ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ބުނެ ސަރުކާރުގެ ނިންމުމަށް، ހިލޭ ސާބަހަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖާނީ ޖަމިއްޔާ އިން ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.

"ވަގުތު"އާ ވާހަކަ ދައްކަވަމުން ޖާނީގެ ގްލޯބަލް މާސްޓާ ޓްރެއިނިން މެމްބަރު އަލީ އަދީބު (ބެއާ) ވިދާޅުވީ ހެލްތުގެ ދަށަށް އެންޑީއޭ ބަދަލުކުރުމަކީ ގައުމަށް ވެސް ލިބުނު ބޮޑު ހިތްވަރެކެވެ. އަދީބު އެހެން ވިދާޅުވާ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ ހެލްތުގެ ބެލުމުގެ ދަށަށް އެންޑީއޭ ބަދަލުވުމުން މިހާރު މިއޮތް ހެލްތްގެ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ފަރުވާ ހޯދަން ބޮޑެތި ފަސޭހަތަކެއް ހޯދޭނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ނަމަ މަސްތުވާތަކެތީގެ މީހުންނަށް ބޭނުންވާ އެއްވެސް ފަރުވާއެއް ދެވެނީ މާލޭގެ ހޮސްޕިޓަލުތަކުންނެވެ. އެކަމަކު ސީދާ ހެލްތުގެ ބެލުމުގެ ދަށުންދާ ނަމަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިއްޖެނަމަ އެއީ ލިބިގެންދާނެ ބޮޑު ފަސޭހައެއްކަން އަދީބް ފާހަގަކުރެއްވިއެވެ.

އަދީބް ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށްވެސް ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ސިޔާސީ ނުފޫޒެއް ނެތި، އެންޑީއޭ ހިންގާނެ ގޮތުގެ މުހިއްމު ޕްލޭނެއް އެކުލަވާލުމެވެ.

އެންޑީއޭ ހެލްތުގެ ދަށަށް ގެނެސްފައި މިވަނީ ބޮޑެތި އެ އެޖެންސީގެ ތެރޭގައި އެކި ކަހަލަ މައްސަލަަތައް ހުރިކަން ފާހަގަކުރެވި އެތައް ގޮތަކުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެންޑީއޭ އިސްލާހުކުރަން ޖެހޭ ކަމަށް ހުދު ސަރުކާރުންވެސް އެއްބަސްވެއެވެ. ފަރުވާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ޑްރަގް އެޑިކްޓުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން އެންޑީއޭއިން ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިފޫ

    ހޭލުންތެރިކުރުވަން ހިންގާ ޕްރޮގްރާމް ތަކުގަ މިކިޔައިދެނީ ބޭނުންކުރީމަ ތިމާއަށް ވަނީ އެހެންނޭ މިހެންނޭ. ދުނިމަތީ އެއްވެސް ކަމެއް ވާކަމެއް ނޭގެޔޭ. އެވާހަކަ މިދެކެވެނި ސާދަފަނަރަ ފުރިގެން އަންނަކުދިންކައިރީގަ. ދެން އެއްކަލަ ކުދިން ކޮންމެވެސް ކަމެއްވެގެން ލޯބިވެރިޔާ ވަކިވެގެން ނޫނިއްޔާ އައިލީ މައްސަލަތައް ގޭތެރެއިން އަޑުއިވޭވަރުން ބޮލަށްއުނދަގޫވެގެން ހުރިހާކަމެއް ސިކުޑިން ފޮހެލަން މިޖައްސަނި އޭތި. ދެން ދެވި ހިފަނި. އަސްލު މާރކެޓިންގ އަކަށް ވެފަ އޮންނަނި ތިކަހަލަ އަވެއަރނަސް ޕްރޮގްރާމްތައް

    2
    2
  2. އާރު

    ރިފޫއަށް ތިހުރީ މާބޮޑަށް އެނގިފަ

  3. އާރުށި

    ރިފޫއަށް ތިހުރީ މާބޮޑަށް އެނގިފަ ލޮލް