ނުއަގުގައި މުދާ ވިއްކުމާއި ގަތުމުން ލިބޭ އުގޫބާތް ނޫނީ އަދަބު ބޮޑު ކުރާ ގޮތަށް ގާނޫނެއް އޮންނަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އަދި ގާނޫނީ ވަކީލު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޒުވާނުންގެ ގިނަ ބަޔަކު ޖެހިފައިވާއިރު އެ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ހޯދަން ގިނަ ޒުވާނުން ދަނީ ވައްކަން ކުރުން ކުށުގެ ވެއްޓަށެވެ. މި ގޮތަށް ވަގަށް ނަގާ މުދާ ނުއަގުގައި ވިއްކައެވެ.

މި ކަންކަން ފާހަގަކުރައްވަމުން މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުގައި ވައްކަން ގިނަވާން ފެށުމުން އެ ގައުމުގެ ގާނޫނު ބަދަލު ކުރި ގޮތަކީ ނުއަގުގައި ތަކެތި ގަންނަ މީހުންނަށް އޮންނަ އުގޫބާތް ވަރަށް ބޮޑު ކުރުން ކަމަށެވެ. އަދި އެ މީހަކު ގަންނަނީ ވައްކަން ކޮށްފައިވާ މުދާ ކަން އެނގޭކަށް ނުޖެހޭ ކަމަށާއި ނުއަގުގައި ތަކެތި ގަތުން ފުދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރާއްޖެއަށް ވެސް ނުއަގުގައި މުދާ ގަތުމުގެ ސްޓްރިކްޓް ލައިބިލިޓީ އޮފެންސް [ހަރުކަށި ޤާނޫނެއް] ބޭނުންވޭ،" ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލު އަދި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓްގައިވެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުމާއި ވައްކަން ކުރާ ތަކެތި ނުއަގުގައި ވިއްކުމާއި، ފޭރުން ފަދަ މައްސަލަތަކަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް ރިޕޯޓް ކުރެވޭ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޒާހިރު

    ވ ބޭނުންތެރި އަދި ވައްކަމާއި ޚިޔާނާތް މަދުކުރުމަށް ވ މުހިއްމު ކަމެއް.

    12
    1
  2. ާހެހެ

    ގާނޫނު އަސާސީއައް ފައިން އަރާ މީހުނަށްވެސް އަދަބެއް ދޭން ފެނޭ

    23
    2
  3. އަބްދު

    އޭރުން ހިލޭ ދިން ކަަމަށް ވާނީ !

    7
    1
  4. އެޖެންޑާ ޗިކަން

    ތި އަދަބު ދޭންޖެހޭ ގިނަ އެއްޗެހިން ތިބީ އެމްޑީޕީގަ.. ކުށްވެރިން ހިމާޔަތްކުރާ ޕާޓީ

    12
    1
  5. ގެރި

    ވެންޓިލޭޓަރު ކާލުން ނުވޭތަ ވައްކަމަކަށް

    14
    1
  6. ސަލްވާ

    މި ބައިގަނޑު ހަލާކު ކުރައްވާތޯ ދުޢާ ކުރާނަން ކޮންމެ ރެއަކު

    13
    4
  7. ވެރިން

    މުޅި އަކުން ރަނ ގަޅެއްނޫން، މީހެެއް ގެ އަމިއްލަ އެއްޗެއް އެމިހަކު ބޭނުން އަ ގެއް ގަ ވިއްކިދާނެ، ތިބުނާ ގޮތަށް ހަދާއިފިއްޔާ އަހަރެން އަމިއްލަ އެއްޗެއް ހެޔޮ އަ ގު ގަ ވިއްކާއިފިއްޔާ އެ ގަތްމީހާ ޔަށް އަދަބު ލިބޭނެ އެހެން ވީމާ ތިގޮތެއް ޖަމަކު ނުދޭ

    10
    1
  8. ހުސޭނުބޭ

    އަސްތާ! ކަމަނާ އެޔަށް ފައިން އެރި އެތި މިއަދު ބޭނުންވެއްޖެ!

    11
    1
  9. އެލެކްސިއާ

    މާރިއާގެ ވާހަކަ ގެންނައިރު ޖެހޭތަ ކޮންމެ ފަހަރަކު ފުރަތަމަ ގާނޫނީ ވަކީލޭ ލިޔަން؟ އެއީ މިނިސްޓަރު. އެވަރުން ފުއްދާލާ

  10. ދުންމާރި

    ސަލާމަތީ ބާރުތަކަށް ފުރައްސާރަކޮށް ސިފައިްނާ ފުލުހުންގެ ދޮޅިދަށަށް އަތްބާނައި ދުލަށް އައިހާ އެއްޗެއް ކިޔާ ހަދާ މީހުނަށް އަދަބުދެވޭނެ ޤަނޫނެއް މި ޤައުމަށް ވަރަށް މުހިންމު

  11. މަހޭޝް

    ރާއްޖޭގައި މި ނުކުރާ ކަންތަކަކީ ޤާނޫނު ހެދިފައި ހުރި ކުއްތައް ރާއްޖޭގައި މިކުރަނީ ގާނޫނު އަދި ނެހެދިވާ ކުއްތައް ދެއްތޯ. ވަރަށް ސާފު " ދެން ކީކޭ އަޅެ ބުނާނީ " ބަޔަކު މޮޔަނުވޭތަ. އަޅެ ވިސްނާބަލަ ފިކުރު ކޮށްބަލަ.

  12. ނަސީ

    ނުއަގުދައި އިންޑިޔާ އައް ގައުމް ވިއްކާ ލާމީހުންނައްވެސް ގާނޫނެއް އެބައޮންނަންޖެހޭ

  13. ޙަސަން

    އިސްލާމް ދީނުގައި އަޢުރަ ނިވާކުރަންޖެހޭކަމަށް ޤުރްއާނުންނާއި ހަދީސުން ސާބިތުވާމިންވަރަށް ހެދުން ނާޅައިއުޅޭ ވަޒީރުން ވަކިކުރަންފެނޭ.

  14. ވެރިން

    ވައްކަން ކުރާމީހާޔަށާ،މަސްތުވާ ތަކެތި ބޭނުން ކުރާ މީހާ އަށާ ޖުމްލަކޮށް ކުއްކުރާ މީހުނަށް އިސްލާމް ދީނު ގަ ދިނުމަށް ކަނޑަ އަޅާފަ އޮއްނަ އަދަބު ދިނިމުން ދުވަސްކޮޅަކުން އެއްކޮށް ހުޓިދާނެ

  15. Anonymous

    މިހާރުވެސް ޤާނޫނު ޢުޤޫބާތުގައި ތިބުނާ ކުށް އެބައޮތް. ކަމަނާމެން ބިލު ފާސްކުރާއިރު ނުކިޔާ ބަޓަނަށް ފިއްތާކަން މިއެނގެނީ.