރެން ހީކުރީ މީނަ ތަންކޮޅެއް ހަމަޖެހޭނެ ކަމަށް.

  13. ހަސަންބެ

    ބޮޑުބާގީގެ ދަރި ދިވެހިންނަށް ކޮށްދޭނެ ޚިދުމަތެއް ނޯންނާނެ ޝަހީދުކޮއްލި 19 ދިވެހިން ލޭގެ އަގުދައްކާ! އެހެންނޫނަސް ލާދީނީ މީހުންގެ ޚިދުމަތެއް ދިވެހިން ގަބޫލެއް ނުކުރޭ! މެޑަމް ފާތުން މިގައުމުގެ ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތް ކަލެޔަކަށް ނުކުރެވޭނެ! ރައްޔިތުންގެ ޓެކުސް ފައިސާއިން ކުކުޅު ކައްކައިގެން ކާން އޮވެބަލަ! ޚިދުމަތްކުރަން ވެރިކަން ނިމެން 7 ދުވަހަށްވީމައި ނިކުތްނަމަ ރަގަޅުވީސް! ކަލޭގެ ފިރިމީހާއަކީ ލަދެއްވެސް ގަންނަމީހެއްނޫން ލަދުގެ ކަންފުޅެއްވެސް ހުރިނަމަ މިހާރު ވެރިކަން ދޫކޮށްލައިފީސް ވޯޓުދިން ރައްޔިތުން އަޑުހަރުކޮށް ރެއާ ދުވާލު ގޮވަމުންދަނީ ވެރިކަމުން ފޭބުމަށް!

  14. ޢަލީ

    އަހަރެމެންވެސް މިތިބީ ތައްޔާރަށް، އެކަމަކު އަހަރެންގެ ގޭގެ ކުލި ދައްކާނެ ލާރިއާއި ކުދިންކޮޅާއި އަންހެނުންނާއި މަންމައާ ބައްޕަ އަށް ކެވޭނެގޮތް ހަދައިދޭންވާނެ. މެޑަމްއަކީ ދައުލަތުގެ ޚަރަދުގައި ހުރިހައިކަމެއް ލިބިގެންވާ މީހެއް، ދާން ރަނގަޅު. ދިޔައަސް އެދަނީކީ ފަޒުނާއަށް ވެގެންނެއްނޫން. އެއީ ދައުލަތުގެ މީހަކަށް ވާތީ، އެކަހަލަ ބައިވަރު އުޅޭނެ، މަސައްކަތްނުކޮށް މުސާރަ ދޭމީހުން ކޮބާ.

  15. Anonymous

    އަހަރެމެން ކުންފުނީގެ މަސަޢްކަތު މީހަކަށްބޭނުން