ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސާ) ގެ ނުރުހުން ސިޔާސީ މީހުނަށް އަމާޒުކުރައްވައިފިއެވެ.

ރީކޯ ރޭ ކުރެއްވި ޓްވީޓެއްގައި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް ނެތި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުން ނުރުހުން ފާޅުކުރެއްވިއެވެ. އަދި އެއްވުންތައް މަދު ކުރުމަށް ސިއްޚީ މާހިރުން އިލްތިމާސް ކުރަމުން ދަނިކޮށް ވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާތައް ބޭއްވުމުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވެގެން ކޮވިޑް-19 އަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ސިފަކުރެއްވުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

"ސިޔާސީ ވެރިން ބޭނުންވި އިންތިޚާބު ބޭއްވިއްޖެ؟ މުޒާހަރާ ވެސް ކުރެވިއްޖެ؟ ރައްޔިތުންގެ މަޖިލީހުގައި އެޗްޕީއޭއަކީ ބޮޑު ޖޯކަކަށް ހަދައި ރައްޔިތުންގެ ކުރިމަތީ އަގު ވައްޓައިލެވިއްޖެ؟ އިދިކޮޅަސް، އެއްކޮޅަސް، އާދޭހާއެކު ދަންނަވަން، ރައްޔިތުންގެ ފުރާނައަށް އިޚްތިރާމް ކުރައްވައި، ތަންތަނަށް އެއް ނުވޭ،" ރީކޯ ކުރެއްވި ޓްވީޓްގައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އިއްޔެ އެކަނި 734 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އަދަދެެވެ. އޭގެ ކުރީ ދުވަހު އެކަނި 600 އެއްހާ މީހުން ފައްސިވިއެވެ. އެއީ އެ އަދަދަށް މީހުން ފައްސިވި ފުރަތަމަ ދުވަހެވެ. ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.

ހާލަތު ވަރަށް ބޮޑަށް ބޮއްސުން ލައިގެން ދިޔައިރު، ޚާއްސަ ހުއްދައިގެ ދަށުން ދައުލަތުގެ ބައެއް ރަސްމިއްޔާތުތަކަށް މުއައްސަސާތަކާއި ވުޒާރާތަކުގެ ގިނަ ބަޔަކަށް ދެވޭ ގޮތަށް ހަމަޖެއްސުމުން އަތޮޅުތެރެއަށް ބަލި ފެތުރިގެން ދިޔައެވެ. އަދި ކަރަންޓީނު ވުމެއް ނެތި، ޓެސްޓް ކުރުމެއް ނެތި އިންތިޚާބުގައި ވޯޓް ލެވޭ ގޮތަށް ކަނޑައެޅުމުން، އިންތިޚާބުގައި ކުރި ދަތުރުތަކުން ވެސް ބައެއް ރަށްރަށަށް ބަލި ފެތުރިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އާލިމް

  ހާލަތު ގޯސް ވެއްޖެތަ؟

  21
  1
 2. މުހައްމަދު

  ކޮންމެ މީހަކުވެސް މިހެން ވިސްނާނަމަ ކިހާ ރަނގަޅު

  23
  5
 3. އަލްޖިބްރާ

  ކަލޭ އަދިވެސް މަޝްހޫރުވާން ފޮނި ބައިސާ ކެޑޭތޯ ބަލާ ! ތިހުރިހާކަމެއް ހިގިއިރު ކަލޭ ހުރީ ނިދާފަތަ ؟

  37
  6
 4. ޙައްޕު

  ރީކޯ ބުންޏަސް އެއީ ތެދެއް.ރައްޔިތުން ވެއްޖެ ވިސްނަން އެމް.ޑީ.ޕީ އަށާއި ޕީ.ޕީ.އެމް، އެމް.އާރު.އެމް ،އަދާލަތު،ޖުމުހޫރީ ، ޑީ.އާރު.ޕީ .އެމް.ޑީ.އޭ ފަދަ ޕާޓީތަކަށް ނޫނެކޭ ބުނެ މިނިވަން ކެންޑިޑޭޓަކު ރައީސް އަކަށް ހޮވަން.

  13
  6
 5. އެލެކްސިއާ

  މަޖިލީހުން އެބަޖެހޭ ކޮވިޑް މިފަހަރު ފެތުރުނު ގޮތް ތަހުގީގުކުރައްވަން.

  22
  2
 6. ދުންމާރި

  މީ ދެން ކާކުތަ ޤައުމުގެ ކަންކަމާ ބަސްބުނަން މީހަ މީ އަމިއްލަޔަށް ފެންވަރުއޮޅިފަވާ މީހެއް މިހާރު އެފައިނަގަނީ ވެރިކަމަށް މިކަހަލަ މީހުން ދައްކާ ވާހަކަ ނޫހުގެ ފަލ ސުރުހީގަ ޖަހާތީވެސް ލަދުގަނޭ

  7
  1
 7. ނަޖީބު އައްބާސް

  މަޖިލީހުން ނުހެދިއަސް އެޗްޕީއޭގެ އުސޫލުތަކަކީ ބޮޑު ޖޯކެއް ކަމައް ގަބޫލު ކުރަން! ރާއްޖޭން ބޭރުންނަ ދިވެހިން ވަކިން ކަރަންނުކޮއް އެމެހަކާ އެކުއޫޅޭމީހަވެސް ކަރަންޓީނުވާން މަޖުބޫރު ކޮއްފަ މާލެޔާ މާލެސަރައްދުގެ ހޮޓާތަކާ ގެސްޓުހައުތަކަން އަންނަމީހުން ރަށުތެރޭއެބުރޭ އަދި އެމިހުނައް ހިދުމަތްދޭ ދިވެހިން އާއިލާތަކާ އެކުއުޅި އެކަމަކު ރިސޯޓުތަކުގަ މަސައްކައް ކުރާމީހަޔާ ކުރިން ބުނިގޮތައް ބޭރުން އަންނަ ދިވެހިން ކަރަންޓީނުވާން ޖެހުމަކީ އަރަތެއް ނޫންތޯ

  7
  1
 8. މަރޭ

  ރައްޔަތުން ގޯހެއްނުން.ރައްޔަތުން އުޅެނީ ހަމަ ބަލައިގެން އެކަމަކު ރައްޔަތުން ހުއްދަ ލިބިހަ ހުރި ކަންކަން ކުރޭ ،މަނާކުރާކަންކަންރަޔްތުން ނުކުރޭ. ރައްޔަތުން އިންތިހާބު ތަކާ އެއްވުން ތަކުހަވެސްއުޅުނީ އެކަމަކު އެކަންކަން ރަވާހިންގާ ފަރާތް ތަކުން އެކަންކަން ވިސްނަން ޖެހޭ.

  1
  1
 9. ބަރުގޮނު

  މޫސާ މަނިކުގެ ވާހަކަތައް ހަމަ ރަގަޅު ކަމަށް ޤަބޫލު ކުރެވޭ. ސިޔާސީ ފަރާތްތަކަށް މުހިންމުވީ ޕާޓީ ގެ ކަންތައްތައް. މަޖްލިސް ގެ މެޖޯރިޓީ މަޖްލިސް ތަޅުމުގައި ރައްދުދީ ބަދުނާންކުރީ އެޗް.ޕީ.އޭ. ވާނެ އެތި ވީމާ އަޑަކަށް މިހިރީ މައިމޫނާ ... މައިމޫނާ...

  2
  1
 10. ރައްޔިތުމީހާ

  އެލެކްސް އިތުބާރު ނެތް ކަމު ގެ ވޯޓެއް ވައްދަބަލަ.. ރީކޯ ހަރަދުކޮށް ގެން ނަމަވެސް އެކަންކޮށްބަލަ...

  4
  1
 11. ބަބުޅާ

  ރީކޯ މޫސަ ބޮލުގައި ނުރަޖެހިފަހުން އަނގަގަދަވެއްޖެ އެހެންޏާފަހެ އަދިކިރިޔާތަ ހިތަށް ތިޔާކަމެެއް އެރީ ..

  2
  1
 12. ައަބޫ

  މިކޮވިއިޑްރެތޭ ބައެއްކުންފުނިތަކުން މުއައްޒިފުންނައް މުސާރަ ނުދެވިގެން އެއުޅެނީ ތިރިޒޯޓް ހަދަންގައްތަކެތި އަދިކުރުވި މަސައްކައްތަކައްލާރިނުދޭތީވެ އެތައްއާއިލާތަކެއްނިކަމެތިވެގެންދަނީ ކޮވިޑްއައްވުރެ މިބަލިމަޑުކަން ކުޑަތަ މީހުންއަތުންނެގި ތަކެތި ކުރުވިމަސައްކައްތަކައް ލާރިނުދީހުރުމަކީ ކޮއްމެ މީހެއްގެ އިއްޒައްދިގުވާނެ ރާމާމަކުނެއްގެނިގޫވަރައް ތިތަންތަނައްއަރާތިބެ ވާހަކަދައްކާއިރު.

 13. ޙހހހ

  އިދިކޮޅު ބޮލުގައި އަޅުވާނެ ޖާގައެއްނެތް ، އެމީހުން އެވަރުނުކުރިނަމަ ، އަދި ތިއަށްވުރެ ބޮޑުވަރު އަރުވާލިސް، ބަލަ ރަށްތަކުގައި ބޮޑެތި ރެލީތައްބާއްވާ ބޮޑެތި ޖަލްސާތައް ބާއްވާ ސަފާރީތަކުގައި ބުޑުހެއްލީ ކޮންޕާޓީއެއްތޯ ، އެމީހުންނާއި ސަރުކާރާއި ގުޅުމެއްވޭތޯ ، އެހެން އުޅުނު މީހުން ޒިންމާނަންގަވާ ، އަދި މީ އާދައިގެ ރޯގާއެކޭ ބުނިމީހުންނަށް ހަރުކަށި އަދަބީ ، އެމީހުން ނުރައްކަލަށް ހިތްވަރުދިނީ

  4
  3
 14. ސައިކޯބެ

  މިސޮރު މިދުވަސްކޮޅު އާދަޔާ ޙިލާފަށް ޓްވިޓަރ ފޭސްބުކު ޓި.ވީތަކުގައި ކިހިނެއް ވާންބާ މިއުޅެނީ އަނެއްކާ މިގޮތަށް ތެޅިބާލާ ހުޝާމަދު ކުރުމުން މަޤާމެއް ލިބެނީބާ ހާދަ އެބަ ހީވޭ އެހެން އެހެންނޫނީ މިވީހާ ތަނެއްގައި ސާރިދޯޅު ހައިބަނޭޓް ކުރާހެން ނިދާފައި އޮތީ

 15. ސަމްކުޅިބޭ

  އެޗްޕީއޭ އިން ބުނަނީ މިމަސް ނިމެންދެން ދާނީ މައްޗަށް ކަމަށް. އެމީހުން މަތި ކުރަނީވެސް. އެމީހުން ދަށްކުރަނީވެސް. މިހާރު ރެންޑަމް ސާމްޕަލެއް ނުނަގަޔޯ. ދެން ދުވާލަކު 4ހާސް 5ހާސް ސާމްޕަލް ނަގާގޮތެއްނޭގޭ. މިހާގިނަމީހުން ފުލޫކްލިނިކްތަކަށް ދާނަމަ އެތަންތާގެ ކިޔޫބޮޑުވެގެން ނޫސްވެރިން އެވާހަކަލިޔާނެ. މިވާގޮތެއްނޭގޭ. މިހާރު ކޮވިޑްޖެހެނީ ރާއްޖޭ ކިތަށްމީހުންނަށް ކަމެއް ބިދޭސީ ކިތައް މީހުންނަށްކަމެއް އޮލޫންފިލުވައެއްނުދޭ. މާލޭ ސަރަހައްދުގައި ރާއްޖެމީހުނަށްވުރެ ގިނައީ ބިދޭސީން. ރާއްޖެމީހުން ގޭގއި ތިއްބަސް ބަންގާޅިންނާ މަލާބާރީންނާ އެއުޅެނީ ދަތްދޮޅިމާސްކް އަޅައިގެން އަބަދު ބޭރުގައި. ރޭގަނޑުވެސް ބައިގަނޑު ގަނޑަށް.

 16. ނާނު

  ރީކޯ ކޮންމެ އެއްޗެއް ބުންޏަސް މިބަލިމަޑުކަން މިހިސާބައް ދިޔުމުގެ ޒިންމާ ނަގަންޖެހޭނީ އެޗްޕީއޭ އާއި ސަރުކާރު