ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންގެ އާއިލާއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެެއްޖެެއެވެ.

ހަނިމާދޫ ކައުުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެެގި ތިން ސުންކެވެ. އެމީހުން ތިބީ ރަށުގެެ މީހުން އުޅޭ ސަރަހައްދުގައި ހުރި ގެސްޓުހައުސްއެއްގައި ކަމަށާއި، އެއީ އިތުރު ބަޔަކު އުޅޭ ގެސްޓު ހައުސްއެއް ނޫން ކަަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ އއ. މަތިވެރިން އެރަށަށް ދަތުރު ކުރި މަންމަ އަކާއި ކުޑަ ކުއްޖެކެވެ.

އެމީހުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށްް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މިފަހަރު ފައްސިވި މީހުންނާ އިތުރު ބަޔަކު ބައްދަލުވެެފައިވޭތޯ މިހާރު އަންނަނީ ބަަލަމުންނެެެވެެ.

އިއްޔެެ އެކަނިވެސް ވަނީ ރާއްޖެއިން 734 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެންމެެ ފުރަތަމަ މި ބަލި ފެެތުރެން ފެށި އިރާ އަޅާ ބަލާއިރު މިހާރު ފައްސިވަމުން އަންނަ މިންވަރުު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެެފައެވެ. ރާއްޖެ ވެފައި ވަނީ އާބާދީގެ ނިސްބަތުން މި ބަލި އެެންމެ ގިނައިން ފެތުރެމުން އަންނަ ގައުމަަށެެވެ.

މީގެެ ކުރިން ބަލި ފެތުރެމުން ދިޔައީ ހަމައެކަނި މާލެެ ސަރަހައްދުގައި ނަމަެވެސް މިހާރު އަންްނަނީ އަތޮޅު ތެރޭ ރަށްރަށުގައިވެސް މިބަލި ފެެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންނެވެެ. މިހާ ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު ބަލީގެ އިތުރު ވޭރިއަންޓެއް ރާއްޖޭގައި އުޅުމަކީ ކައިރި ކަމެއް ކަމަށް އެެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަސްތަ

  ކާކު އިންޑިޔާ ސިފައިން ހަނިމާދޫއަށް އެރުވި

  14
 2. ހަސަނު

  ކީއްކުރަން ހަނިމާދޫގަ އިންޑިޔާ ސިފައިންތިބެންވަނީ... ތިޔައީ އަދިނެގޭ ކަމެއް.

  16
 3. ފަޒީލް

  ހަސަނު މެން ހާދަ ފަހަތަކު ތިިއުޅެނީ

  3
  1
 4. ޢަލީ

  އެމީހުން އުޅެނީ ޢާއިލާވެސް ގޮވައިގެން އައިސްތަ، ތީ ނޭނގޭ ކަމެކޭ، ދެންކީކޭ ބުނާނީދޯ؟ އޯކޭ އެމީހުންގެ އަވަށެއްވިއްޔާ.

 5. ހުސޭނުބޭ

  އާއިލާ ގޮވައިގެން ވަޒަންވެރިވެ ހަނިމާދޫ އެއީ އެމީހުންގެ އަވަށްގަޑެއްތަ

 6. ދިވެހި

  ހަނިމާދޫ ގައި އިންޑިޔާ ސިފައިން ނާއި ސިފައިންގެ އާއިލާތަށް ތިބޭކަން މި ސަރުކަރުން ހާމަނުކޮށް ތިއްބަސް ﷲ ގެ މިންވަރުފުޅުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެބަ ފަޅާ އަރާތާ. ތިބައިގަނޑު ފަލީހަތްވެ ދިވެހިންނަށް ނަސްރު ލިބޭނެ އިން ޝާ ﷲ

 7. ވަގުސަރުކާރު

  މިއީ އަސްލު ވައްކަމަކީ އަސްލު ފޭރުމަކީ. އަމިއްލަ ގައުމުގެ މީހުންނަށް ވާނުވާވެސް ނޭނގޭ ގޮތަށް އެހެން ގައުމެއްގެ ބަޔަކު ސިއްރުން އަރުވައިގެން އެމީހުންގެ އާއިލާއަށް ދާންދެން ގެނެސްގެން އުޅުމުގެ ހުއްދަދީފަ ބާއްވައިގެން އެމީހުންނަކީ މިގައުމުގައި ނޫޅޭ ބައެއްކަން ހަދައިގެން ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލުން.