ޏ. ފުވައްމުލައް ސިޓީގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ފައްސިވެފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އެ ރަށުގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި މީހެކެވެ.

މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ރަށުގެ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަލިން ރައްކާތެރި ވުމަށް އެޗްޕީއޭ އިން ދެމުންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް ވެސް ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

އިއްޔެެ އެކަނިވެސް ވަނީ ރާއްޖެއިން 734 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެންމެެ ފުރަތަމަ މި ބަލި ފެެތުރެން ފެށި އިރާ އަޅާ ބަލާއިރު މިހާރު ފައްސިވަމުން އަންނަ މިންވަރުު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެެފައެވެ. މި ހަފުތާގައި ކޮންމެ ދުވަހަކުހެން 500 އަށް ވުރެ ގިނަ މީހުން ފައްސިވެފައިވެއެވެ. ރާއްޖެ ވެފައި ވަނީ އާބާދީގެ ނިސްބަތުން މި ބަލި އެެންމެ ގިނައިން ފެތުރެމުން އަންނަ ގައުމަަށެެވެ.

މީގެެ ކުރިން ބަލި ފެތުރެމުން ދިޔައީ ހަމައެކަނި މާލެެ ސަރަހައްދުގައި ނަމަެވެސް މިހާރު އަންްނަނީ އަތޮޅު ތެރޭ ރަށްރަށުގައިވެސް މިބަލި ފެެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންނެވެެ. މިހާ ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު ބަލީގެ އިތުރު ވޭރިއަންޓެއް ރާއްޖޭގައި އުޅުމަކީ ކައިރި ކަމެއް ކަމަށް އެެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭ

    #ގޭގައި ތިއްބަވާ #ސްޱޭ ސޭފް