ހއ. ދިއްދޫގައި ހަލުވިކަމާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީ އެ ރަށުގައި އެކުލަވާލާފައިވާ ޓާސްކު ފޯހަށް އެހީތެެރިވާނެ ވޮލެންޓިއަރުން ހޯދުމަށް އިއުލާންކޮށްފިއެެވެ.

ދިއްދޫ ކައުންްސިލުން ކޮށްފައިވާ އިއުލާނެއްގަައި ވަނީ، ދިއްދޫގައި ކޮވިޑް-19 ބަލި އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރެމުން ދާތީ، އެ ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް، ކޮވިޑް-19 ދިއްދޫ ޓާސްކްފޯހަށް އެހީތެރިވެދޭނެ ވޮލަންޓިއަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވެރިވާ ފަރާތްްތަކުން މާދަމާގެ ކުރިން ނަމާއި، އެޑްރެސް، އައިޑީކާޑް ނަންބަރު އަދި ފޯނު ނަންބަރު ފޮނުވަން އެދިފައިވެއެވެ. މި މައުލޫމާތުތައް ފޮނުވަން ޖެހޭނީ ދިއްދޫ ކައުންސިލްގެ ހޮޓްލައިން 7285567 އަށް އެސްއެެމްއެސް، އެމްްއެމްއެސް، ވައިބާ ނުވަތަ ލިންކު މެދުވެރިކޮށް ގޫގުލް ފޯމަކުން ކަމަށް އިއުލާނުގައިވެއެވެ.

ދިއްދޫއިން މިހާތަނަށް ފައއްސިވި މީހުންގެ އަދަދު ވަނީ 57 އަށް އަރާފައެެވެ. އެ ރަށުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެެވެ. އެ ދުވަހު އެރަށުން ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ.

"ވަގުތު" އަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ފައްސިވި 57 މީހުންގެ ތެރެއިން 53 މީހުންނަކީ މިދިޔަ ހޮނިހިރު ދުވަހު ފައްސިވި މީހާއާ ގުޅުން ހުރި މީހުންނެވެ. އަދި ބާކީ ތިބި ހަތަރު މީހުންނަކީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ. ދިއްދޫގައި ވެސް ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ކެނެރީ ގޭ ބުއްޅަބޭެ ބަހަށް ހެއްލި ޓެސްޓު ކުރުމެއް ނެތި ރަށްރަށް އަރައި ވޯޓުލައި ދެން މުޅިރްށުގަ ދުވެ، ކޮފީބޮއެ މުޅި ރަށްކުޑަކޮށް ދުވުމުގެ ނަތީޖާ.. އެންމެފަހުން ހުރިހާ ބޮނޑިއެއް ލިބުނީ ރައްޔިތުންނަށް. މިހާރު ކޮބާ ފެޓޭ، ސިރާޖު، އައްފާނު. ޣަނިއްޔުގޯތި ހުސޭނު. ބޮޑު ސަފީގު ގޯތި ބުއްޅަބޭ... އެއްވެސް މީހަކު ނެތް..

  2. ބޭބެ

    ދިއްދޫ މީހުންނަކީ މާ ދެން ސިޔާސީ ވާން އުޅޭ ބައެއް.. އެންމެ ކުޑަމިނުން ރަށަށް ތަރައްޤީވެސް ގެންނަން އެނގޭ ބައެއްނޫން. ދެ ބޯގެރި ދުއްވުން ނޫން ކަމެއް ނޭނގޭން. ދެން ކިޔާނެ ހޯރަފުށި އެއަރޕޯޓޭ.. ފާ ފަޅޮލޭ.. ކަލޭމެންވެސް ތި ރަށު މަނު މެމްބަރު ކާރީގަ ބުނެބަލަ އަނގަ ހުޅުވާށޭ. ވާހަކަ ދައްކާށޭ...ސަލީމްބެ ވަރެއްނުވާނެ.. ދެން ލަލަލާ.

    2
    1